މިފްކޯގެ އޮފީސް ފަޅާލައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، މިފްކޯ އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން އެތަނަށް ވަދެ 3 ތިޖޫރީއެއް ފަޅާލައި 380،000 އަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 11:00 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވަގުން ވަދެފައިވަނީ މާފަންނުގައި ހުންނަ މިފްކޯގެ މައި އޮފީހަށް ކަން ނޫންކަން ފުލުހުން ސާފު ކޮށްދީފައެއް ނުވެއެވެ. އަދި މި ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއްވެސް ފުލުހުން ހާމަ އެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމި

    ކެމްޕޭނައް ލާރިކޮޅެއް ހޯދާލީ. ދެން ވަގުންނޯ؟؟؟؟ 0ގެދަށުން ބަހާލީ

  2. ދޮރުއަށި

    ބައިމީހުން ހޮވަން ލާރިބަހަން މިފްކޯ ފަޅައިލީތަ ކޮށްފަނެ ކޮންމެފަދަ ވައްކަމެއްވެސް މީ ވަގުސަރުކާރު

  3. ދަރަނި ދަންތުރަ

    އެމް ޑީ ޕީ އިން އިންތިހާބު ކާމިޔާބުކުރާނީ ތިކަހަލަ ގޮތަކަށް ، އެސް ޓީ އޯ ، ސްޓެލްކޯ ، އެއަޕޯޓު ވެސް ފަޅާލާ...

  4. ޚަލީލު

    މިއީ ރޭވިގެން ސަރުކާރުން ކުރާ ވައްކަމެވެ. މި ވެރިކަން އައިސް ދެމަސްވެސްނުވަނީސް މިފްކޯއިން ފެލިވަރަށް ފޮނުވި 3 މިލިޔަންރުފިޔާވެސް ވަނީ ފޭރިގެންފައެވެ. އެވާހަކަ ދައްކާވެސް ނުލައި ސަރުކާރު އޮތީ ހަނުއެވެ. ފިހާރަތައް ފެޅުމާ ތިޖޫރީތައް ވގަށްނެގުނމާ ފޭރުމަކީ ސީދާ ސަރުކާރާ ގުޅުންހުރި ވައްކަންތަކެވެ.

  5. މޮލަ

    ތިކަމުގައިވެސް އުޅޭނީ ތިތާބައެއް