ފުވައްމުލަކުން ފޭ ފަތިހު މަހަށް ނިކުތް ޑިންގީގައި ތިބި މީހުންނާ ގުޅިފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

ރޭ ފަތިހު 04:30 ހާއިރު މަހަށް ނިކުތް ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން މަސައްކަތް ފަށައި އެ މަސައްކަތުގައި ހެލިކޮޕްޓަރާއި ކޯސްޓްގާޑް ނުރައްދީން ލޯންޗާއި ސީ އެނބިއުލަންސް ވެސް ބޭނުން ކުރިއެވެ.

އެކަމަކު، ޑިންގީގައި ތިބީ ކިތައް މީހުން ކަމެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޑިންގީ އިން ދަތުރު ކުރި މީހުންނާއި ޑިންގީގެ ވެރިފަރާތާ ފޯނުން މުއާމަލާތްކޮށްފައިވާ ކަމަށެވެ. އަދި ޑިންގީ ފުވައްމުލަކަށް އަންނަ ކަމަށް ޑިންގީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް އިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު