ޓްރާސްޕޯޓް އޮތޯރަޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި، ކެމްޕޭނު ޓީމުތަކާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިރޭ ބައްދަލުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްތަކާ އެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ވަނީ ޓްރާސްޕޯޓް މިނިސްޓްރީއާއި އެ އޮތޯރަޓީގެ މަސައްކަތްތައް ލަސްވުމާއި އޭގެ އިތުރުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ރައީސް ސޯލިހު ވެސް ވަނީ ޓްރާސްޕޯޓް މިިނިސްޓްރީގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސް ކަމަށް ފާހަގަ ކޮށްފައެވެ. އެހެން ކަމުން ޓްރާސްޕޯޓް އޮތޯރަޓީ އުވާލަން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް ފެންނަނީ ހަމަ އެތަނުގަ މައްސަލަތައް ހިނގުން ލަސްކަމަށް. ޓްރާސްޕޯޓް އޮތޯރަޓީއާއި ޓްރާސްޕޯޓް މިނިސްޓްރީ އާއި ދޭތެރޭގައި ގާނޫނީ ފުށޫ އެރުންތަކެއްވެސް ހުރުމާއިއެކީގަ އެބަ މައްސަލަތަކެއް ނިކުމޭ. މިހާރު އަޅުގަނޑުމެން ވާނެ ރައްޔިތުންގެ މަޖިލީހަށް ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމަށް، އެ ގާނޫނު އުވާލުމަށް ހުށަހަޅާފަ" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެއާއެކީގައި މިނިސްޓްރީގެ އޮނިގަނޑަށް ގެެނެވޭ ބަދަލުތަކާއިއެކު އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި މިކަމުގައި ސިޓީ ކައުންސިލްތަކަށްވެސް ކުރެވިދާނެ މަސައްކަތްތަކެއް ވެސް އެބަހުރިކަމަށް ފެންނަ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ހުރިހާ ސިޓީ ތަކެއްގެ ވެހިކަލްތައް ބެލެހެއްޓުމާއި ރަޖިސްޓްރީ ބެލެހެއްޓުމަކީ ލާމަރުކަޒީ ކޮށްގެން ބާރުތައް ދޫކޮށްލެވިއްޖެނަމަ، ފަސޭހަތަކެއް މިނިސްޓްރީ އަށާއި މައި ސަރުކާރަށް އަންނާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޅަބޭ

  އައްދިއްޔޯއި! ދެން ބުރުމާގެ އަނބިކަބުލޭގެ ވަންނާނީ ކޮންތާކައް؟ ބަދިގެޔައް؟

  16
  1
  • އަބޭއޮށް

   ޅަބޭ ޅަ ކަމުން އެއްވެސް އެއްޗެއް ނޭގެނީތާ؟ ޓްރާންސްޕޯޓް މިނިސްޓްރީ އާއި، ޓްރާންސްޕޯޓް އޮރޯރިޓީއަކީ ދެބައެއް. ބުރުމާގެ އަނބިކަނބުލޭގެ ހުންނަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި. އެތަން އުވައެއްނުލާ. އެހެންވީމާ ބަދިގެއަށް ވަންނަން ޖެހެނީ ޅަބޭ.

 2. ކިޔުންތެރިޔާ

  މީ ގަސްތުގަ މިވެރިން ކުރުވާ ކަމެއް. ތަންތަނުގަ ތިބޭ އެކްޓިވިސްޓުންނާ، ތާކުން ތާކު ނުޖެހޭ ބީތާއިންނަށް ބޮޑެތި މިނިސްޓްރީތައް ހަވާލުކޮށްފަ، އެވެރިން ބަނޑު ފުރެންދެން ރައްޔިތުންގެ ލާރިން ކާންދީފަ ދެން ކޮންމެވެސް މައްސަލައެކޭ އޭއްޗެކޭ މީއްޗެކޭ ކިޔާފަ އެމީހަކު ވަކިކޮށްލަނީ ނޫނީ އެތަނެއް އުވާލަނީ. ނިކަން ބައްލަވާ ހެލްތު މިނިސްޓްރީ. ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަންކުރީމަވެސް ވަޒީފާއިން ވަކިކޮށް އިތުރަށް މައްސަލަ ނުބެއްލެވޭނެކަން ކަނޑައަޅައި އެވެރިން ކެއިހާ ފައިސާއާއިއެކު ގޭގަ އަރާމުގަ. މިވަރު ދެން ދިވެހިންނަށް ނޭގެންޏާ ދެން މި ގައުމުގެ މުސްތަގުބަލު ދައްކަނީ ވަރަށްވެސް ހައިރާންކުރުނިވި މަންޒަރެއް!

