ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ޑީމް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ފައިދާތަކެއް ހޯދަން ނުފޫޒު ފޯރުވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފަރާތުން ނާޖާއިޒު ފައިދާތަކެއް ހޯއްދަވާފައި ނުވާނެ ކަމަށް ރޮޒައިނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕްއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ރޮޒައިނާގެ އެ ކުންފުންޏަށް ހުއްދަ ދިނުމުގައި މިނިސްޓަރު ފައްޔާޒުގެ ނުފޫޒު އޮތް ކަމަށެވެ. އަދި އެއީ އެ ކަމަށް ޝަރުތު ވެސް ހަމަ ނުވާ ބަޔެއް ކަމަށް ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރޮޒައިނާ "ވަގުތު" އަށް ވިދާޅުވީ އެ ކުންފުންޏަކީ ރޮޒައިނާއާއި ސިއްހީ ދާއިރާގައި އެތައް ދުވަހެއްވީ ޚިދުމަތްތެރިއެއް ކަމުގައިވާ ޑރ. އައިމިނަތު ނަޒީރުއާ ގުޅިގެން އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

ހުޅުމާލޭގައި "ހެލްތު އެންޑް ވެލްނަސް ސެންޓަރު" ގެ ނަމުގައި ކްލިނިކެއް ހިންގުމަށް އިމާރާތެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކުރުމާ ގުޅިގެން ބިޑަށް އެ ކުންފުނިން ބިޑް ކުރީ އަކަ ފޫޓަކަށް 35 ރުފިޔާ މަހު ކުލީގެ ގޮތުގައި ފަސް އަހަރަށް ދެއްކުމަށެވެ.

އެ ކަމަށް ބިޑް ހުށަހެޅި މެޑެކިޕް ކުންފުނިން ހުށަހަޅަނީ ފުރަތަމަ އަހަރު 22 ރުފިޔާ އަކަފޫޓަކަށް މަހަކު ދައްކާ ގޮތަށެވެ. ދެވަނަ އަހަރު އަކަފޫޓަކަށް 22.50 ރުފިޔާ މަހަކު ދައްކާ ގޮތަށެވެ. ތިންވަނަ އަހަރު އަކަފޫޓަކަށް 23 ރުފިޔާ މަހަކު ދައްކާ ގޮތަށް ހުށަހެޅި އިރު ހަތަރުވަނަ އަހަރު އަކަފޫޓަކަށް 23.5 ރުފިޔާ މަހަކު ދައްކާ ގޮތަށް ވެސް ބިޑް ކުރިއެވެ. އަދި ފަސް ވަނަ އަހަރު އަކަފޫޓަކަށް 24 ރުފިޔާ މަހަކު ދައްކަން ހުށަހެޅިއެވެ.

ރޮޒައިނާ ވިދާޅުވީ އޭނާ ގަބޫލު ކުރައްވަނީ ސިޔާސީ ފަރާތްތަކުން މިހާރު މި ކަމުގެ ތެރެއަށް ވަދެވަޑައިގެން އެ ކުރައްވާ މަސައްކަތަކީ ނުފޫޒު ފޯރުވަން ކުރައްވާ މަސައްކަތެއް ގޮތުގައި ކަމަށެވެ.

"ހަގީގަތުގަ މިނިސްޓަރު ފައްޔާޒު މި ކަމުގެ ތެރެއަށް ވައްދާކަށް ނު ވެސް ޖެހޭ، މިއީ އެޗްޑީސީއަށް ހުށަހެޅި ބިޑެއް، އެ ބިޑްގަ އެންމެ މަތީ ކުއްޔެއް ހުށަހަޅާފައިވަނީ އަޅުގަނޑުމެންގެ ކުންފުނީގެ ފަރާތުން، އަދި އެޗްޑީސީއަށް އެންމެ ފައިދާ ގޮތަށް އޮތީ ވެސް އެ ބިޑް، އެހެންކަމުން ބިޑް ކާމިޔާބު ކުރަން ނުފޫޒު ފޯރުވާކަށް ނުޖެހޭނެ،" ރޮޒައިނާ ވިދާޅުވިއެވެ.

