ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ގުރްއާންގެ އާޔަތްތަކާއި އޭގެ މާނަ ވިދާޅުނުވާން އެދިވަޑައިގަންނާވަފައި ވަނީ ބައެއް މެންބަރުން "ރޯ ނުބައިކޮށް" މާނަ ވިދާޅުވަމުން ގެންދަވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ގުރްއާންގެ އާޔަތެއް ވިދާޅުވާން އުޅުއްވަނިކޮށް ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައިފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ "ރޯ ނުބައިކޮށް" ބައެއް މެންބަރުން އެ ވިދާޅުވާތީ އެ ކަން ނުކުރެއްވުމަށް މީގެ ކުރީގައި ވެސް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

މެންބަރު ނަޝީދަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ "ގުރްއާންގެ އާޔަތުގެ އަޑުޖެހުމުން ޝައިތާާނާއަށް އުނދަގޫވާނެ" ކަމަށެވެ. އެހެންކަމުން ގުރްއާން އާޔަތްތައް މެންބަރުން ވިދާޅުވީމަ "އެ ކަން ހަޖަމް ނުވެގެން ތިޔަ އުޅެނީ" ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ފަހުން ނަޝީދު ދާޅުވީ "ގުރްއާން އިއްޒަތްތެރި މެންބަރުން ހަމަ ބޭނުން ގޮތަކަށް ބޭނުން ނުކުރައްވަން އިލްތިމާސް ކުރަން" ކަމަށެވެ. އަދި "މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ އިސްމަފުޅަށް އެހެން ނުހައްދަވަން" ވެސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.

ނަޝީދުގެ ވާދަވެރި ފަރާތްތައް އެމަނިކުފާނާ ދެކޮޅަށް އެންމެ ބޮޑަށް ފަތުރާ ވާހަކައަކީ އެމަނިކުފާނަކީ ރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ބައެއް ޕްލެޓްފޯމްތަކުގައި އެމަނިކުފާނު ވެސް ވަނީ ލާދީނީ ވުމުގެ މާނަ ވިދާޅުވެ ދެއްވައިފައެވެ. ލާދީނީ އެ މަފްހޫމަކީ ސިޔާސީ ކަންކަން ދީނީ ކަންކަމުގެ ތެރޭގައި ނުގެންގުޅުމުގެ މަފްހޫމް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ލާދީނީވުމަކީ އިސްލާމް ދީން ގަބޫލު ކުރުން ނޫނީ ނުކުރުމާއި ގުޅިފައިވާ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ެދެބަން

    ނުބައިކޮށް ކީމަ ރަނގަޅުކޮށްދޭނީނު! ކުރިން ބުނި ނުބައިކޮށްކޮކިޔަސް ނޭންގޭނެތިއްޔޭ! މިތަނުން ތެދުބަހަކީ ކޮބާބާ!

    74
    1
    • އަނގަ ފޭކު

      ނުބާކޮށް ކިޔާކަންވެސް އިނގޭނީ އެޤުރުއާންށް ލޯތްބެއް ކުލުނެއް އެ އިލުމުދަސްކޮށްފަހުރި މީހަކަށް މީކަކުތަ ޤުރާނޭ ދިނޭ ކިޔަކަށް 7އުޑުމަތިން ބާވަލެއްވި ހުކުން ފުޅުތަކަށް އިންކާރު ކުރި މުރުތައްދެއް

      51
      2
    • ތަކުރުފާނު

      ނުބައިކޮށްވިޔަސް ޤުރުއާނުގެ އަކުރެއް ކިޔާ އަޑު އިވިއްޖިއްޔާ ޝައިޠާނުން ބިރުގަންނާނެ.

