ގދ. ތިނަދޫއިން މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، އެރަށުން ފައްސިވެފައިވަނީ ކަރަންޓީނުގެ 10 ދުވަސް ނިންމުމަށްހު ސުންކު ނެގި މީހެއް ކަމަށެވެ.

އެރަށުން މީގެ ކުރިންވެސް ބަޔަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން ރަށު ތެރެއިން ފައްސިވި މީހަކު ހިމެނެއެވެ.

އެރަށުން ފަހަކަށް އައިސް ފައްސިވެފައިވާ މީހުންގެ ތެރޭގައި އައްޑޫސިޓީގެ ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީގެ ޓްރެއިނިންގް އަށް ދިޔަ މީހަކާއި ގާތުން ބައްދަލުވެފައިވާ މީހުންވެސް ހިމެނެއެވެ. އޭރު އެރަށުން ގިނަ ބަޔަކު ފައްސިވުމާއި ގުޅިގެން ވަކި ތަރުތީބެއްނެތި ސުންކުތައްވެސް ވަނީ ނަގާފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާއިރު، މިހާރު ފައްސިވި މީހުންގެ އަދަދު ވަނީ 20،663 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 2،613 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިއެއް

    މިހާރު ވާދޫ މީހުން ތިބޭނީ ހުން އައިއްސަ