މާތްވެގެންވާ އިސްލާމް ދީނުގެ ނަމުގައި ދީނީ އިލްމުވެރިން ކަމަށް ބުނާ ބަޔަކު އަންހެނުން ބާރުވެރިކުރުމުގެ އަޑާ ދެކޮޅަށް ވަކާލާތު ކުރައްވާ ކަމަށާއި އެ އަޑު ގަދަވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންހެނުންނަށް އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި އަންހެނުން ޝާމިލްވާ މިންވަރު މިހާރަށް ވުރެ އިތުރު ކުރަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލް ކުރެވޭ ވަރު ވެސް އިތުރު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުން އަންހެނުންނަށް ޓިކެޓް ލިބޭ ގޮތް ފަސޭހައިން އޮންނަ ނަމަ އަންހެނުން ޝާމިލްވާ މިންވަރު އިތުރު ވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވާދަވެރި ޕްރައިމަރީއެއް ކާމިޔާބުކޮށް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކޮށްގެން މަޖިލީހުގައި ހަތަރު އަންހެން މެންބަރުން ތިއްބެވި ކަން ފާހަގަ ކުރައްވައިފައެވެ. ނަޝީދު ފާހަގަ ކުރެއްވި ހަތަރު މެމްބަރުންނަކީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.

ނަޝީދު ވިދާޅުވީ ޓިކެޓް ގެއްލުނު އަންހެން ބޭފުޅުންނާއި އިންތިޚާބުގައި ނާކާމިޔާބުވި އަންހެން ބޭފުޅުން ހަނދާނުގައި އެބަ ހުންނެވި ކަމަށާއި އެއިން އެއްވެސް ބޭފުޅަކު އަދި ސިޔާސީ މަސައްކަތް ނިންމަވާލައްވަން ނުޖެހޭ ކަމަށެވެ.

އަންހެނުން ބާރުވެރިކުރަން ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތަކެއް ކުރަމުންދާ އިރު، އެ ކަމުގައި އެމްޑީޕީއާއެކު އެހެން ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތަށް އެކަންތައް ވިއަސް، އަންހެނުންގެ ބާރުވެރި ކުރުމުގެ އަޑާއެކު އަންހެނުންގެ ހައްގުތައް ގެއްލުވައިލުމުގެ އަޑު ވެސް އެބަ އޮތް ކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެ އަޑު އުފުލަނީ ދީނުގެ ނަމުގައި ކަމަށް ވެސް ވިދާޅުވިއެވެ.

"އަންހެނުން ބާރުވެރި ކުރުމުގެ އަޑު އަޅުގަނޑުމެން އުފުލަމުންދާއިރު އަންހެނުންގެ ހައްގުތައް ގެއްލުވާލުމުގެ އަޑު ވެސް ގަދަ. އެންމެ ބޮޑު ހިތާމައަކީ އެ އަޑު އަންނަނީ ދީނުގެ ނަމުގައި ކަމުގައިވާތީވެ. އެ ގޮތަށް މި ވަކާލާތު ކުރަމުން އަންނާތީވެ. ދީނީ އިލްމުވެރިން ކަމަށް ބުނާ ބަޔަކު އުފުލާތީވެ، އެހެން ވިޔަސް އަންހެނުންގެ ހައްގުތަކާ އެކު އަޅުގަނޑުމެން އެންމެން މަސައްކަތް ކުރާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިޝާރާތް އެ ކުރައްވަނީ ފަނޑިޔާރު ކަމާއި ރައީސް ކަން ފަދަ މަގާމުތައް އަންހެން ބޭފުޅުންނަށް އަދާ ނުކުރެވޭނެ ކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވާ ވާހަކަތަކަށެވެ. ދީނީ މިފަދަ ޚިޔާލު ތަފާތުވުން ބޮޑު މައްސަލަތަކުގައި އިލްމުވެރިންނާއި އާންމުންގެ ތެރޭގައި ވެސް ބަހުސް ބޮޑުވެއެވެ. މި ސަރުކާރު އައި ފަހުން ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރިއިރު އެއީ ދީނާ ޚިލާފް ކަމެއް ކަމުގައި ބައެއް އިލްމުވެރިން އަޑު އުފުއްލަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ނަންނުގަތި