      10
  2. ގުބޯ ނަހައްދާ

    ކަލޯ ކޮސްނުގޮވާ ކަލޭތީ ދީނަށް ފުރައްސަރަކުރި މީހުންދިފައުގަ ތެދުވި މިހެއް އަދިދީނަށް މަލާމާތްކުރިމީހެއް ރސއވ އަށް ފުރްއްސާރަކުރި މިހެއް ތިއުޅެނީ ލާދީނީ ބައިގަނޑަށް ވޮޓްހޯދާން ޖަހާމަޅި ކިއްކުރާނި ތިމީހުނަށް ޥޯޓްދޭ މީހުންވެސް މިސްކިތަށް އަރާނަމަދުކޮށް އުޅޭނެވިއްޔާ ތިތިބަ ސެހުންނޭކިަޔާ އުޅޭ ފަހުޒަމާނުގެ ދީން އޮޅުވޅާ މުނާފިގު ސެހުންވެސް އިސްލާމުންނޭ ކިޔާގެން ދިނުގެ ދިފާއުގާ ބަސްބުނަން ނުކެރޭ މުސްލިމުނޯ ކީއް ކުރާނީ މޑޕ އަށް ދެވޭ ވޯޓަކީ ދީނާދެކޮޅަށް މަސައްކަތް ކުރާ ބައިގަނޑަށް ދެވޭ ވޮޓެއް އމދޕ އައް ވޯޓްދީފަ ސަލަތެއް ނުވަނެ ދީނަށްފުރްއްސާރަިކުރި މީހުންނާ އެއްފަދަ ހަނދާންކުރާތި އމޑޕނއަކި ލާދީނީ ފިކުރަށް ޖަގަދެ ބައިގަނޑެއް

    60
    1
  3. ވިސްނާ

    އިސްލާމް ދީނުގައި އަންގަވާފައިވަނީ ގުރުއާން ކިޔަވާއިރު އެޔަށް ކަނުލައި އަޑުއެހުމަށާއި އޭގެ މާނައަށް ވިސްނަން. އަދި ކިޔަވަމުން ދަނިކޮށް ކުށެއް ޖެހިއްޖެނަމަ އެކުށް އިސްލާހު ކޮށްދިނުމަށް. ބައެއް ދިވެހީން (ހާއްސަކޮށް "އިސްލާން" ދީނުގެ އަހުލުވެރިން) ހީކުރަނީ ގުރުއާން ބާވާލެއްވީ، ކިޔަވަމުން ދާއިރު ކުށެއް ޖެހިދާނެކަމުގެ ބިރަށް ނުކިޔަވާ ބޮޑުފޮށީ އަޑިޔަށް ފޮތްތައް ލައިގެން ތިބެންކަމަށް.

    74
    1
  4. ކެހިވެރި ފަތިސް

    ރައްޔިތުންނޭ ކެހިވެރި މަކަރު ވެރި ފަތިހަކަށް މިގައުމުގެ ރައްޔިތުން ދާން ބެނުމެއް ނުވޭ ތީތިބީހިޔަޅުން މަކަރާ ވައްކަމާބޔަހޫދީކަން ހައްދު ފަހަނައަޅާ ގޮސްފި 2 އަހަރުގެ ބަޖެޓް އަދި ބޭރުންހޯދި ފައިސާކޮޅާ ރާޖެ މޯގޭޖް ކޮށްފަ ނެގި ޑޮލަރުކޮޅު ބަނަދު އަޅަލާގެން ނިކުމެ ރައްޔިތު އިތުރަށް ބިކަކުރަން އެދުވަނީ ލާދަިނީ ފިކުރު ވަރުގަދަކުރުމަށް މޑޕ ސޮރީ މިފހަރު ދެވޭވޯޓެއްކަން ހަނދާން ކުރަތިl

