ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހަށް ބަދަލުކޮށްފިއެވެ.

މީގެކުރިން ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ ކޮންމެ ޖެނުއަރީ މަހެއްގެ ކުރީކޮޅެވެ. ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓް މަހަށް ބަދަލު ކުރިކަން އިއުލާން ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީން އޮންލައިންކޮށް މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ގިނަ ގައުމުތަކެއްގައި ދިރާސީ އަހަރު ފަށަނީ އޮގަސްޓް މަހު ކަމަށެވެ. އަދި މި ބަދަލު ގެންނަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޮގަސްޓްގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިގޮތަށް ބަދަލު ގެނައީމަ ބޮޑު ޗުއްޓީ ދެން ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު. އަދި ހަމަ އެއާ އެއްކޮށް ފުރަތަމަ ޓާމްގެ ޓާމް ނިންމާލާފައި ބަންދާއި އެއްކޮށް މުޅިއަކު ދެ ހަފްތާ ނުވަތަ ތިން ހަފްތާ ޑިސެމްބަރ ފަހުކޮޅު ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ދުވަސްވަރަށް ބަދަލު ގެނެސްފައިވަނީ ދަރިވަރުންނާއި މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން ކަމާއިގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. މި ބަދަލާއެކު ބައިނަލްއަގްވާމީ ގޮތުން ދަރިވަރުންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އޯލެވެލް އަދި އޭލެވެލް އިމްތިހާން މެއި/ޖޫން ގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. ރާއްޖޭގައި ކުރިން އޯލެވެލް އަދި އޭލެވް އިމްތިހާން ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރު މަހުއެވެ.

މި ބަދަލާއެކު ކުރިއެކޭވެސް އެއްގޮތަށް ކިޔެވުން އޮންނާނީ ދެ ޓާމްގައި ކަމަށާއި އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް އިތުރު ހަރަކާތްތައްވެސް ކުރިއަށްގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ތ

    ދޮންމީހުން އުޅޭ ގޮތަށް އުޅެން ވެގެން ކުރާ ކަމެއް މުޅި ގައުމު އެފުށް މިފުށަށް ޖަހާފައި މިމީހުން ވެރިކަމުން ފައިބާނީ އޭރު ގައުމު އޮންނާނީ އޮޔާ ގޮއްސަ

    98
    7
  2. އިނާ

    ކޮން ކޮވިޑެކޭ ކިޔާކަށް. އައިޝަތު ބޭނުން ވެގެން އުޅުނު ކަންތަށް ތިވީ. ކޮވިޑު އައުމުގެ ކުރިން ވެސް ތިކަމެއް އޮތީ ހަމަޖަށްސާ ނިންމާާފަ. އޮގަސްޓު ގަ ފަށަން އެއީ މަމެން ތާއީ ދު ކުރާ ގޮތެއް ނޫން އޭޭ. ފަރަންޖީން އުޅޭހާ ގޮތަކަށް އުޅޭކަށް ނުޖެހޭ.

    99
    5
  3. ބޯހަލާކު

    މުޅި ނިޒާމް ފުންޑާލީ

    103
    4
  4. ރަށްފުށު މާމަ

    ހަދާނެ ނުހަދާނެ ގޮތެއް ނޭނގެންޏާ އިސްތިއުފާ ދީބަލަ. ދަރިވަރުންނަށް އުނދަގޫ ކުރަން އޭލެވެލް އަވަސްކޮށްފަ، ބާކީ ތިބި ދަރިވަރުންނާއި ބެލެނިވެރިންނަށް ނޭވާލިޔަކަ ނުދޭން މިހާރު ތިއުޅެނީ. ބޯ ހަލާކު🙄

    44
  5. ރައްޔިތުމީހާ

    އެހެން ގައުމު ތަކުގައި ކަންކަން ކުރާހާ ގޮތަކަށް މި ގައުމުގައި ކަންކުރާކަށް ނުޖެހޭދޯ؟ ދެން އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހަދާފަ ހުކުރު ދުވަހަކީ ރަސްމީ ދުވަހަކަށް ހަދަން ވީނުން، އެހެން ގައުމުތަކުގައި ކަންކުރަނީ މިގޮތަށް ވިއްޔާ. ކޮށްފަ ނުކުރާނެ ކަމެެއްވެސް ނޭނގޭ