    އަންހެނުނަށް އެކަބަލުންގެ ހައްޤުތަށް އެއްމެފުރިހަމަޔަށް ހޯދައިދިން ދީނަކީ އިސްލާމްދީން. މިނިވަންކަމުގެ ނަމުގައި އެކަނބަލުން ނީލަންކިޔާ އެކި އުފެއްދުންތަށް އިސްތިހާރު ކުރުމަށްޓަކައި އިއްޒަތުއްނަފްސު ގެއްލުވާލުމަކީ އެކަނބަލުންނަށް ދެވޭ މިނިވަންކަންތޯއެވެ؟

    23
    2
    • އެހެން

      ސިޔާސީވެގެންގޮސް އަންހެނުންގެ އިއްޒަތާއި ކަރާމާތް ގެއްލުވާލާފައިވަނީ މަދެއްކޮށެއްނޫން.

      7
      1
  2. ހުސޭނުބެ232323232

    މިރާއްޖެ ނޫނީ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، ކޮލެޖު ޔުނިވާސިޓީތަކުގައި އަންހެނުން ގިނަ ގައުމެއް. ދުނިޔޭގައިވެސް ނޯންނާނެ. ޔުނިވާސިޓީތަކުގެ ބައެއް ކުލާސްރޫމްތަކުގައި ތިބެނީ ދެތިން ފިރިހެންކުރިން. އަންހެނުން ހިންގާ އަދި އެންމެ ފިރިހެނަކުވެސް ނެތް ބޮޑެތި ޑިޕާޓްމަންޓްތައް ދައުލަތުގައި އެބަތިބި. ބައެއްފަހަރު ފިރިހެނުންނަށްވުރެ އަންހެނުންނަށް ވަޒީފާހޯދަން ފަސޭހަވެސް ވެފައި އެބަހުރި. ބައެް ވަޒީފާ އިއުލާންތަކުގައި ސްޕެސިފިކްކޮށް "ހަމައެކަނި އަންހެނުން" މިހެން ޖަހާފަވެސް އެބަހުރި. ނުވިތާކަށް މިފަހުން އަންހެނުންނަށް ވަކިވަރަކަށް ގޮނޑިދޭންޖެހޭ ގާނޫނެއްވެސް ފާސްކޮށްފި. ކަންމިހެން އޮތްވާ، އިންޖީނެއްގެ އިސްކުރެއް ބާރުކުރިތަނެއްގައި އަންހެނަކު ނެތީމާ އަންހެނުންގެ ހައްގު ގެއްލިއްޖެ ކަމަށް ބުނުމަކީ ހަމަޖެހޭ ވާހަކައެއްނޫން.

    21
    1
  3. ނައުރާ

    އަދި ނަހަލާލަށް ވިހޭމަ ހަ އްދު ޖަހާ މަ އްސަލަވެސް މިކަލޭގެ ވެރި ކަމުގަ އޮތީ ޖަ އްސާފަ . ހަ އްދު ޖަހަން އާ އް މުންގެ ވޯޓަކުން ނިންމަން ވެސް މިކަލޭގެ އަށް ފެންނަ ކަމަށް ބުނެފަ އޮތީ އިސްލާމް ދީނުގެ އަދު އްވުން ދަ އްކާ ޒާތުގެ ވާޙަކަ އަބަދު ދަ އްކާނީ

    22
    • ލަމްހާ

      މި ވެރިކަމުގަ ރޭޕިސްޓުންނާ ޖިންސީ ގޯނާ ކުރާ މީހުންނަށް އަދަބެއް ނުދޭ.... ޖިންސީ ގޯނާ ކުރާް މީހުންނަށް އަދަބް ދީ... އިންހެނުންނަށް ތިދެނީ ވަރަށް ބޮޑު ދެރައެއް

      14
  4. ....

    ޢަންހެނުންގެ ހައްގުތަކޭ ކިޔާ ދީނުގެ ހައްދުތަކާއި އިންތައް ހުރަސްކޮށް ދާ ނަމަ އެހެންވާނެ ދޯ މީ މުސްލިމުން އުޅޭ ގައުމެއް ވިއްޔާ...މިކަލޭގެ މިބުނަނީ އެހެންވިޔަސް އަޅާނުލާތިބޭށޭތަ