    32
    3
  5. އަބްދޫ

    ނުބައިކޮށްކިޔަސް ނަސީދަކަށް ނޭގޭނެ އެކިޔަނީ ނުބައިކޮށް ކަމެއް.ބަލަގަ ވެލާނަގެ އިން 3 ތަޅާ 2 ތަޅުދަނޑި ވަގަށް ނެގި މައްސަލާގަރ.އަތޮޅަށް އަރުވާލާފަ ހުރި ރަށުގަ ނަސިދު ހުރިގޭގެ މީހާގާތު ނަސީދު ބުނިކަމަށް އެގޭވެރިމީހާބުނޭ ނަސީދުބުންޏޭ ގުރްއަނަކި މާތްﷲ ބާވައިލެއްވި ފޮތެއްނޫނޭ. ވީއިރު ނަސީދަށް ގުރްއާނެކޭ ދެރަދުން އެކޭ ވާނީ އެއްވަރުދޯ. ނުކިޔަން އެބުނަނީ ކީރިތި ގުރއަނަ މެދު ނަސީދު ގެ ހިތުގަ އޮންނަ ހަސަދަ އިގެ ސަބަބުން. ރ.ަތޮޅުމިހާ ގެ ވާހަކަތަކަށް ބަލާ އިރު ނަސީދު މުސްލިމަކަށް ވާނެ ގޮތެއް އަހަންނަކަށް ނުފެނުނު.

    36
    2
  6. އެމަންޖެ

    މަނިކުފާނައް އިނގިލައްވާތޯ ބިސްމި ކިޔަން އަދި ބިސްމިނުގެ މާނަ އިނގިލައްވާތޯ.

    37
    3
  7. މާތިލަ

    ތިޔަ ބޭފުޅާ އަށް އެކަން އެނގިވަޑަިގަންނަވާނެތާ!
    ތިޔަޢީ 12000 (ބާރަހާސް ޙަދީސް) ހިތުދަސކަމަށް
    ވިދާޅުވި ބޭފުޅެއްވިއްޔާ!
    ފަހަރެއްގައި އިތުރު ޤުރުއާނެއް ވެސް ދަސްކޮއްފާ ވެސް އޮވެދާނެތާ!

    28
    2
  8. ހެޔޮލަފާ

    ކާކު ހަނދާންހުރީ މިސޮރު އެއްފަހަރު ކެންޕޭނަކަށް ކޮންމެސް ރަށަކަށްގޮސް ނަމާދުކުރަން އިމާމަކަށް އެރުވީމަ ރޯނުބައިކޮށް ކިޔެވިދުވަސް؟ އޭރު މަވެސް ރޮދިކެނޑިގެން އުޅެވުނީ މިވެރިން ފަހަތުން

    38
    1
  9. ފަޔާޒް

    އިސްލާމްދީނާ ، ކީރިތިޤުރްއާންއާ، ރަސޫލާއަށް

    18
    1
  10. ަައަސީ

    ޢެމީހެއްގެ އެތެރޭގައި ހުރި އެއްޗެއް ނުކުންނާނީ ދިނަށް ނަފްރަތުކުރާ މީހުން މިގަައުމުގެ މީހުންނަށް އެނގޭ.

    29
  11. މަޖިލިސް

    ގުރުއާން ކިޔަވަންނޭގޭ މީހަކު ތިމަޖިލީހަކައް ޝަރުތު ފުރިހަމަ ނުވާނެ

    36
  12. ޙހހ

    ޢަރަބި އެގެނީ މީހެއްތޯ ތިއީ ނުބައި ރަނގަޅހުއެގެން

    16
    2
  13. ރުޤްޔާ ބޭބެ

    ނަޝީދަކީ ޝައިޠާނެއް. ޤުރްއާންގެ އަޑު ޖެހުމުން އުނދަގޫވަނީ ޝައިޠާނުންނަށް. ޝައިޠާނުން ހިމެނެނީ ޖިންނީންގެ ތެރެއިންނާއި އިންސާނުންގެ ތެރެއިން.

    16
    3
  14. ގައުމީ ލޯބި

    ތިދިޔައީ ހައްދުފަހަނާއިގެން.. ތީ ސީ ދާގޮތުން ދީންނައްތާލަން އަޅާ ފިޔަވަޅު..ތިކަން ވިޔަދީގެން ނުވާނެ..!؟

    މި ނޫނީ މުސްލިމު ގައުމެއްގެ ގާނޫނު ހަދާ އިރު ގުރުއާނުން އާޔަށް ކިއުން މަނާ އިސްލާމީ އެއްވެސް ގައުމެއް ނެތް..