    53
  6. ރ

    ރޭގަނޑާ ދުވާލު ވެސް އަދި ބަދަލު ކުރާނެ ގިނަ ޒުވާނުން ބޭނުން ވަނީ އެގޮތޭ ކިޔާފައި މިއީ ރިސޯޓް މީހުން ބުނެގެން ފުއްދި ވަައުދެކޯ ..... ލާދީނީ ކުރުމާއި ދޮންމީހުން އުޅޭ ގޮތަށް އެ އުޅެނީ މިހާރު މިގައުމުގައި ކޮންމެ ވަޒީފާ އަކަށް ދޮންމީހެއް އެއަރ ޕޯޓް ބޭންކް ، އަދި އައްޑުއަށް އަސް ބަލަހައްޓާށޭ ކިޔާފައި ބޮޑު މުސާރައަށް ވެސް ދޮން އިނގިރޭސިއެއް ޅަކުދިން މަގު ފުރައްދާނެ ބަލަން ތިބޭ ހުރިހާ ކުންފުންޏަކަށް އިނގިރޭސިން ސަވާރު ވަނީ އެއަރ ޕޯޓްގައި 3 މީހުން ބޮޑު މުސާރާގައި ބެންކްގައި 3 މީހުން ބޮޑު މުސާޜައިގައި ޕެންޝަން އޮފީހުގައި އިނގިރޭސިއެއް

    36
  7. މުޙައްމަދު

    މުޙައްރަމުގައި ފަށާ ގޮތަށް ހަމަޖައްސަންވީ. އޭރުން ޗުއްޓީ ވެސް އެކި އަހަރު އެކި މޫސުމާ ދިމާވާ ގޮތަށް ލިބޭނެ.

    35
  8. އެހެން💪

    ކުރިން އޮތް ގޮތް މާރަނގަޅު މީނަ އެމެރިކާ ފުރާންސް އިންގްލެންޑް ގައި ސަމާ ގައި
    ބަންދުކުރާ ގޮތް ހެޔޮ ނުހެދިޔަސް ބުރާންތި

    29
  9. ޞިޔާނާ

    މިހެން ދަމުންގޮސް އާދީއްތަ ހޯމަ ބަންދުކޮށް ހުކުރު ހޮނިހިރު ދުވަހު އޮފީސްތައް ހުޅުވާނެ! މި ހިންގަނީ ވޯޓުގަންނަން ޚަރަދުކުރި މީހުންގެ ވަޢުދުތައް ފުއްދަން ހިންގާ ޖަރީމާ! ޕީޕީއެމްގެ ވެރިކަން ފެށުމާއެކު ތިޔައެތި ކުރިންވެސް އޮތްގޮތަށް އަނެއްފުށަށްޖަހާނޭކަން ދަންނާތި!

    36
    1
  10. ހާލުފޮޅި

    ދުނިޔޭގެ އެހެން ޤައުމުތަކުތަ ކުރާހާކަމެއް މިތާ ކުރަން ޖެހޭތަ؟ ތީ ރިސޯޓް މުވައްޒަފުން ނޭވާ ހޮޅިއަށް އެޅޭތީ ކުރިކަމެއް.. ކޮންމެ ގޮތަކަށް ހެދިޔަސް ތަނެއްގަ ވަޒީފާ އަދާކުރާ އެންމެނަށް އެއްފަހަރާ ޗުއްޓީއެއް ނުދޭނެ.. ދެން އަނެއްކާ މާދަމާ ވީ ތި ބަދަލުކުރަން.. މިހާރުވެސް ކިޔަވާކުދިންގެ 1 އަހަރު ބޭކާރަށް ދުއްވާލައިފި..

    32
  11. މަ

    މިޤައުމުގަ މީހުންނަކީ ހަމައެކަނި ފަތުރުވެރިކަމުގަ މަސައްކަތްކުރާ މީހުން ތަ؟؟ އެހެން މީހުންނަކީ އެއްވެސް ބައެއް ނޫން ތާ ދޯ؟؟ އެމީހުންނަށް މޮޅުވާގޮތަައް އެމީހުންނަށް ފަސޭހަވާ ގޮތައް ނިންމުންތައް ތި ނިންމަނީ😑 ވަރަށް ހެއްވާ🙄

    34
    2
  12. ލލ

    ރާއްޖޭގެ އެންމެ ހޫނު މޫސުން ކަމުގައިވާ މާރިޗް އެޕްރީލް ގައު ސްކޫލް ތަށް ބޮޑު ޗުއްޓީގައި އޮތުމުން އެންމެންގެ ސިއްހަތަށް މާރަގަޅުވާނެ ކަމުގައި ދެކެނީ !

    20
    1
  13. މުޙައްމަދު

    މިހާރު މިވީ ގޮތުން ބޮޑު ޗުއްޓީގައި ރަށު ބަންދުގައި ތިބެން ޖެހޭނީ. ބޮޑު ބަންދު މިއޮތީ ޖޫންޖުލައި ވިއްސާރައާ ދިމާކޮށްފައި. ހަމަ އެންމެ ރަނގަޅު ގޮތަކީ މުހައްރަމުގައި ފެށުން. ރޯދަ މަހަށް ދެވަނަ ޓާމުގެ މިޑު ޓާމު ޗުއްޓީ. ބޮޑު ޗުއްޓީ ބޮޑު ޢީދާ ދިމާވާ ގޮތަށް.