    17
    2
  5. ޢަހު

    ކަލޯ އަންހެނުންގެ ޙައްގަކީ ބޭނުންގޮތަކަށް ބެނުން އިރަކު ބޭނުން ތަނެއްގަ ޢައުރަ ނިވާނުކޮށް އުޅުންތ؟އަންހެނުންގެ ހައްގޭ ކިޔައިގެން އަންހެނުން މަގުފުރެއްދޭތޯބަލާ ބަލަ އަންހެނުން ތިބެންޖެހޭނީ ކަރާމާތްތެރި ކަމާއި އިއްފަތްތެރި ކަމާއެކު ގޭގަ ތިކިޔާ ޑިމޮރަސީ ކުރިއރުވާ އެއަށް އަޅުކަން ކުރާކަށް ނޫން ނިކަން ބަލާބަލަ މަޖިލީހުގަ ޢައުރަ ނިވާކޮށްގެން ތިބި ކިތަށް އަންހެން މެމްބަރުން ތިބިތޯ؟ ލަދެއް ގަންނަ ނަމަ ރެނދެއްވެސް ލާނެ

    20
    2
  6. ޢަލީ

    ވަރައް ރަނގަޅުވާހަކަ ކޮޅެއް. 👍

    7
    18
  7. އައިސަ

    ކަލޭ ދީނޭ ކިޔާފަ އަނގަ ނުހުޅުވިއްޔާ ތާހިރު ވާނީ😡

    29
    1
    • މޮޔައެނޮނިމަސް

      ވަކި މީހެއްގެ ހައްގެއްތަ.؟

      2
      1
      • ބޯ ހަލާކު

        ތިޔަ ކަހަލ ހައްގޭ ކިޔައިގެން ދީނަށް ބަދުބަސް ބުނުމުގެ ޖާގަ އެހޯދަނީ.. މުސްލިމުންނެއް އެއްވެސް ވާހަކަ އެއްގެ ތެރެއިން ދީނަށް ދެރަ ބަހެއް ނުބުނާނެ. ޢެމީހުން އޮޅިގެންވެސް ޑިމޮކުރަސީއޭ ކިޔާފަ ބަދުބަސް ނުބުނަނީ އެމީހުން ގެ މަގުސަދަކަށް އެކަން ނުވަތީ

  8. އަލީ

    ކަލޭ ދެކެ މީހުން ރުޅި އަންނަނީ އިސްލާމް ދީން އަށް ތި ކުރާ ނަފްރަތެއްގެ ސަބަބުން. ކލ ގޮތް އެނގުން ފަހުން މަ ސަޕޯޓް ކުރުން ހުއްޓާ ލައިފިން. ރުންކުރު ބޮޑާ އިންސާނެއް .

    21
    1
  9. މުރާދު

    އިންސާނުންހެއްދެވުމުގައި ( އަންހެނުންނާ،ފިރިހެނުން ) ތަފާތުތަކެއްހުރޭއެތަފާތުކުރުންހުރެ
    އަންހެނުންނާ ، ފިރިހެނުން ހެއްދެވީﷲ ވީމާ، މިތަފާތުމޮޅަށްދެނެވޮޑިގެންވާނީ މާތްﷲ އެއްވެސް
    ރަސޫލުބޭކަލެއް،ނަބީބޭކަލެއް އަންހެނުންގެތެރެއިންނުވޭ، ވަރިކުރުމާއި،ވަލީދިނުމަކީ ފިރިހެނުންނަށް
    ކުރެވޭކަމެއް ދީނީފަރުސުތަކެއްއަދާކުރުމަށްހަރާމްދުވަސްތަކެއްއަންހެނުންނަށްއާދޭއަންހެނެއްގެފަހަތު
    ފިރިހެނުންނަށް ނަމާދުކުރެވޭތޯ ފިރިހެނުންގެފަހަތު އަންހެނުންނަށް ނަމާދުކުރެވޭ ދަރިންނާ، އަނބިންގެ ބަލަދުވެރިފަރާތަކަކީ ފިރިހެނުން ކާވެނީގެމަރުހަލާގައި ކޯޓުންމިގޮތަށް އަންގަނީވެސް
    ފިރިހެނުންނަށް ނަޝީދުތިހެންވިދާޅުވެލައްވަނީ ދީނީގޮތުންކަންކަންއޮންނަގޮތްއެނގިލައްވައިގެންތޯ
    އެހެންކަމަށްވާނަމަ ؛ ދީނުގެނަމުގައި އަންހެނުންގެ ހައްގު ގެއްލުވާލުމުގެ އަޑު ގަދަ : މިހެން
    ވިދާޅުވެލެއްވުމުގެ ބޭނުމަކީކޮބައިތޯ ؟ އަންހެނުންރުއްސުންތޯ، އަންހެނުންނާ، ފިރިހެނުންގެތަފާތު ﷲކުރައްވާފައިވާގޮތް ކަމުނުދާތީ އެކަމަށްގޮންޖެއްސެވުންތޯ؟އިންސާނުންނާ، ހުރިހާކަމަކަށް އެންމެ އިންސާފުގޮތްވަނީ އިސްލާމްދީނުގައި އެދީނުގައިވާގޮތަކީ

