ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރު ގެންނަން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ނުލިބި ހުރި ވެންޓިލޭޓަރުތައް ލިބޭނެހެން ހީނުވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދުބާއީގެ އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާ ގުޅޭ މައްސަލައިގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތައް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބެލުމަށް ފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިނިސްޓްރީގެ ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަން ވެސް އެ ކޮމިޝަނުން ނިންމިއެވެ.

އެކަމަކު، އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުން، އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރާނެ ވަރުގެ ހެކި ނެތް ކަމަށް ބުނެ މައްސަލަ އަނބުރާ ވަނީ ފޮނުވާލައިފައެވެ. އެ ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި، އެ ވެންޓިލޭޓަރުތައް ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިނިސްޓްރީއަކަށް އަދި ނުލިބޭ ވެންޓިލޭޓަރެއް. އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމަން މިހާރު ވާނީ އެޓާނީ ޖެނެރަލް އޮފީހަށް އަޅުގަނޑުމެން ދީފަ. ކޮންމެވެސް އެއްގޮތަަށް ނިންމަން ޖެހޭނެ ނޫންތޯ ވެންޓިލޭޓަރު ކަންތައް. އަޅުގަނޑުމެން އެ އެއްޗެހި ގަބޫލު ކުރާނީތޯ ނޫނީ ބޭނުންވާ މުއްދަތަށް އަޅުގަނޑުމެން މަޑުމަޑުން ތިބޭނީތޯ، ދެން އަޅުގަނޑަކީ އިންވެސްޓިގޭޓިވް އިދާރާ އެއް ނޫން. އެގޮތުން އިންވެސްޓިގޭޓް ކުރައްވާ ޝަރީއަތަށް ވެސް ފޮނުވަންް ޖެހޭ ނަމަ ފޮނުއްވާނެ." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެ މައްސަލަ އާ މެދު މިހާރު ނިންމަން ޖެހެނީ ފިޔަވަޅު އަޅާނެ ގޮތެއް ކަމަށެވެ.

"ދެން އަޅުގަނޑަށް ވުރެ ކުރީގެ ކަމެއް ތި ވެންްޓިލޭޓަރަަކީ އެހެންވީމަ އަޅުގަނޑަކަށް ނޭނގެ ކިހިނެތް ކަމެއް ތިކަންތައްތައް ދާނީކީ. އަޅުގަނޑު ތީގެ ތެރެއަށް ވަނުމުގެ ވެސް މާބޮޑު ބޭނުމެއް ނޯންނާނެ ހެން އަޅުގަނޑަށް ހީވަނީ. ދެން އެކަން ހިނގާ ނިމިފައި އެއޮތީ. ދެން އެހެންވީމަ ސަރުކާރުން ޖެހޭނީ އެކަމާއި މެދު ގޮތެއް ނިންމަން." ނަސީމް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ޚިޔާނާތުގެ މައްސަލައާ ގުޅޭ އާ މައުލޫމާތުތަކެއް ލިބިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ. ޕީޖީ ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލަ އާއި ގުޅިގެން އާ ކަންތައްތަކެއް ހޯދިފައިވަ ކަމަށާއި، ވަރަށް އަވަހަށް އެ މައްސަލަ ނިންމާނެ ކަމަށެވެ.

އަދި މި މައްްސަލަ އާއި ގުޅިގެން ބޭނުންވާ މައުލޫމާތު ހޯދުމަށް އޭސީސީ އަށް އަދި ފުލުހުންނަށް ހުށަހެޅުމުން، މައުލޫމާތުތަކެއް ލިބިފައި އެބަހުރި ކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި މި މައްސަލަ ބަލާ ނިންމާ މަޖިލީހާއި ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއި މިނިސްޓްރީގެ ބިޑް ކޮމިޓީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ.

އެކަމަކު ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ދައުވާ ނުކުރަން ޕީޖީއިން ނިންމެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މާމީ

  ތިވާނީ ޔާމީނު ލޯންޑާކުރީ ކަމައް އަވަހައް ޝަރީއަތައް ފޮނުވާ ލަދއެއް ނުގަނޭ ދޯ ތިކަހަލަވާހަކަ ދައްކަން.. އަދިވެސް ބުނޭ 0 ޓޮލަރެންސޭ....

  41
 2. އަލީ

  ކަލޭމެން މިތަން ދޫކޮއްފަ ރައްކާވާން ވެއްޖެ ނު..

  34
 3. ސސ

  ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް ރައްޔިތުން ނަށް ލަޑުދޭނީ މުޅިންވެސް !

  26
 4. ގައުމީ ލޯބި

  މިނިސްޓަރުގެ ވާހަކަ މިހިރީ މަގުމަތީ މީހުން ގެ ވެސް ހުންނަ އުސޫލުން..

