މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭ ތަފްސީލީ ރިޕޯޓެއް މިއަހަރު ނިމޭއިރު ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިރޭ އޮތް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޕޭން ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އެ ވާހަކަފުޅު ދެއްކެވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީއަށް ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުން ރިލްވާންގެ މަރަށް އިންސާފު ލިބުން ލަސްވަމުން ދާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރުމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ރިލްވާންގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތް ދޭތެރެ އަކުން ރިލްވާންގެ އާއިލާއަށް ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އަދި ބޭރުގެ އެކްސްޕާޓެއް ރާއްޖެ ގެނެސް ތަހުގީގު އިތުރަށް ފުޅާކޮށްފައިވާ ކަމަށާ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދަން ބޭރަށް ބައެއް ތަކެތި ފޮނުވައިގެން ތަހުލީލު ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑަށް އެ އެކްސްޕާޓުގެ މަސައްކަތާއި އެކީގަ އެބޭފުޅުން ވިދާޅުވެފައި އޮތީ މިއަހަރު ފެށުނުއިރުގަ އެއް އަހަރުގެ މުއްދަތެއް ދޭށޭ މުޅި މައްސަލަ އެކީ ނިމުމަކަށް އިރާދަ ކުރެއްވިއްޔާ ގެނެސްދޭނަމޭ. އެހެންވެ އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެކްސްޕާޓުންގެ ލަފައާއި އެކީ، މިއަހަރު ނިމުމުގެ ކުރިން ރިލްވާނުގެ މަރާއި ގުޅޭ ފުރިހަމަ ރިޕޯޓެއް އަޅުގަނޑުމެންނާއި ހިސާބަތަށް ގެނެސް ދެއްވާނެ ކަމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިލްވާންގެ މަރުގެ މައްސަލައަށް ގޮތެއް ނުނިންމިގެން އުޅެނީ އެއީ ބުރަ މަސައްކަތަކަށް ވެފައި ދުވަސްތަކެއްވެސް ވެފައި އޮތް މައްސަލައަކަށްވާތީ ކަމަށެވެ.

މި ސަރުކާރުން އެކުލަވާލާފައިވާ މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ރިލްވާން ރަހީނުކޮށް ޑިންގީއަކަށް ލައިގެން ދޯންޏަކަށް އެރުވުމަށްފަހު މަރާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ބަލަ ސޯލިބޭ އޭނައެބައުޅެޔޭ އޭނަގެ އަމިއްލަގޭގައި އާއިލާޔާއެކު ސޯލިބުނީމެއްނު 100 ދުވަސްތެރޭ އޭނަހޯދާފަ އާއިލާޔާ ހަވާލުކުރާނަމޭ ސާބަސް

    33
  2. ކައްޓެޅި

    ތިޔަކަން ތޭވިހުގެކުރިން ނިމޭނެބާ!

    23
  3. ސަރީ

    2023 އަށް ހަދާލިނަމަ

    35
  4. ބޯގޯސް

    ހުވާކުރާތާ 24 ގަޑިއިރު ހަ މަވާނީ މިއަހަރު ނި މުނީ މަ ދެއްތޯ ވޯޓް ހޯދަން ވޯޓް ގާތްވަ ރިލުވާނުގެ އާއިލާ ގުނބޯ ހައްދަންފެށީ އެޢާއިލާ ތިބޭނީވެސް ގުނބޯ ހެދިފަ

    32
  5. ޜަސް

    އިންތިހާބު ބޯމަތިވީ ވޯޓުބޭނުންވިދޯ..ތިޔަނޫނަސް ހުސްއަނގަ ތަޅާމިހުން އުޅޭނެ ސޯލިހާ..މުޅިންތިވާނި ނުފުއްދާ ވައުދެއްނު...

    29
  6. މޫސާ

    ތިކަމެއްނުވާނެ. ވައުދު ތަކެއް ބޭނުމެއްނޫން.

    25
  7. Anonymous

    މޮޅެތި ވާހަކަ ދެއްކުން ނޫން ކަމެއް އަޅެ ނުކު ރޭ ، ރިޕޯޓު މި އަހަ ރު ނިމޭއި ރު އެ ރިޕޯޓުގައި އޮތް އެއްޗެއް އާމު ކު ރުމައް ޖެހިގެން އަންނަ އަހަ ރު. ބޯހަލާކު . މިއޮތޯ ވާ ސަ ރުކާ ރެއް ،

    17
  8. މައިތިރި

    ވޯޓު ލާން ކައިރިވާ ވަރަކަށް ރައީސްގެ މިފަދަ ވާހަކަތައްދާނީ ތަކުރާރުވަމުން... ވޯޓް ދެންޏާ ދޭންވީ އެއްކަމެއްވެސް އެމްޑީޕީއަކަށް މިރައީސަކަށް ނުވާނެ. ވަރަށް ސާފު ނުވާނެ.

