އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީއެއްގެ ދެމެދު ހިންގި މާރާމާރީއެއްގައި އެކަކު ޒަހަމްވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެންދަމަން އޮތް ދޯންޏެއްގައި ދެ ފިރިހެނުންގެ ދެމެދުގައި ހިންގި މަރާމާރީގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ދަންވަރު 3:50 ހާއިރު ކަމަށެވެ.

މި މައްސަލައިގައި 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގައި ޒަހަމްވި ބިދޭސީ މީހާ އަށް ތ. ވޭމަންޑޫ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެކަަމަކު، އެމީހާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޭފް

    ޤައުމުން ބޭރުކޮށްލަދީބަލަ އަވަހަށް

  2. ޙަންޕާންޗު ދޮނޭ

    އެ ހެ ހޭ. ކޮވިޑު ކަޅޭ

  3. ކޮރަލް

    ސުރުހީ ރަނގަޅެއް ނޫނެވެ. މަސްވެރިކަން ކުރާ ދޯންޔެއްގައި ތިބޭނީ ގަވާއިދާ ހިލާފައް އުޅޭ ބިދޭސީންނެވެ.

  4. ޅަބޭ

    އަޅާނުލާ. ތިހުންނަނީކީ ވެރިކަމައް ލޮޅުންއަރާ ކަންތައްތަކެއް ނޫން.

    1
    1