ހަގީގީ ލީޑަޝީޕަކީ މީހަކު ތަބަކަކަށް ލާފައި ދޭ އެއްޗެއް ނޫން ކަމަށާއި ލީޑަޝިޕް ދެއްކޭނީ ތިމާގެ އަމިއްލަ ހިތްވަރާއި ފަންވަރާ އެކު ބުރަކޮށް މަސައްކަތްކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ނެރެމުން އަންނަ "އައްޑަނަ" މަޖައްލާގައި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މާރިޔާ ލިޔުއްވާފައިވާ ގޮތުގައި އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ކުރިއަރާނީ އަމިއްލައަށް ކުރާ ބުރަ މަސައްކަތުންނާއި ދައްކާ ހުނަރުން ކަމަށެވެ. ވަށައިގެން ބަޔަކު އެހީވެދޭން ތިއްބަސް، ކާމިޔާބީގެ ހަރުގަނޑުން އަރާ މައްޗަށް ދެވޭނީ އަމިއްލަ އަތް ފަޔަށް ލާ ހިތްވަރަކުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކައިރީގައި ތިބި މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު މިންވަރަކީ ހަރުގަނޑުގައި ހިފަހައްޓައިދިނުމެވެ. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައޭ ބުނާ އުސޫލުންނެވެ،" އަންހެނުންގެ ހައްގުގައި މީގެކުރިން އެތައް މަސައްކަތްތަކެއް ކުރެއްވި މާރިޔާ ވިދާޅުވިއެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރު ބިނާކޮށްފައިވަނީ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށްވާ އިރު، ކޮންމެ ކަމެއް އަލަށް ފަށައިގަންނަ އިރު، ވަރަށް އުސް އޮޅިތަކެއް ގިރާ ކުރަންޖެހޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ފިރިހެނުން ގިނަ ތަނަކަށް އައިސް، އަންހެނަކަށްވީތީ "މިވެނި، އެވެނި" ކަމެއް ނުކުރެވޭނެއޭ ބުނުމުގެ ބަދަލުގައި ކެރިގެން ނުކުމެ، ހަމަ ކޮންމެ ކަމެއް ވެސް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމުގެ ޖޯޝާއި ރޫހު ކަށިން ނެރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އަންހެން ސިފައިން އާދަޔާ ޚިލާފު ކުރިއެރުންތަކެއް ޙާސިލްކުރައްވާފައިކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

އެމްއެންޑީއެފްގެ އެންމެ މަތީ ފަޑީގައި ނުވަތަ ލަފާދޭ މަޖިލިހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކްގެ އޮފިސަރުން ތިއްބަވާ އިރު، އެ ދެ އޮފިސަރުންނަކީ ވެސް އަންހެން ބޭފުޅުންނެވެ. އަދި އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައި ވެސް އަންހެން ބޭފުޅުން ތިއްބަވައެވެ.

އިނގިރޭސި ވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަސްޓްގައި ފުރަތަމަ ފަހަރަށް، ދިވެހި އަންހެން އޮފިސަރު ކެޑޭޓަކު މިހާރު ގެންދަނީ ކޮމިޝަނިން ކޯހެއް ފުރިހަމަ ކުރަމުންނެވެ.

އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި އިރު، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި މުހިންމު ރޯލެއް އަދާކުރެއްވި މާރިޔާ ވަނީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި، އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަކަމުގެ ސަގާފަތް ގާއިމްކޮށް، ކުރިއެރުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މާތް ﷲ ކާމިޔާބީ މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވައިފައެވެ.

އަދި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާރިޔާ ވަނީ އަރިސް ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޞިޔާނާ

    ރަގަޅު ވާހަކައެއް! މިއަދު ރާއްޖޭގެ ވެރިކަމުގައި ހުރި މީހާޔާ އޭނަގެ ގިނަ ވަޒީރުންނަކީ ތިޔަބުނާ ލީޑަރޝިޕް ދަންނަ ބައެއް ނޫން! މީގެ އެއް ހެތްކަކީ މި ކުޑަ މީސްކޮޅު މަދު ޤަވްމުގައި ވަކިވަކިން ރަށްތައް އޮތްއިރުވެސް ކޯވިޑު ނައްތާލަން ނޭގިގެން މި އުޅެނީ!