  20
 3. މަހާ ރަންޑި

  ސާބަހޭ ކަލޭނޭ. ކާންދީފަ ބަނޑު ފުރުނީމާ ކޮންމެވެސް އެއްޗެކޭ ކިޔާ ކަނޑާލާ. ބަލަ ރައްޔިތުންގެ ފައިސާއާއޭ ތިކުޅެނީ!

  17
  1
 4. ލޮލް

  މިވެސް ދެން ފާޑެއްގެ ވައްކަމެއްތޯއްޗެ! އެމީހަކު ޖެހުނު ދިމާލަކުން ކައި ހުސްކޮށްފަ ހަރާން ދަރިއެއް ރައްޔިތުންގެ ބޮލަށްޖަހާފަ ހަމަ ރައްކާ!

  14
 5. ދަރަނި ދަންތުރަ

  އައިސާ ވެސް އުވާލާ

  12
 6. ޖަނާޒާ

  ތިޔަ ޚަބަރުގެ ކުރިއަށް ހިންގުނު މުޒާހަރާއެއްބާ! މިއަދު އެދިޔައީ! ސަޅި ސްޓަންޓެއްބާ! ނޫނީ އިއްތިފާޤެއްބާ!

 7. ދިއްލާ

  ދެން ނަހުލާ އޯ؟

 8. ޙާލަތު

  ވެދުމާއި ސަލާމް.
  މި އަނިޔާވެރި ވެރިކަން ނިންމަވާ ދެއްވާށިއެވެ! އާމީން.

  24
  1
 9. ހުސޭނުބޭ

  ރައީސް މީހާއަކީވެސް ވަރަށް މަސައްކަތް ލަސް ކަމެއްކުރަން ނުވެސް އެނގޭ ބޭފުޅެއް! އެހެންވީމާ ރަޢީސް މީހާ އުވާލަން ހުށައަޅުއްވަނީ ކޮން އިރަކުންތޯ

  22
 10. ވިސްނާލުމަށް އެދެމޭ

  ބައްލަވާ މަނިކުފާނު ކޮންބޭފުޅަކައްތޯ ޓް ރާންސް ޕޯޓްއޮތޯ ރިޓީގެ ވައްކަމާ ކޮ ރަޕްޝަންގެ ޒިންމާއުފުލަންޖެހޭނީ..މަނިކުފާނު މިނިސްޓަ ރ ނަހުލާގެ ކޮއްކޮގެ ރައްޓެއްސަކުލައްވާ މިނިސްޓް ރ ގެ މަސައްކަތްތަކާ މުޅި ވުޒާ ރާއަށް ވެ ރިވިއި ރުަނިކުފާނު ކޮބައިތޯ..ދައުލަތް މަނިކުފާނު ތިހިންގަނީ ކިހިނެއްތޯ.މަނިކުފާނާ ނަހުލާއާ ދެބޭފުޅުންގެ ތައުލީމާ ތަޖު ރިބާ އެއްވަ ރުވީމަ ރައްޔިތުންނާ ގައުމަށް ކޮންފަދަ ނިކަމެތި ކަމެއްތޯ ލިބެމުންމިދަނީ..މަނިކުފާނު ކޮންއި ރަކުންތޯ މަގާމުގެ މަސްއޫލިއްޔަތުން އެއްފަ ރާތްވާނީ ރައްޔިތުންނަ ލިބެމުންދާ ގެއްލުންތަކުން ލުއިކޮއްދިނުމަށް..

  22
  1
 11. ޑަބިޔާ

  މަޖިލީސް އޮވާލުން މާ ބުއްދިވެރި. ގިގަ ދީނައް ފުށު އަރާގޮތައް ގާނޫނު ހަދާ ބަޔަކު މުސްލިމު ގައުމެއްގަ ތިއްބާކަށް ނުވާނެ. ހަރާމް ކަމެއް ވާނީ ހަރާމް ހަލާލެއް ކުރެވޭނެ ގޮތެއް ނޯންނާނެ

  21
 12. ހުސާމް

  ނުފޫޒް ގަދަ މިނިސްޓަރުން ވަކިކުރަން އެންމެ މޮޅުގަތަކީ މިނިސްޓްރީ އުވާލުން، ވަރަށް ރިވެތި ނިންމުމެއް

 13. ވެދުން

  މުޅިސަރުކާރު އިސްތިއުފާ