ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންޓި ކެމްޕެއިން ނުކުރަން އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އެކި ކެނޑިޑޭޓުން ކުރިއަށް ގެންދާއިރު، ބައެއް ފަރާތްތަކުން އެންޓި ކެމްޕެއިން ކުރަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތަށް އެންޓި ކެމްޕެއިން ކުރަމުން އަންނާތީ ބައެއް ކެންޑިޑޭޓުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބަލާއިރު، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު އާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުން އަންނާތީ އޭނާ ވަނީ އެކަމުގެ ކަންބޮޑުފުން ފާޅުކުރައްވާފައެވެ.

މިކަމާއި ގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ވަނީ އިންތިހާބުގެ ކެމްޕެއިން ކުރުމަށާއި، އެންޓި ކެމްޕެއިން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ވޯޓު ހޯދަން މަސައްކަތް ކުރަންވީ ކަމަށާއި ނަމަވެސް ވަކި މީހަކަށް ވޯޓު ނުލާން ނުބުނުމަށް ވެސް ޝަރީފް ވަނީ ގޮވާލާފައެވެ.

އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ކެމްޕެއިންގެ ތެރޭގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންތައްތައް އޮންނަނީ ބަޔާންކޮށްފައެވެ. އެގޮތުން ވަކި މީހަކަށް ވޯޓު ނުލުމަށް ބުނުމަކީ ކޮށްގެންވާނެކަމެއް ނޫންކަން ބަޔާންކޮށްފައިވާއިރު އެއްވެސް ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އަރައިގަނެގެން ނުވާނެކަމަށްވެސް އޮންނަނީ ބަޔާން ކޮށްފައެވެ.

ޝަރީފް ވިދާޅުވީ، އެފަދަ ކަންކަމަކީ އެއީ ނުކުރެވޭނެ ކަމެއް ކަމަށާއި އެފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ، ޝަކުވާ ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    އިރާދަ ފުޅާ މިންވަރު ފުޅުން މިފަހަރު މާލޭގެ މޭޔަރު ކަމައް ހޮވާނީ ޑރ މުޢިޒު ބަޔަކު ކިތައްމެ ވަރަކައް އެންޓިކެމްޕޭން ކުރަމުން ދުވިއަސް ...

  2. ޖަނާޒާ

    ކަލޭ ! ސަޅިއެއްނޫން ތިހެން ބުނަން! ހައްހައް>>>