ރާއްޖެއަށް އެތެރެކުރުން މަނާ 25 އެއްހާ ޓަނުގެ ތަކެތި ކަސްޓަމްސް އިން ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ އިއްޔެ ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ. މި ތަކެތި ނައްތާލާފައި ވަނީ ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެެވެ.

ކަސްޓަމަސް އިން ވިދާޅުވީ، ނައްތާލެވުނު ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގާ ހިމެނެނީ ބަނގުރާ، ބަނގުރާ އެކުލެވޭ ތަކެތި، ބަނގުއާވި، އޫރުމަސް،
ސިގިރޭޓް، އިސްލާމްދީނާ ޚިލާފް ތަކެތި، 4/75 ޤާނޫނުގެ ދަށުން ހިފަހައްޓާފައިވާ މަނާތަކެތި އަދި ބޭސްތަށް ކަމަށެވެ.

ކަސްޓަމްސްއިން މީގެ ކުރިންވެސް މިފަފަ ތަކެތި ނައްތާލުމަށްފަހު، އެކަން އާއްމު ކުރެއެވެ.

ރާއްޖެއަށް އެތެރެކުރަނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމަސް އިން އުސޫލެއް އޮވެއެއެވެ. އެ އުސޫލުގެ ދަށުން މީގެ ކުރިންވެސް ބައެއް ތަކެތި ނައްތާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މި ޚަބަރު ލިޔެފައި އޮތްގޮތުން ހީވަނީ މިހާރު ބަނގުރާ އެއީ އެތެރެކުރުން މަނާ އެއްޗެއްހެން! ރިސޯޓްތަކަށްވެސް އެތެރެނުކުރަނީހެން ލޮލް

    1
    2