    19
    2
  10. ސސ

    ނަޝީދުގެ ތިޔަ ގޮޑި ކަބަލަކަށް ނުދެއްވަނީ ކީއްވެތޯ؟ ކަބަލަކަށް ދެއްވާންވީ ނުންތޯ ތިޔަގޮޑި !

    18
  11. ލާހި

    ވަޒީރު ކަބަލުންނަށް ބިރުދައްކާ ވަޒީފާއިން ވަކި ކުރަނީ ތިޔަމީހުން ނުންތޯ އެވެސް ދީނީ މީހުން ކުރާކަމެއްތޯ؟

    15
    1
  12. އަލީ

    ލާދީނީ ހަމަ

    16
    1
  13. އަހުމަދު

    ދީނުގެ ކޮންމެވެސް ކަމަކާ ބެހިނުލާ މިކަލޭގެ ވާހަކަ ނިންމައެއް ނުލާނެ. ރާއްޖޭގެ އަބޫޖަހުލު

    16
  14. ޢަހުރނ

    ޢަންހެނުންގެ ހައްގުގެ ނަމުގައި ދީނަށް އެއްޗެހި ގޮވުމުގެ އަޑު މަަ ގަދަ.. ދީނުގަ އަންހެނުންގެ ހައްގު އޮތީ.. ބަޔަކު ދީނަށް ނޫޅުމުން އކަމުގެ ފައިދާ ލަދީނީ މީހުން ނަގާ.. އަންހެނުން ރޭޕު ކުރާ މައްސަލަ މަޖިލީހަށް ބަލައި ނުގަތީ މަޖިލީހުގަ ތިބި ތިޔަ ކަހަލަ ލ ދީނީ މީހުން

    15
  15. ހުސެން

    ކޮންދީނެއް ގެ ނަމުގައި ؟

    10
  16. ދިވެއްސެއް ވީމަ ބުނަމޭ

    މަގޭ ދޮންކަލޯ ތިބުނާ މިނިވަންކަން އޮންނަ ދޮން ކުދިން އުޅޭ ގައުމުގައި ފާދިރިން ކުޑަ ކުދިންނާ އަންހެނުން ރޭޕް ކުރެޔޭ އަދި އެމީހުންނަކީ ހޯލީ ފާރ ދާ އިން ވީމަ އެމީހުންގެ ކުށުގެ ވާހަކަ ގިނަފަހަރައް އޮންނަނީ ފޮރުވިފަ ކަލޭ ވެއްޖެ ެއެއްނު އެއުޅޭ ކަޅުބެ ދަރި ކައިރިން ދީން ދަސްކުރަން އެސޮރު ކުޑަ ގޮތެއް ހުއްޓަކަސް ވަރަށް ކޫލް ވާނެ

    3
    1
  17. ހުސޭނުބޭ

    ކަލޯ ދަންނަނަމުތަ ދީން؟ ކަރުދިގު ފުޅި ވިސްނުން ބުއްޅަބޭގެ ހުންނާނީ

  18. އައްބެ

    ބަލަ މަނިކުފާނަށް ނުކެރުނޭނޫންތޯ އެކުގައި ޕްރައިމަރީގައި އަންހެނަކު ވާދަކުރުމުން ތިޔަ ދާއިރާ އެކަމަނާއަށް ދޫކޮށްލަން. ވަރުގަދައަށް ކެމްޕޭންކޮށްގެން އެކުއްޖާ ފެއިލްކޮށްލީ.

  19. ނާޅި

    މައިން ބަފައިންނާއި ދަރީން ނާއި އަނބީން ނާއި ތިމާގެ މީހުނަށް ހެޔޮކޮށް ހިތާ އަޅާލާ އެމީހުންގެ ހައްގު ގައި އެންމެ ބޮޑަށް އަޑުއުފުލާ ވާހަކަ ދައްކާ ބަޔަކީ ދީނީ ޢިލްމު ވެރިން . ތިޔައިން އެކަކުވެސް ނުކުރާ ވަރުގެ މަސައްކަތް ޢިލްމުވެރިން ކުރޭ !

