ދީނީ އިލްމުވެރިޔާ އަދި އާދަލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާކަމުން ސަސްޕެންޑް ކުރަން ނިންމުމަކީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޔާޒަކީ އޭނާއާ ވެސް ވަރަށް ޚިޔާލު ތަފާތު ބޭފުޅެއް ކަމަށެވެ. އެހެން ވިޔަސް އިޔާޒަކީ އިސްލާމް ދީނުގެ ޢިލްމު ފަތުރަން ބުރަކޮށް މަސައްކަތް ކުރައްވާ ދީނީ އިލްމުވެރިއެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އެމްއެންޔޫއިން އެޅި ފިޔަވަޅަކީ ސިޔާސީ ތައައްސުބުން ފުރިގެންވާ ފިޔަވަޅެއް. އިލްމުވެރިންނަށް ފިޔަވަޅު އެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާ ވުމުގެ ފުރުސަތު ބޮޑު،" ޖަމީލް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ގައުމީ ޔުނިވާސިޓީގެ ޝަރީއާއިން ލޯ ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސީނިއާ ލެކްޗަރާގެ މަގާމުގައި ހުންނަވަނިކޮށް އިޔާޒު 14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައިވާ ކަން އޭނާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެނގިފައިވާ ގޮތުގައި އިޔާޒް ސަސްޕެންޑް ކޮށްފައިވަނީ މީސްމީޑިއާގައި ކޮށްފައިވާ ޓުވީޓުތަކެއްގެ ސަބަބުންނެވެ. އޭނާ ސަސްޕެންޑް ކޮށްފައި މިވަނީ، އެޗްޕީއޭގެ ލަފާގެ މަތިން މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރާއިރު ސަފުތައް ހެދުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމުމުން ނަމާދު ސަފުތައް އެ ގޮތަށް ނުހެދޭނެ ކަމަށް ވިދާޅުވެ އިޔާޒު ޓްވީޓާގައި ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. .....

    ގައުމިގެ މިސްރާބު ކަންބޮޑުވާހާ ދީނާ ދުރު....ރައްޔިތުން ނިކުމެވިޔަސް މިކަން ހައްލު ކުރަން އެބަ ޖެހޭ...

    7
    1
  2. ޖާބެ

    ޖަމީލް ސިޔަސީ މަންފާހޯދަން ކޮންމެފަދަ ކަމެއްވެސްކޮށްފާނެ ، ހުރިހާކޮޅަކުން އިތުބާރުގެއްލިފަ

    5
    5
  3. ލާހި

    އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ދިވެހިންނަށް މިޖެހުނީ ފައްޅި ތަކާއި ޔޯގާ މީހުން ސަފުހަދާ ގޮތަށް މިސްކިތުގައި ސަފު ހަދަން މިގޮތުން ކޮވިޑް ފިލާނެބާ ؟

    5
    3
  4. ދެފުއްމިޔަ

    އެއީ ހެޔޮގޮތްކަމަށް(ސުންނަތުންއެގެންއޮތްކަމަށް)
    ވިދާޅުވުމަކީކުފުރުބަހަކަށްވީތާ. ބަލަ ބަލިފެތުރުނަ
    ނުދިނުމަށް ބާރުއެބައަޅުއްވާތޯ؟މާލެދާ ބޯޓުގެމީހުން
    މާލެނުފާބާކަން ކަށަވަރުކޮށްދެނީކިހާވަރަކަށް؟މާލެ
    ގޮސްފައައިސް ރަށުތެރޭގަ ބޭނުންގޮތަކަށް އުޅޭ.
    އަދި އަތޮޅުތެރޭ އެއަރޕޯޓކުން ހުޅުލޭ އެއަރޕޯޓައް އައިސް ހުޅުލޭ އެއަރޕޯޓުން އެމީހާގެ
    އަތޮޅަށް އައިސް ކަރަންޓީންވާން ނުޖެހޭއިރު އެފްލައިޓްގަ ގެސްޓުންތައް ތިބޭއިރު ޕޮޒިޓިވް މީހުންނެތްކަން ހަމަކަށަވަރުވޭތޯ؟ މީހައްތާވެސް ދެކޮޅުނުޖެހޭކަންކަން.