    އިންގިރޭސި ޕާރލަމެންޓްގައިވެސް ގުރުއާން ކިޔެވި.. އެކަމަކު އަދިވެސް މިކިޔަނީ ޑިމޮކްރަސީ އޭ..

    އަމިއްލަ ދީނަށް ނެތް ލޯބެއް ނުވެސް ދަންނަ ބަޔަކަށް ހުރެދާނެ ކަމަށް ދެކޭނީ ބޮޑު މޮޔައިން

    މިތަން ލީޑުކުރަން މިތިބީ ހަމަ ލާދީ ނީ ބަޔެކޭ ބުނީ މަ އެހެން ބުނާމީހާ އެވަނީ ހައްދު ފަހަނަޅާފައިވާ މީހަކަށް

    14
  15. ސަރޭ

    ގުރުއާނުގެ އާޔަތް ތަށް ހިތު ހުރި ތަނެއް ގަ އެމީހާ ބޭނުން ވާ ކަންކަން ހާސިލު ކުރުމަށް ކިޔުމަކީ ކޮށްގެން ވާނެ ކަމެެއް ނުން .އެކަން މަނާވެސް ކުރަން ޖެހޭނެ. ކޮމެ ވެރިޔަކު ބަދަލު ކުރަ، ކޮންމެ ބިލެއް ފާސް ކުރަން ، ކޮންމެވެސް މީހަކު ގޯސް ކުރުމަށް. މިކަންކަމަށްފުދޭވަރު ހެކިހުރެގެން ޔާޔަތް ތަކުން ޖަވާބު ދެވެން ވާނީ.ނަސީދުގެ ވިސިްނުން ވަރަށް ތޫނު އަދި ދުރުވިސް ނި ގުރުއާނަށް އިހުތިރާމު ކުރާކަން އެބަ ދޭހަވޭ.

    7
    9
  16. މޭފެއަރ ކުޑޭ

    އަންނި ހައްދުފަހަނަޅާފައިވާ މީހުންގެ ލިސްޓްަގައި ހިމެނިއްޖެ..؟ ދީނުގެ އަސްލު ބޭނުން ކުރުން މަނާކުރާ މިހަކަށް އޭނާ ވެއްޖެ..؟

    11
    2
  17. ޏަން

    ދީނުގެ ނަމުގައި ހައްދު ފަހަނައެޅުން ހުއްޓުވަން ތަންފީޒުކުރަނީ އެމްޑީއެން އަދި އުތެމަ ރިޕޯޓް ، ސަރުކާރުން މި ލާދީނީ ބައިގަނޑަށް ހިމާޔަތްދޭ
    ދިވެހި ސިފައިންނޭ !! ތި ތިއްބެވީ ދީނާއި ދައުލަތް ދިފާއިކުރުމަށް ﷲ ގަންދީ ހުވާކޮށްގެން ކީއްވެ ދީން ދިފާޢުކުރަން ދަޢުލަތާއި ދެކޮޅަށް ނުނިކުއްނަވަނީ

    10
  18. ކޮރަލް

    ދޮގު ބުނުމުގަ ޓްރަމްޕް އަށް ވުރެ މާ ކުރީގަ އެވެ ......

    11
  19. ގެރިބޯ

    ކައްޛާބު ހަދާ ދޮގު. ޤުރުއާނުގެ އަޑު ނާހަން ދައްކާ ވާހަކަ.

    12
  20. ދރދރ

    އެއފަހަރު ބުނި ތިމަންނަޔަކަށް ކިޔާ އެއްޗެއް ނޭނގެއޭ. މިހާރު ތިބުނީ ކިޔަނީ ނުބަިއކޮށްނޭ ؟

    10
  21. ޝިޔާމް

    ކައްޛާބު ހަދަނީ ހުސް ދޮގު. ހަމަ ޤުރުއާނުގެ އާޔަތްތައް އަޑު ނާހަން ހުއްޓުވަނީ.

