ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނޫސްވެރިންނާއި ބައްދަލު ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ މިރޭ ނޫސްވެރިންތަކެއް މަގުމަތިން އެމަނިކުފާނާއި ބައްދަލުކޮށް އެކަމުގެ ޝަކުވާކޮށްފިއެވެ.

ނޫސްވެރިންތަކެއް މިރޭ ރައީސް ޞާލިހާއި ބައްދަލުކުރީ އެމަނިކުފާނު އެމްޑީޕީގެ ކެމްޕޭން ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެމްޑީޕީގެ އޮފީހުން ނިކުންނެވި ވަގުތުއެވެ. ދެތިން ނޫސްވެރިޔަކު ވަނީ ރައީސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނީ ކޮންދުވަހަކުންތޯ ސުވާލު ކޮށްފައެވެ.

ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ރައީސް ވިދާޅުވީ މިހަފްތާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ. ނޫސްވެރިންނާއި ބައްދަލު ކުރައްވާނީ މިހަފްތާގެ ކޮން ދުވަހަކުތޯ ނޫސްވެރިން ސުވާލު ކުރުމުން އެމަނިކުފާނު ވަނީ ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހް ނޫސްވެރިންނާ އެންމެ ފަހުން ބައްދަލުކުރެއްވީ ފާއިތުވި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެ ފަހުން މިހާތަނަށް އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވައެވެ. ރައީސް ނޫސްވެރިންގެ ބައްދަލުވުން ނުބާއްވަވާތީ ބައެއް ނޫސްވެރިން ވަނީ މީގެ ކުރިން ރައީސް އޮފީހުގެ ކަމާބެހޭ ފަރާތްތަކަށް އެކަމުގެ ޝަކުވާ އެތައް ފަހަރަކު ހުށަހަޅާފައެވެ.

ރައީސް އޮފީހުން މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ވަގުތު ލިބިވަޑައިގެންނެވުމުން ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ދުންތަރި

  ވަގުތު ނެތުމުން ނޫސްވެރިންނާ ބައްދަލްނުކުރެވެނީ އެމްޑީޕީއަށް ކެމްޕޭން ކުރަންވީމާ ރައީސަށް ވަގުތު އޮވޭ އެކަމަކު ރައީސަކީ ރައްޔިތުންގެ ވޯތަކުން ރައްޔިތުންނަށް ޚިދުމަތްކުރަން އިސްކޮށް ރައްޔިތުންގެ ފައިސާއިން އިނާޔަތާ ހިމާޔަތްރާ މުސާރަދީފަ ހުންނަބޭފުޅެއް އެމްޑީޕީއަކުންނޫން އިނާޔަތާ ހިމާޔަތާ މުސާރަދެނީކީ އަދި ވެރިކަމަށް އިސްކުރީ އެމްޑީޕީއަކުންނޫން ދިވެހިރައްޔިތުން އެހެންވީމާ ކުރެއްވިހުވަޔާ އެއްގޮތަށްބާ ޢަމަލްފުޅުކުރައްވަނީ؟؟؟؟

  30
  1
 2. Anonymous

  ރައްޔިތުން ހަނާވިޔަސް ރަށްވެހި ފަތިސް ބަ ރާބަ ރަށް ބޭއްވޭތޯ ބަލާތި.

  31
  3
 3. ރައިބު

  ތީ ރާވައިގެން ކުރާ ކަންތައް. ޕަބްލިކް ވާނުވާގައި ބައިތިއްބަން ވެގެން. ގިނަ ދިވެހިންގެ ހޭލުންތެރިކަން ހުރިވަރަށް ބަލާއިރު ގިނަ ދިވެހިން ހައްދަން ވަރަށް ފަސޭހަވާނެ.

  44
  5
 4. ޓަކަފިރޯށި

  ރަނގަޅު އެކަލޭގެ ފަހާދުވެގެން ސުވާލުކޮށް ހަދާ! އެކަލޭގެލައްވާ ދޮގެއް ހެދޭތޯބަލާތި! ނުބުނާނެ ތެދެއް އޮޅިގެންވެސް!

  48
  4
 5. ނެތީމޭ

  ވެރިކަމަށް 4 އަހަރު ވުމުންތޭ ކޮރަޕްޓް ކާރޓެލްސް އިން ލައްވާ ޓްރާންސްޕޯރޓް އޮތޯރިޓީ ހިންގާ ކަޓް ކާނެ ވަރަށް ކައި ނިންމާފައިތޭ ޓްރާންސްޕޯރޓް އޮތޯރިޓީ އުވާލަން ތަމެންނަށް ފެނުނީ ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބެލިއްޔާ މާބޮޑަށް ތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ...

  16
  1
 6. ނަގޫރޯޅި

  6 ގެ ފަހުން ކާފިއު ހިންގާފަ މިމީހަކާ ބޮޑު ހޮއްކޮ މުޅިކޮށިވަށައިގެން ސެކިއު ރިޓީ އަތު ރަފާ ކާ ރުގަ ދެކޮޅައްދުއްވާފަ ދައުލަތުގެ މުދާބޭނުންކޮއްގެން
  ކޮންމެ ރެޔަކު މިދެ ބޮއްޅަބެ މިއުޅެނީ ފަތިސް ހަނދު ވަ ރުގަ ރައްޔިތުން އަނެއްކާ ގުންބޯ ހައްދަން ކަޑަޖެހުމުގަ. ކިހާތާހި ރު

  23
  1
 7. ނިހާދު

  ލައްވާލީމަ ކުރާ ރައިސްކަމެއް އެއްވެސް ރޭވުންތެރިކަމެއް ނެތް ގައުމު ސުނާފަތިވާއިރުވެސް

  27
  1
 8. އަލިދީދީ

  ނޫސްވެރިން ކުރާ ސުވާލުތަ ކަކަށް ޖަވާބެއް ހިޔެއްނުވޭ ދެވޭނެހެއް، ދެއް ފައްޓަވާނީ ކީރިތި ކުރައްވަން އެވެ.

  20
  1
 9. ޙެ ހެ

  ވީޑިއޯއިން ފެންނަނީ ހަސަނު އައިސް ސެކިއުރިޓީލައްވާ އުޒުރުދައްކައިގެން ޖަވާބު ނުދޭން އުޅުނުތަން

  13
  2
 10. ހަގީގަތް

  ރާވައި ގެން ކުރާކަން ތަށް

  11
  1
 11. ޑަބިޔާ

  ވީޑިޔޯ އިން އަޑު އިވޭ 5 މީހުންނައް ވުރެ ގިނައިން ތިބެގެބް ގޯސްކަމަށް އެކަމަކު ބޭފުޅާ އޯކޭ ކޭންޕޭންގެ 30 މީހުން ނާ އޮއްކޮއް އުޅުނަސް

  17
  1
 12. ކޮތަރު

  ޕެރަގުއޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނެ އެގައުމުގެ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ، އެންމެފަހުން ވެރިކަން ވެސް ވެއްޓިދާނެކަމުގެ ބިރު ހީވުމުން ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވުމަށް ޕެރަގުއޭގެ ރައީސް މާރިއޯ އަބްދޯ ބެނީޓޭޒް ވަޒީރުންނަށް އަންގަވައިފިއެވެ.

  15
  1
 13. ދަރަނި ދަންތުރަ

  ވެރިކަމަށް 100 ދުވަސް ހަމަވީމަ ނޫސްވެރިންނާ ބައްދަލުކުރާނަން ކެއްކުރޭ

 14. ބޯޖަލީލު

  ނޫސްވެރިން ވަރަށް ވިސްނާތި އެސޮރު ރޯންފަށާފާނެ