އިންސާފުން ބިޑް އިވެލިއޭޓް ކޮށްފިނަމަ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ބިޑް ކާމިޔާބު ކުރާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖާ ގުޅިގެން ރޮޒައިނާގެ ކުންފުންޏަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި އޮތީ ދެން އޮތް ކުންފުންޏަށް އެ ހުއްދަ ނުލިބުމުން ކަމަށް ރޮޒައިނާ ވިދާޅުވިއިރު ދެން މި ކަމަށް ބިޑް ހުށަހެޅި މެޑެކިޕް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

މިނިސްޓަރު ފައްޔާޒަށާއި ރޮޒައިނާއަށް އިނގިލި ދިއްކޮށް ރައީސް ނަޝީދު ބަހުގެ ހަމަލާތަކެއް ފޮނުއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން ވެސް ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިވެއެވެ. އެ މަސައްކަތް ހުއްޓާލީ އެ މައްސަލަ ފާސްވާ ވަރަށް މެންބަރުންގެ ސޮއި ނުލިބިގެނެވެ. ފަހުން އެމްޑީޕީގެ ތެރޭގައި އެ މަސައްކަތް ދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ހުސޭނުބޭ

  އެކަމަނާ އެ ވިދާޅުވަނީ ކުންފުންޏަށް ބިޑް ކާމިޔާބުކުރަން ނުފޫޒް ނޫން އެއްޗެއް ނުފޯރުވަމޯ! ދެން ކީއްވެޔޯ އެހެން ބަޔަކަށް ތި ބިޑް ނުލިބުނީ؟

  21
  4
  • ހަސަންކޮއެ

   ހުސޭނުބޭ ރަނގަޅަށް އާޓިކަލް ނުކިއުއްވާ ކޮމެންޓް ކުރާހެން ހީވަނީ. ދެން ކުރިމަތިލާފައޮތް މެޑެކިޕް ކުންފުނީގެ ހިއްސާ އޮންނަ ވިލުފުށީ ދާއިރާގެ މެންބަރ އަފީފުގެ ބިޒްނަސް ޕާޓްނަރަކީ ކޮންބޭފުޅެއްތޯ އަޅެ ގޮސް ޗެކްކޮށްލައްޗޭ! އޭރުން ރައިސް ނަޝީދު މިކަމައިގެން މިއުޅުއްވާ ސަބަބު ސާފުވެދާނެ. ބިސައިޑްސް ޔޫ އަރ މިސިންގ ދަ ޕޮއިންޓް ހިއަރ. މިހުރިހާ އާޓިކަލްތައް ކިޔާލާފަ އަޅުގަޑަށް ދޭހަވީ މިހާރު މިރާއްޖޭގައި ބިޑެއް ކާމިޔާބުކުރަންޔާ ފުރަތަމަ ޖެހޭނީ މެމްބަރަކަށް ވާން، ދެއްތޯ؟

  • އަގު

   ބުރޯ އާޓިކަލް ކީންތަ. އޭގަ އެބައޮތް ދޯ ދެން އެކިޔާ ކުންފުންޏަށްވުރެ ރޮޒޭގެ އަގު އަކަފޫޓަކަށް 13 ވަރަކަށް ރުފިޔާ ބޮޑޭ

   6
   5
 2. ާއަހްމަދު

  ނަޝީދުވަރުގެ ނުލަފާޖާހިލަކުމަނުދެކެނަ ތިޔައަފީފަށްކިތަށްކަންތަށްނާޖާއިޒުކޮއްދީފައޮތްތޯބަލާ

  14
  2
 3. ކެޔޮޅު

  ތިއެމްޑީޕީގަ މިހާރު ނެތެއްނޫން ސަލާމަތުންހުރި އެކަވެސް އެކަމަކު މީހުނަކީ ޒީރޯ ޓޮލަރެންސޯ ލަދުން ބޯހަލާކު އަދިވެސް ތަނެއްއޮތިއްޔާ ބޯކޮއްޕާލާތި މަށައްވެސް ވާނެޔޭކިޔާފަ!!!