  20. ކޮރަލް

    މީނަ ދީނީ ވާހަކަ ދައްކަން ވީމަ ނޭނގޭ ކަމެއް ނެތެވެ. އެހެން މީހަކު ދީނީ ވާހަކަ ދައްކާ ނަމަ އެކަމާ ދެކޮޅަށް ބަސް ބުނެ އެވެ. އަންނި ދީ ނީ އިލްމް ކިޔެވި ޔުނިވާސިޓީ އެއް އެއްވެސް ބަޔަކަށް އެނގޭކަށް ނެތެވެ.

  21. ސުވާލު

    ހިއުމަންރައިޓް ކުރީގެ މެންބަރު ޖީހާން ގެ ފިރިމިހާ ، އެފްރީކާއަންހެންމީހާއަށް ހެދިގޮތް އެއީތޯ ތިބުނާ ޑިމަކުރަސީގެ ހައްގުތަކަކީ؟ ލާދީނީކަން އިންތިހާއަށް.

  22. ސުވާލު

    ދީނުގެ ނަމުގައި ފޮނިބޮކިއަރުވަނީ ކެނެރީގޭ މުހައްމަދު ނަޝީދު. އިލްމުވެރިން ޝޭހުންނެއް ނޫން. ޑރ އިއާޒް އެއް ނޫން. އިންތިޔާޒު އާއި އިސްލާ'ން' ދީނަށް އުޅޭ އީވާ މެނާއި އެމީހުން ގެ އައުވާނުން.

  23. ސައްލި

    ނަޝީދާއި އެކު މަޖިލިސް ގޮޑިޔަށް ވާދަ ކުރި އަންހެން ކުއްޖާ ކަޓުވާލާފަ ކޮންވާހަކައެއް މިދައްކަނީ، ކަބަލުން ނަށް އޮޅުވަލަން ، ދީނުގެ ވާހަކަ ދައްކާ މީހެއްމީ ކޮންތާކުން ކަޔަވައިގެން މިބޭފުޅާ ކަބަލުންގެ ދީނީ ވާހަކަ ދައްކަވަނީ ހައިރާން ފަހެ މީހަކު ނުވާނެބާ !

  24. ކިލޯ ޤުރާމް

    ބައްލަވާ އަންހެނުންގެ އަޑު ކަޑުވާލީވެސް މަނިކުފާނު، މަނިކުފާނު ތިއޮތް ބޮޑު ރައީސުކަމުގެ ލަޤަބާއިގެން ވާދަކޮށް މަނިކުފާނާއި އެކު ވާދަކުރި އަންހެން ކުއްޖާ ކަޓުވާނުލާ އޭނަގެ އަޑުކަޑުވާ ނުލިނަމަ މިއަދު މަނިކުފާނު ދައްކަވާ ދީނީ ވާހަކަވެސް ޤަބޫލު ކުރެވުނީސް، އެކަމަކު އެކުއްޖާފުޅު ކަޓުވާލާ އަޑު ކަޑުވާލީ މަނިކުފާނު ސީދާ ރަޢީސު ކަމުގެ ލަޤަބު ބޭނުން ކޮށްގެން ނުންތޯ ؟

  25. މަގޭ މަރު

    އަންހެނުން ހެއްދެވި ފަރާތް މާތް ﷲ އަށް އެކަބަނލުންގެ ހައްގުތައްވެސް އިނގޭނީ. އިންސާނުންގެ ތެރެއިން ވަކި ބަޔަކު ނޫން އިންސާނުންގެ ހައްގުތައް ކަނޑައަޅާ ނިންމާނީ.

  26. ލޯންސްޓަރ

    އިސްލާމްދީނަށް ގޮންޖަހާފަ އައޔރަނިވާނުކޮށްތިބި ހަތަރު އަންހެނުންގެ ވާހަކަދޯ އެބުނެލީ.

  27. ގގ

    ތިޔަ ގޮޑީގައި އަންހެން ކަބަލަކު ބަހައްޓަން ނިކަން އިސްތިއުފާ ދޭންވީނުންތޯ ކެރި ވަޑައިގަންނަވާނެތޯ ؟