    29
    1
  14. ޙހހ

    ޢަންނިގެ ބަހައް ގައުމުގެ ހުރިހާކަމެއް މިދަނީ ކަމަކަށްފަހު ކަމެއް ބަދަލުކުރަމުން. މިހާރު މިއެގެނީ މީވެސް މާކުރީގެ ރޭވުމެއްކަން. މިދޭތެރެއަށް ކޮޥިޑް 19 ވަޏްކަން އެއީ މިވެރިންނައްލެއްވި ނަސީބަކަށް މިވަނޯ ވެފައެވެ.

    14
  15. ޙ

    ޙުކުރުދުވަސް ރަސްމީދުވަހަކަށްވެސް އަދި ހަދާނެ. ރައްޔިތުން ފެލާ ސަރުކާރު

    14
  16. ދިދަ ދަނޑި

    މާ ތާހިރުވާނެ ކޮންމެ އަހަރެއްގެ ރޯދަމަހަށް ބޮޑުޗުއްޓީ ބަދަލުކުރީޔާ.. އޭރުން ކުދިން ނުޖެހޭނެދޯ ރޯދަޔަށްތިބެ ގަދަ އަވީގަ އެބަރު ދަބަސް ޢަޅައިގެން ދުވާކަށް.. ކުރާނެ ކަމެއް ނެތިއްޔާ، ނޫނީ ކަމެއް ކުރަން ނޭނގެންޏާ ގޭގަ މަޑުކޮށްލުން ބުއްދިވެރި...

    22
  17. ބޯގޯސް

    އަދި ހު ކުރުދުވަސް ބަދަލު ކުރާނެ ރަސްމީ ދުވަހަ ކައް އެހެންނޫނީ ސޯލިބޭއަ ކައް ސޯލިބޭ އެ ކޭ ނު ކިޔާނެ

    18
    • ދޮގު

      އަސްލުވެސް... ބަދަލު ކޮށްފަ ބުނާނެ މީ ވަރަށް ފައިދާ ހުރި ގޮތެކޭ.

  18. ނަބާ

    މަށަށް ފެންނަނީ އަހަރުވެސް ފެށޭ މަހަކަށް “އޮގަސްޓް “ ހަދަން އޭެރުން “ ހެަޕީނިއުޔާ” ކިޔާނީ އޮގަސްޓްމަހުގެ ފުރަތަމަ ދުވަހު، މިގޮތަށް ބަދަލު ކޮށްފިއްޔާ މިސަރުކާރަށް ކަމެއް ކުރެވުނުކަމަށް ވާނީ! 😂😂ބޯހަލާކު

  19. ޑައެލޯގް

    ފައިދާއެއް ނުވާނެއެވެ. ރާއްޖޭގައާއި އަވައްޓެރި ލަންކާ، އިންޑިޔާގެ ކެރެލާ،ކޮޗިން އަކީ މޮންސޫން ކްލައިމެޓް އޮންނަ ރަށްރަށެވެ. ދެން ޗުއްޓީގައި ކަޑުގަދަވެ އަބަދުވާރޭވެހިފަ އޮންނާނީ ޗުއްޓީނިމޭއިރުވެސް ފެނުން ސަލާމަތެއްނުވާނެއެވެ. އަނެއްކޮޅުން ޑުބާއީ އިންޑިޔާގެ ދިއްލީއަށްވެސް ޖޫން ޖުލައިގެ ދަތުރުސަކަރާތްވާނެއެވެ. އެތަންތަން ހޫނުކަމުން ކެއްނުކުރެވޭނެއެވެ. ތިއީ ރިސޯޓު މަދުބަޔަކަށް ކޮންދިންކަމެކެވެ.

  20. ޢަލީ

    ޖުލައި މަހުގެ ކުރީކޮޅު ބަންދުވެގެން އޯގަސްޓް މަހުގެ ކިޔެވުން ފަށާނަމަ ބޮޑު ޗުއްޓީ އަކަށް ނުވޭތާ ، ކިރިޔާ މަހެއްވަރުވާނީ

  21. ޙާކިމާ

    މީހާ ބަލާލީމަ ވެސް އެނގޭ ގަޓެއްނެއްކަން. ތިތާތިއުޅޭ އެންމެންނަކީ ބޯހަލުވާލަ ހަލުވާލަތިބޭ ތަނުރިބާއެއްނެތް މީހުން. މިކަން އެމީހުންގެ ބައްދަލުވުންތަކުން ފެންނާނެ.
    އަދި މީތިވެސް ބަދަލުކުރަނީ !!!