21:59

ފުވައްމުލައް ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 54 އަށް އަރައިފި

21:09

ހއ. އަތޮޅު ބާރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 31 އަށް އަރައިފި

20:57

ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އާއި އޮކްސްފޯޑްގެ އެސްޓްރާޒެކެނާއާ ގުޅިިގެން އުފައްދަފައިވާ ކޮވިޝީލްޑް ވެކްސިން ދިން މީހަކު މަރުވުމާއި ގުޅިގެން އޮސްޓްރިއާގައި ވެކްސިން ދިނުން މަނާ ކޮށްފި

17:42

ސީރިއާގެ ރައީސް ބައްޝާރުލް އައްސަދު ކޮވިޑް-19 އަށް ފައްސި ވެއްޖެ.

16:57

އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19ގެ އާ ވައްތަރު ރާއްޖޭގައި އުޅޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެ.

15:57

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް ހެލެތް މިނިސްޓަރ ކެރެފާ އަހުމަދު ނަސީމް ވިދާޅުވެއްޖެ.

09:32

ފިޔަވަޅުތައް ދެމިގެންދާނަމަ ރޯދަ މަސް ނިމޭއިރު %50 ވިޔަފާރި ދާއިމަށް ބަންދުކުރަން ޖެހޭނެ - ރެމް

08:45


މިދިޔަ އަހަރުގެ މާޗް 07 ވަނަ ދުވަހަކީ އޭރު މުޅި ދުނިޔެއަށް ފެތުރެމުން ދިޔަ ކޮވިޑް-19 އަށް ރާއްޖެ އިން ފުރަތަމަ ފަހަރަށް މީހަކު ފައްސިވިކަން އިއުލާން ކުރި ދުވަހެވެ. އެއާއިއެކު އެޅި ވަރުގަދަ ފިޔަވަޅުތަކާއި އެކު ވެސް ބަލި ކޮންޓްރޯލް ނުވެ މިހާރު 20000 އަށްވުރެ ގިނަ މީހުން ބައްޔަށް ފައްސިވެއްޖެއެވެ. ކޮވިޑް ޖެހިގެން 64 މީހަކު ނިޔާވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް ފެނުނުތާ އެއްއަހަރު ވެގެން ދިޔައިރު މިއަދު ރާއްޖެ މިއޮތީ ކޮވިޑްގެ ތިންވަނަ ރާޅެއްގެ ތެރޭގައެވެ.

މިއަދު ވެސް ރާއްޖެ އިން 131 މީހަކު ކޮވިޑަށް ފައްސިވިއެވެ.

މިއަދު 131 މީހަކު ފައްސިވެފައި ވަނީ، 3،691 ސުންކު ނަގައިގެންނެވެ. މިއަދު ފައްސިވި 131 މީހުންގެ ތެރެއިން 92 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން 10 މީހަކު ފައްސިވިިއިރު، ރިސޯޓްތަކުން 29 މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެއަށްވުރެ އިތުރުވެފައެވެ. އިއްޔެ ފައްސިވީ 98 މީހުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 20،794 އަށް އަރާފައެވެ. މީގެ ތެރެއިިން 2،599 މީހަކަށް މިހާރު ފަރުވާދެމުންދާއިރު، 166 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭޙް

    ކޮވިޑް ކޮންޓްރޯލް ނުކުރެވިގެން ޕެރަގުއޭގެ ހުރިހާ ވަޒީރުން އިސްތިއުފާ