  15
 4. ޚިޔާލު 3

  ހައްތަހާވެސް ވަގުންތަ މި ގައުމުގަ ތިބެނީ އަންނިވެސް ދައް ކަވާ ވާހަ ކަ ސާބިތު ކަމާއެ ކު ދައް ކަވަންޖެހޭނި ބޮޑުން އެއްބަޔަ ކު އަނެއްބަޔަ ކު ގައުމަށް ޚިޔާނަތްތެރިވާ ކަށް ދެން ދޫ ކޮށްގެންނެތް ރައްޔިތުން ނުތިބޭނެ 5 އަހަރު ހަމަވާދެއް އަބަދު ނުތިބޭނެ މި ކަން ސާބިތު ކޮށް ނުދެވެންޏާ އަންނި އިސްތިއުފާ ދޭންޖެހޭނެ.

 5. ކޮލެޖް

  ޜޮޒޭ ނުބުންޏަސް ރައްޔިތުންނައްއެނގެޔޭ ރޮޒޭ ނުފޫޒު ފޯރުވި ކަން،ފޯރުވާނެ ކަން،ނުފޯރުވާ ލޮލުފިޔައެއްވެސް ނުޖެހޭނެ ކަން،ރޮޒޭ ގެ ހަޔާތް ވޭތު ކުރަނީ ތި ކަހަލަަ ހަރާމް ފައިސާ ހޯދައިގެން ކަން ރައްޔިތުންނައްއެނގޭ.

  15
 6. ޙހހހ

  އާނ ނިކަމެތިންނަށް އަތްޖައްސާ ނުލެވޭހާ މަތިން ކަލޭމެން މުޅި ޤައުމު ދަވާލީމަ ، ނިކަމެތި ޖެހެނީ ކަލޭމެންނަށް ސަލާންޖަހަން ، ހެޔޮނުވާނެ އެދުން ވެރިކަންވެސް ބޮޑުވަރުތީ ،

 7. ލާލު

  އެބިޑު އެގޮތައް ހުށައެޅީކާކު ބުނެގެންތަ އެއެއްވެސްބުނިނަމަ

 8. ދަރަނި ދަންތުރަ

  ބަރަހަނާ ހާލުގައި މަޖިލީހަށް ވެސް ނުދަންތޯ ، އަންހެނާގެ އައުރަޔަކީ މޫނާ ދެއަތްތިލަނޫން ހުރިހާ ތަނެއް ކަމަނާ....

 9. ރޮނު

  ބިޑް ކާމިޔާބު ކުރުމަށް ނުފޫޒު ފޯރުވިކަން ހާމަވާ އެއް ކަމަކީ އެހެން ކުންފުނި ތަކުގެ އަގު ތިހާ ފަސޭހައިން އެގުން އޮޅުވާލަން ކުރާނެ ހުރިހާ ކަމެއް އެންމެ މޮޅަށް އެގޭނީ ހަމަ ތި ގްރީޕަށް

 10. ޚާލިދު

  މުޞްޠަފާބޭ ބުނިހެން މި ސަރުކާރުގައި މިތިބީ ހަމަ ވަގުންގެ އައިނެއް. ހުރިހާ ދިމާކުން ވައްކަންކުރުމާ މާލިއްޔާ ލޫޓުވާ މަންޒަރު މިފެންނަނީ! ފިހާރަތައް ފެޅުމާ ، ތިޖޫރީތައްފެޅުމާ ދައުލަތުގެ ހަފަރާތް ކޮރަޕްސަނުން ކަޅިވެފައިވާތަން މި ފެންނަނީ!

 11. ފިޔަވަޅު

  މި ސަރުކާރަށް ނިސްބަތްވާ މީހަކު ކުށެއް ކުރިޔަސް ތަހްގީގް ކޮށް ހުކުމް ކުރާނީވެސް އެމީހަކު އަމިއްލަ އަށް .

 12. ރައްޔިތުމީހާ

  ކަށަވަރު.... ކަށަވަރު... ﷲއަށް ތިމާ އަދާކުރަންޖެހޭ ހައްޤުތަކަށް އިޚްމާލްވާ މީހާ އިންސާނުންގެ ހައްޤުތަކަށް އިޚްމާލްވުމަކީ ގާތްކަމެއް... އިއްޒަތްތެރި ދެމަފިރިކަނބަލުން ވިސްނާ ފިކުރުކުރައްވާ.... އިލްމީ ނަޒަރިއްޔާއިން.... ދުނިޔޭގެ ތަހްޒީބް ބަލައިގަނެ.... އިންސާނުންނަށް އަޅާލާ.....