  22. މަރުމޯލް

    އެއްގޮތަކަށް ބަލާ އިރު ރ ނަޝީދު ގެ ވާހަކަ ގޯހެއްވެސް ނޫން ، ގުރުއާން ހިތުހުރިގޮތަކަށް ކުޅޭ ކުޅޭ ގޮތަށް ބޭނުންކުރެވިގެން ނުވާނެ ، އަދި ތިމާ ބޭނުން މާނައެއް ނެރުމަށް ސިޔާސީ ގޮތުންވެސް ބޭނުން ކުރެވިގެން ނުވާނެ ، ކީރިތި ގުރުއާނަކީ ﷲ ގެ ވަހީ ބަސްފުޅު ، އެއަށް ހުރުމަތްތެރިކޮށް ހިތަންވާނެ ، ވަހީގެ މާނަ އޮޅޭގޮތަށް ތިމާ ބޭނުންގޮތަކަށް މާނަކުރެވިގެން ނުވާނެ

    6
    3
  23. ނާރިނގު

    އަދި "މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ އިސްމަފުޅަށް އެހެން ނުހައްދަވަން" ވެސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.މަނިކުފާނައް މާތްﷲގެ އިސްމުފުޅު ރަނގަޅައް ކިޔަވާ ވިދާޅުވަން ނޭންގޭ ކަމައްވަން ޏާ ތިޔަ ގޮނޑިޔަކައް ކުފޫހަމައެއްނުވޭ

    11
    1
  24. ޖިންނި

    ޖިންނި ޝައިތާނުންނަށް އުނދަގޫވާނެ ކަމަށް ވަނީ ޤުރުއާނުގެ އަޑުއިވުނީމަ.

    14
  25. މުހައްމަދު

    ގުރުއާން ބަދަލެއްވެސް ނުކުރެވޭނެ އޮޅުވައެއްވެސް ނުލެވޭނެ. އެފޮތް އެފޮތުގެ ވެރި އަލާހް ރައްކާތެރި ކުރައްވާނެ. އަދި މުނާފިގުން ގުރުއާނުގެ އާޔަތެއްވެސް އަޑުއަހާކަށް ބޭނުމެއް ނުވާނެ

  26. މަގޭ

    ފުރަތަމަ ކަލޭތިހެން ބުނުމަކީ ކަލޭގެހުރި ޖާހިލުކަން ގުރުވާން ނޭގޭބަޔަކު ކަލޭގެޕާޓީން ތިމަޖިލީސްތެރެއައް ވަނުމަކީ ކަލޭގެހުރި ނުކުޅެދޭކަން

  27. މުހަންމަދު

    މަޖިލީހުގެ ތަޅުމައް ސިހުރުހަދާފަ ހުރުމުން އެތަނައް އަންނަ ޝައިތާނުންނައް އުދަގޫވެދާނެތީކަމައް ވެދާނެބާ.؟

    3
    1
  28. ދަރަނި ދަންތުރަ

    ރައީސް މައުމޫނަށް މަޖިލީހުން ވަޒީފާއެއްދީބަލަ ގުރުއާން ނުބައިކޮން ކިޔަންޏާ ރަނގަޅުކުރަން

  29. ޢަބްދު ﷲ

    ކަލޯ އަވަހަށް ޙާފިޒަކު ހޯދާ ބަލަ . ކަލެޔަށް ތަންދޮރު ނޭގުނަސް ތީބޮޑުވަރު.

