ތ.އަތޮޅުގެ ދޯންޏެއް ތެރޭގައި ރޭ ހިނގި މާރާމާރީއެއްގައި ޒަހަމްކޮށްލި ބިދޭސީއަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

އެންދަމަން ތިބި ދޯންޏެއްގައި ބިދޭސީ ދެ ފިރިހެނުން ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ތ. ވޭމަންޑޫ ހޮސްޕިޓަލަށެވެ.

ދެ ބިދޭސީއެއްގެ މެދުގައި ހިންގި އެމާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 03:50 ހާއިރުކަމަށާއި، މާރާމާރީ ހިންގި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހެނދުނު ވިދާޅުވިއެވެ. އެއީ 42 އަހަރުގެ މީހެކެވެ.

މިމާރާމާރީގައި އަނިޔާވެގެން ފަރުވާދެމުންދިޔަ މީހާ މިއަދު 11:59 ގައި ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިކް

    މަރުތަކާ ބހޭ ކޮމެޓީ ބޮޑުމުސާރަކައިގެން މަރުތައްބެލުމުގައި އަތަށްގޮވަނީތަ؟

    62
    2
  2. ނަޖްވާ

    މި ބުނީ އެންދަމަން ބޭރު މީހުން ދޭހޭ؟ ނިޔާވި މީހާގެ އާއިލާ އަށް ކެތްތެރިކަން ދެއްވާ އޭނާ އަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން!

    61
    1
  3. ލާމު

    މަސްވެރިކަމުގައި ބިދޭސީން!!!

    59
  4. ލ.ގަމު

    ބަލަ މިހާރު ދިވެހިރާއޖޭ ގައި. ފުރުސަ ތާއި މިވަންކަން އޮ ތީހަމައެކަނި ބިދޭސީނަށް އެހެން ވީމަ ހުރިހާކަމެއްގެ އެންމް އިސްސަފުގައި ތިބޭނީ ބިދޭސީ ނޫނީ އެމްޑީޕީގެ ލާދީނީން:

    27
    3
  5. ކޮރަލް

    ކޯސްޓް ގާޑުން މަސްވެރިކަން ކުރާ ހުރިހާ ދޯންޔެއް ޗެކްކޮށް ބިދޭސީން ތައް ހައްޔަރު ކުރަން ވީ އެވެ. ބިދޭސީން ނަށް މަސްވެރިކަން ކުރުމަށް ހުއްދަ އެއް ނޯންނާނެ އެވެ.

    31
    2
  6. ޑޮކްޓަރ

    ގާނޫނީގޮތުން މަނާކަމެއް މަސްވެރިކަމުގައި ބިދޭސީން ގެންގުޅުމާއި. ބަލާބަލަ އެއްވެސް ބިދޭސީއެއް މަސްވެރިކަން ކުރަން އެތެރެކުރެވޭ ތޯ ނުކުރެވޭނެ، އޮޑިވެރިޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލަން.

    27
  7. ޖަމީލުބޭ

    ދ.މީދޫ މަސްދޯނި ފަހަރުގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބޯކޮށް ގެންގުޅޭ! އޮޑިވެރިން ތިބީ ހެވިފަ! ދިވެހިންނަށްވުރެ ބާރު ގަދަ. ޕޮލިހުން އަރާމުގަ ކުޅިބަލަން .

    24
  8. ކޮބާ ގާނޫނު

    ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ އެއްވެސް މަސައްކަތެއްގައި ބިދޭސީން ބައިވެރި ކުރުމަކީ ގާނޫނީގޮތުން މަނާ ކަމެއް.. އެކަން ސަރުކާރަށާއި ކައުންސިލަށް އޮތީ އޮޅިފައި ބާ..

    22
    2
  9. ވާނުވާ

    ދެން ފުރުވަލީމަ ނިމުނީ ނޫންތޯ؟