  ހީނުވެޔޭ.. ކޮންކަމެއް ބާ ކުރީ ހޯދުމަށް. ކީއްވެ ފިޔަވަޅު ނޭޅީ އެ ގަތުމަށް ހަވާލު ކުރިފަރާތަށް ކާކު އެކަމުގެ ޒިންމާ ވަނި..؟

  ރައްޔަތުންގެ ފައިސާ ނުބެލެހެއްޓޭވަރުގެ މީހުން މިތިބީ މިނިސްޓްރީ ހިންގަން ލާފައި.. ނުވާ ނަމަ ފައިބާ؟

  ކޮންކަމެއް ތިބޭފުޅާއަށް ކުރެވުނީ ތިކަމާއި ގުޅިގެން ރިޕޯޓު ހާމަކުރޭ ރައިޔަތުން ގެ ޓެކްސް ފައިސާ ތިހެން ދީލާ ނުލެވޭނެ. ނޫނީ ގޭގައި ހުރޭ.

  28
 5. ލާހި

  އެމްޑީޕީގެ ދެވަނަ ވެރިކަމުގައި މިޖެހުނީ ފައްޅި ތަކާއި ޔޯގާ މީހުން ސަފުހަދާ ގޮތަށް މިސްކިތުގައި ސަފު ހަދަނަ ކޮވިޑް ފިލާނެބާ ؟

  20
  2
  • މެޑަމް ފާތު

   އަދި އިތުރު ކޮށްލާ ދެހަރަމް (މަސްޖިދުލް ހަރަމް އާއި މަސްޖިދުއް ނަބަވީ) ގަ ވެސް ސަފުހަދާ ގޮތަށް.

   2
   1
  • ރާގޮޑިރާޖަ

   ޢެހެންވީމަ ސައުދީގަވެސް އެހެންދޯ. ޙިތުންވަރަށްމޮޅުވާހަކައެއްދޯ ތިބުނީ.

   3
   1
   • ހ

    ސައުދީ އަރަބިއްޔާގަ ހުރިހާ ކަމެއްގަ ގައިދުރުކަން ބަހައްޓަން މަޖުބޫރު ކޮށްފަ އެކަން ކުރީ... ދިވެހި ރާްްއްޖޭގަ އެހެނެއް ނޫން

 6. ބެއްޔާ

  ތިމީހުންނައް ވުރެ ކުރިން ކޮއްފަ ހުންނަ ބައެއް ކަންތައް ތަކާ ބެހެވޭ. ބަލާބަލަ ހިޔާ ފުލެޓް ތަކައް ހެދި ގޮތް. ހާއްސަކޮއް 1 ކޮޓަރި

  22
 7. ޖުހާ

  ސިޔާސީފާރި.. ސިޔާސީ ވިޔަފާރި

  16
 8. ހީނުވާ

  ރަންކޮޅާ ތިޔަ ވެންޓިލޭޓަރ ގަންނަން ނިންމީ މުލީއާގެތެރޭ ކޯވިޑަށް ހަދައިފައިވާ ކޮމެޓީއަކުން ތިބީ މިހާރުގެ ބޮޑުންނޯ އަދިވެސް ޔާމީނު ޖަލުގައިބައިންދާ މީހުންނަށް ވައްކަންކުރެވޭނީ އޭރުން

 9. ދުބާއީ

  ވިސްނާ ފިކުރުކުރައްވާ ދުބާއީގެ ކުންފުންޏަކަށް ވެންޓިލޭޓަރ ސަޕްލައި ނުކުރެވޭނެ ހެއްޔެވެ. މިއަދު ދުނިޔޭގަ އޮތް ވަރުގަދަ ވިޔަފާރި މަރުކަޒެއްގެ އަގު ވައްޓާލީއެވެ. ރަގަޅަށް ބަލައިފިނަމަ ތި ވެންޓިލޭޓަރު ހޯދަން އޯޑަރ ވެސް ކޮށްފަވެސް ނުވާނެއެވެ. ވަގޭ ގޮވަމުން އައީ އެކަން ކުރަންތޯ ސުވާލު ކުރަން ނުވޭތޯ؟

 10. ފަޓާސް

  ތީދެން ކީއްކުރަން ތިތަނަށް ވެއްދި ބޭފުޅެއް. ތަފާތު ދައްކާނޭ ކރފ ނޝދ ބުނީ ކަންކަމުން ރެކެން ދައްކާ ތަފާތުތަ

 11. އަންނި

  އޯއެމްޖީ އަދި މިއިނގުނީ ނުލިބޭނެކަން.

 12. ހޮނޑާފުށީ ބޮޑުހުސޭނު

  ތިކަޑަ، ކުރީ ސަރުކާރުގަނަމަ ޔާމިނު ޒިންމާ ވާންޖެހެނި، މިސަރުކާރު ވީމަ ބަޔާން ނެރެލީމަ ނިމުނީ