  30. ދޮނޭ

    ރަންކޮޅާ މިކަލޭގެ އަނެއްކާވެސް ވޯޓާދިމާކޮށް ކޮންމެވެސް އޮޅުވާލުމެއް މިގެންގުޅެނީ ދެބޯގެރި ދުއްވާނެކަމެއްނެތް ކަލޭގެ ހީލަތް ވަރަށްސާފު

  31. ދުންތަރި

    ކީރިތި ޤުރުއާން ކިޔަވާ އަޑު އިވުނީމާ ސައިތާނާ ބިރުގަންނާނެ އަދި ޤުރުއާނުގެ އަޑާ ދުރަށްޖެހޭނެ ކޮންމެ ހެން ނުބައިކޮށް ކިޔާތީކީނޫން ކަންކުރަންޖެހޭ ގޮތަކީ ނުބައިކޮށްކިޔާކަން އެނގެންޏާ ރަނގަޅުކޮށްދިނުން ކެނެރީގޭ ނަޝީދަކީ އިސްލާޟްދީންދެކެ ކީރީތި ޤުރުއާންދެކެ ބިރުގަންނަ ލާދީނީ މުޖުރިމެއް އެހެންވެ ޤުރުއާނުް ނުކިޔަށް އަންގަނީ ދީނީވާހކަ ނުދައްކަން އަންގަނީ އެހެންވެ ސައިތާނާގެ ހަމަޔާ އުސޫލު

  32. ޖާބެ

    މުސްލިމް ދައުލަތެއް ތޯ ސުވާލުކޮށްލަބަލަ ، ނުބައިކޮން ކިޔަންޏާ މަނިކުފާނު ރަންގަޅުކޮށްދޭން ވީނުން

  33. ޖަޑިބު

    މަޖިލީހުގައި މެމްބަރުން ޤުރްއާނުގެ އާޔަތްތަކާއި އޭގެ މާނަ ކިޔަނީ ނުބައިކޮށް ކަމަށް ނަޝީދަށް އެނގެނީ ކިހިނެއްތޯ؟ ނަޝީދަކީ ޤުރްއާން ހިތުދަސް ޢަރަބިބަސް ދެނެވަޑައިގެން ހުންނެވި ބޭފުޅެއްތޯ؟ މެމްބަރަކު ނުބައިކޮށް ކިޔާފިނަމަ ތިކިއުއްވީ ނުބައިކޮންކަންއަންގާ ރަނގަޅުކޮށްދެއްވުމަށްފަހު ދެން ނުކިޔުމަށް އަންގަވާ. އެހެންނޫނީ ބުނެވޭނީ ހަމަ ޤުރްއާނުގެ އަޑު އިވުމުން ބިރުގަންނަނީއޭ.

  34. ނަޖްވާ

    ލާ ދީނީ މި މަފްހޫމް ބޭނުން ކޮށް އުޅެނީ ސެކުލަރ މި މަފްހޫމްގެ މާނައިގައި! އެއީ އެ ކިޔާ އަލްމާނިއްޔަތު، ނޫނީ ދީނާއި ސިިޔާސީ ނިޒާމު ވަކިކުރުމުގެ ފިކުރު!

  35. ޒައިށަމް

    ނަށީދަށް އިނގޭތަ ގުރުއާން ކިޔަވަން

  36. ވިސްނާ

    ގުުރުއާންގެ އާޔަތްތައް ރަގަޅަށްކިޔެވިއަސް، ނުބައިކޮށްކިޔެވިއަސް ނޭގޭފަރާތަކަށް ކިހިނެތްތޯ އެކިޔެވިގޮތެއްއެގެނީ ނުކިޔަންއެދެނީ މިކަންއެގޭތީކަމުގައިނުބެލަވޭ ނުކިޔަންއެދެނީ ކިޔާއެއްޗެއް
    ނޭގޭހާލު ގުރުއާންގެ އާޔަތްތަކަށް ނަފުރަތުކުރާތީ ކަމަށްބެލެވިދާނެ ކަންކަން މީގެކުރިންވެސް
    ހިންގާފައިވޭ ( ރަސޫލާއަށް،އިސްލާމްދީނަށްހަޖޫޖެހުން ދޮންކުދިންއުޅޭގޮތަށް ( އައުރަނިވާނުކޮށް)
    އުޅުމުން ރަގަޅުވާނެކަމަށް ދެކުން