    18
    1
  2. އަދުނާނު

    ޙަޤީޤީ ލީޑަރޝިޕް ތިޔހެރަގޮތުން ވަރަށްސާފުކޮށް ފެނޭއެބަ

    12
    1
  3. ސަމީ

    މިހާރުގެ ރައީސަކީ އެކަހަލަ މީހެއް، ދެ ކިހިލި ފަތުގާ ފިފާފަ ގޮނޑީގަ ބެއިންދީމަ އެ އިންނަނީ.
    ދެން އޮތި އަންހެނުން ބާރުވެރިކުރުމޭ ކިޔައިގެން ދައްކާ ވާހަކަ އެއީވެސްހަމަ އެކަހަލަ ކަމެއް ، ބަލަ ބާރުވެރިކަން އެއީ ބަޔަކު ކުރުވަން ޖެހޭ ކަމެއް ނޫން ޤާނޫނު އަސާސީ އަށް ފައިން އަރާފަ ލަދެއް ނުގަނޭ ޤާނޫނޭ ކިޔާފަ ވާހަކަ ދައްކަން ލަދުކުޑަ

    15
    1
  4. ހުސޭނުބޭ

    ކެކެކެކެކެކެ.......... ހަމަ ހެވެނީ
    ޑިފެންސް މިނިސްޓަރުކަން ދިނީ ހަމަ ތަބަކަކަށް ލާފައި
    ތިއީ ސިފައިންގެ ޕެރޭޑަށް ވަދެ އަވަގުރާނަ ގޮވި މީހެއްނު
    ޤާނޫނު އަސާސީއަށް ފައިން އެރި މީހާ
    ކޮން ލީޑަރޝިޕެއް ހުންނާނީ
    ސިފައިންނަށްވެސް ހުރި ހުތުރެއް

    25
    1
  5. ކޮރަލް

    މާރިޔާ ދެނަމާދު ދޭތެރޭ މީޓިންގް ތައް ނުބާއްވަ ބަލާށެވެ.

  6. ޅަބޭ

    ރަގަޅު ވާހަކައެއް. އެމްޑީޕީގެ ޑިފެންސު މިނިސްޓަރަކައް މިލިޓަރީ ތަޖުރިބާކާރު އިބްރާހިމް ދީދީ އައް ދޭން އެއްކޮއް ނިންމާފައޮވާ، އެމަގާމު ގަދަކަމުން ޖަހައިގަތީ އެއްވެސް ތަޖުރިބާއެއް ކޮޅެއް ބުޑެއް ނޭގޭ މާރިޔާ.

    11
    1
  7. ދރދރ

    ކަމަނާއަށްވެސް ތަބަކަކަށް ލާފައި ދިނީމާ ޕްރޮފެޝަނަލް ލައިފް އާއި ޕާރސަނަލް ލައިފް އޮޅި ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހި ރާއްޖެހިފަން އިންޑިއާ ބޭނުމިއްޔާ ހިފިދާނެއޭ ބުނީވެސް.
    އަދި ދަރި ގޮވަގައިން މީޓިންތަކަށް ދިޔައީވެސް.

  8. ލީޑާރު

    ޢެނގެޔޭ ތިޔައީ މަކަރާ ހީލަތާ ހަތިޔާރުގެ ލީޑަރުންކަން. ޜައްޔިތުން. ޢަތުން ފެލާލަެިގެން ޢުޅޭ ލީޑަރުންކަން.

  9. ނާސިރު ބުނިބަސް އެހިންތަ؟

    ތަބަކަކަ ލާފަ އިންޑިޔާ ސިފައިން ރައްޖެއަ ވައްދަނީނުން ތި

  10. ބިރުން ފިލީއޭ ބުނި

    ދިވެހި ސިފައިންނަށް ކުޑައިމީސް ބަސް ބުނި މީހާ މިހާރު ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރަކަށް.

  11. މުހައްމަދު ޝާހް، ރ.ވާދޫ

    ކަލޭ ތިހިރީ މީހަކު ތަބަކަކަށް ލާފަދިން ލީޑަރޝިޕެއްގަ ނޫންބާ؟ ސައިޒު އޮޅުނީމަ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ. މަޖިލިސް މޭޒުމަށްޗަށް، ގާނޫނުއަސާސީ މައްޗަށް ކޮޅަށް އަރންދާންވީނު؟

  12. ރާފިޢު

    ކަލޭ ލީޑަރޝިޕް ދައްކާދީފި ކިތަންމެ ރަނގަޅަކަށްވެސް މަޖިލިސްކުރާ ގޭތެރޭ ޤަނޫނީ އަސާސީ މައްޗަށް ކޮޅަށް އަރައިގެން.