ބައިނަލައަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ޖެންޑަރ، މިނިސްޓަރ އައިޝަތު މުޙައްމަދުދީދީ މާދަމާ މަޖިލީހަށް ހާޒިރުވެ ވާާހަކަދައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެކަން އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައެވެ.

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަަހަކީ މާރިޗް އަށް ވަނަ ދުވަހެވެ.

މާދަމާ މަޖިލީސް އެޖެންޑާގައި އޮތް އިތުރު ކަންތައްތަކަށް ބަލާއިރު،ފަރެސްމާތޮޑާ ދާއިރާ ގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ކޮވިޑް-19އާއި ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އައިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީ އާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލާ މައްސަލަ ހުށަހެޅުން ހިމެނެއެވެ.

އަދި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާ ފައިވާނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން ހަރުދަނާ ކުރުމަށްޓަކައި ހުށަހަޅި ޤަރާރުގެ ބަހުސްކުރިއަށް ގެންދިއުމަށްވެސް އެޖެންޑާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ލލ

  މެމްބަރުން މަޖިލިސް ބޭނުން ކުރަނީ ޕާޓީ ހަރުގެ ބޭނުން ކުރާގޮތަށް ޤަރާރު ހުށަހަޅާ ފާސްކުރަންތޯ ތިޔަ ޤަރާރުން ނިކުތީ ކޮންނަތީޖާއެއްތޯ ރައްޔިތުން ބޯކާލަން ކުރާކަމެއް!

 2. އަންނީ

  ލޮލް މީވެސް މިނިސްޓަެރެއްބާ ؟؟

 3. ޝައްފަ

  ކޮން ވާހަކަ އެއްތަ މީނަ ދައްކަން އޮންނާނީ ؟ ރައީސް އޮފީހުން މީނާ އަކީ ކޮން ޕާޓީ އެއްގެ މީހެއްތޯ އިހަށް ބުނެދީ ބަލަ. ރާއްޖޭ ގައި މިއަދު އޮތީ އިބޫ ހިތަށް އަރާ މީހަކަށް ވަޒީރު ކަން ދެވޭ އުސޫލެއް ނޫން. މިއީ ހުރިހާ ޕާޓީ އެއްގެ ވެރިކަމެއް. މިއީ އިބޫ ގެ ކްލާސްޓީޗަރު ވީމަ ވަޒީފާ ދީފަ ހުރި މީހެއް. ޖާބިރު މި ވާހަކަތައް ގޮވާލުން އެދެން.

 4. ފާރިސް

  ޕޮލިތިކަލް ސްޓަންޓް އެއް.ކޮންމެހެން މަޖިލީހުގައި ތަގުރީރު ނުދިނަސް ތިޔަ ތަގުރީރެއް ދެވިދާނެ ރާއްޖެޓޒިވީން ލައިވްކުރާގޮތައް.

 5. ރައިޙާނާ

  އާން އެބުނާހެން އިބޫ ސުކޫލް ނިންމައިލި ގްރޭޑް 7 ގައި ފެންފިހިލަން އުޅުނުއިރު ގްރޭޑް 7 ގެ ކުލާސްޓީޗަރޯ މިއީ!