    18
  9. ޑަބިޔާ

    މިއަހަރު ނިމޭއިރު އަދި ވަނީ 100 ދުވަސް ރާއިސުލް ޖުމްހުރިއްޔާ ކަމަށް ހޮވައި ކުރިފަހުން. ވެރިކަމުން ފައިބާގެން ދާނީވެސް ތި ސަތޭކަ ދުވަސް ނައިސް

    14
  10. ދިލްބަހާރު

    މި ބޭފުޅާ ބިރެއްވެސް ނުގަނެ އެހާ ބޮޑެތި ދޮގުހަދަން މީހެއްގެ މަރުގެ ވާހަކަ އެހެން ދައްކަން. އަމިއްލަ އެދުމާގެން އަދި މީހުނައް އޮޅުވާލަންވެސް ތިވަރު ބޮޑެތި ދޮގު ހަދާކަށް ނުވާނެ . ތި ޓީވީ އަށް އަރާ ތިހެން ކިޔަ ކިޔަ އިންދަ މަރު ބައްދަލް ކޮއްފާނެ. މިހެންވެސް ވެފަ އިބަހުރި ލައިވްކޮއް. އޭރުން ދެން އަތެއްނުވާނެ. ހެޔޮވިސްނުން ދެއްވާށި ވަގުތު ފާއިތުނުވީސް

    13
  11. ދޮންކަމަނަ

    އަދިވެސް ނުފެނޭތަ؟ ވެރިކަމާ ހަވާލު ވި ފަހުން އަދިވެސް 24 ގަޑިއރިރު ހަމަނުވަނީތަ؟

    10
  12. އަގީގު

    މަރުކޮމިޝަނުން އަފްރާޝީމް މައްސަލަ ބަލާތަ؟ ކޮބާ ސްމިތު ؟ ކޮބާ ސަޓޫ ؟؟ ކޮބާ ލޯޔަރު ހަސީން ؟؟^ އަފްރާޝީމް އަވަހާރަކޮށްލިރޭ އެންމެ ފަހުން ކާރުގައި ގޮސް މާފަންނު ސަހަރާ ކަންމަތިން ފަސްޓްލޭޑީ ފަޒުނާމެންގެ ކައިރިއަށް މަޑުކޮށް ބައްދަލުކުރި މީހާ ކޮބާތޯ؟ މީނަ ނުވޭތޯ އެބުނާ ބަޔަކަށް އަފްރާޝީމް ކޮންޓްރޯލްކޮށްދިން މީހަކަށް

  13. ނަޖްވާ

    އޭރު ޔާމީނު ސަރުކާރުން އެ ތަހްޤީޤު ރަނގަޅަށް ނުހިންގީ ކަމަށް ބެލެވެނީ! އޭރު ބެލެވުނީ އެއީ އެމްޑީޕީ ފިކުރުގެ މީހެއް ކަމަށް އެހެން ވީމަ ޔާމީނު އެ މައްސަލަ ބަލަންވާވަރަށް ނުބެލީ ކަމަށް ބެލެވެނީ!

  14. ސަނގަލަސަންފަ

    ރޯބުހުތާން ދޮގު. ގެނައި ބޭރުގެ އެކްސްޕާޓަކީ ކާފަރެއް. އޭނާ ނުބުނާނެ އިރާދަކުރެއްވިއްޔާ އެކޭ .

  15. އެމަންޖެ

    ރިޕޯޓެއް ނެރެވިދާނެ އޮއްޓަރެއް ނެތަސް ، މިވެރިކަމަކީވެސް އެކަމުގެ ލާމަސީލް މިސާލެއް.

  16. ޚިޔާލު 3

    މިވެރިންނަށް ވޯޓު ދޭނެ ބަޔަކު އަދި ވެސް މިގައުމުގަ އުޅޭނެބާ.

  17. ކުރިމަގު

    އިންތިހާބެއް ކައިރިވީ ދޯ

  18. ސަރީ

    ޢެކަމް އަންނި ކެންޕޭންގަ ބުނީ މިއޮތީ އަތުގަޔޯ ހެކިތަށް!!އަބަދުވެސް ހީލަތާ މަކަރުން އުޅޭ ބައެއް