ވަޓްސް އެޕް ގްރޫޕެއްގައި ބޭއަދަބީ ބަސް ބޭނުން ކުރެއްވުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް މަޖިލީހުން ފިޔަވަޅު އަޅުއްވައިފިއެވެ.

މޮސްޓާއަށް ފިޔަވަޅުއަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސް އެޕް ގްރޫޕްގައި ބޭއަދަބީ ބަހުން މުހާތަބުކުރެއްވުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، އެމްޑީޕީގެ ބައެއް މެންބަރުންނަށް އަމާޒުކޮށް އަދަބު ކުޑަކޮށް މުހާތަބު ކުރައްވާފައިވާ ކަމަށް ބުނެ އެއިދާރާއިން ވަނީ އެފަދަ ކަމެއް ނުކުރުމަށް މެމްބަރުގެ އަރިހުގައި ނަސޭހަތްތެރިވެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އަބުރާއި ކަރާމާތާއި ޝަރަފު ދެމެހެއްޓުމަށްޓަކާ މޮސްޓާއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. ލިޔުމުން ނަސޭހަތްތެރިވުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

"މަޖިލީގުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ނޮޅިވަރަމް ދާްއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނަޝީދަށް ނަސޭހަތްތެރިވަން. އަދި އެ ލިޔުން އަޅުގަނޑު މެމްބަރަށް ފޮނުވާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް އަބަދުވެސްް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަމަށެވެ. އަދި ގަވާއިދުގެ ރޫޙަށް މަޖިލީހުގެ މެންބަރުންް އަބަދުވެސް އިހްތިރާމުކުރަންވާނެކަމަށްވެސް ވެއެވެ.

މި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާާއިރާގެ މެންބަރު އަލީ އާޒިމެވެ. އޭނާ އެ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އާއި ބައެއް މެންބަރުންނަށް ނިސްބަތްވާ ގޮތަށް މެންބަރު ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އަވަގުރާނަ ވިދާޅުވެފައިވާ ކަމަށެވެ.

މޮސްޓާ އަކީ މަޖިލިސް ޖަލްސާތަކުގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީ މެންބަރުންނަށް ވަރަށް ސީދަލަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޞިޔާނާ

    ބަލަގަ މަޖްލިސްގެ ގޮނޑިތައް ބޯމައްޗަށްއުފުލާ ވައިރުތައް އުފުރާ މޭޒްތައްމައްޗަށް ކޮއްޅަށްއަރާ ރިޔާސަތުގެ ގޮނޑި ބޭރަށް ނެރުނުއިރު ކަލޭވެސް ހުރިންދޯ؟

    34
    1
  2. ޜޯނު

    މޮންސްޓަރ އަކީ ވަރަށް ގުރުއާނާއި ސުންނަތް މަތިވެރި ކުރި ސޯލިހު މީހެއް. ތައައްޔަރު ނުވާހިތެއް މިބިމުން ހޯދޭނީ ފަހެ ކިހިނެތްތޯ.

    16
    2
    • ނައި

      މޮންސްޓަރއަށް ކޮން ގުރުއާނެއް އެނގޭނި؟؟ އޭނާ ކިޔެވުން ނިންމި ސުކޫލެއް ކިޔެވި އެދުރު ގެއެއް މި ރާއްޖެއަކު ނެތް؟؟ ކުރިގާ ވެސް ކަމަކީ ހަލުރު ވިއްކުމާ ގަލޮޅު ދަނޑުގަ ސިޑިތައް މަތީ އަވަގުރާނަ ގޮވަމުން ދުވުން.. މިވަރު މީހަކު މާ މޮޅުކޮށްގެން މާތްކޮށްގެން ޝެއި ހުންނޭ ނިޝާނުންނޭ ކިޔާ މުނާފިގު ފިތުނަ ވެރިން މިއުޅެނީ

  3. މަނީމަނީ

    މޯނސްޓާރ އައުގުރާނަ ގޮވަނީ ގޮތްހުސްވީމަ

    2
    4
  4. އިންސާފު

    ދެން އިއްޒައްތެރި ކާށިދޫ ދާއިރާގެ މެންބަރު ކިޔަނީ ކޯއްޗެއްތޯ؟

    15
  5. އައްބެ

    ރައީސް ވަހީދު، އަދި ރައީސް ޔާމީންގެ ރިޔާސީ ބަޔާން އިއްވާއިރު މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުން މާރާމާރީ ހިންގައި އަވަގުރާނަގޮވުން އެއީ އަދަބީ ކަމަކީތޯ؟ އަދި އިހައްދުވަހު ރައީސް އިބްރާހިމްގެ ރިޔާސީ ބަޔާން އިއްވިއިރު މެންބަރު ޖާބިރު މަޖިލީހުގައި ބަލާޣާތްތެރިކޮށް އަވަގުރާނަ ގޮވައި އެމްޑީޕީ މެންބަރުން ގަޔަށް އަތްލީއިރު އެއީތޯ މަޖިލީހުގެ ކަރާމާތަކީ؟ އަދި މަޖިލީހުގެ ނައިބު ރައީސް މެންބަރަކަށް ފައިންޕުޅުން ހަމަލާދިން ވީޑިޔޯއެއް ފެނިގެންދިޔައިރު މިފަދަ އެއްވެސް ކަމަކަށް ލިޔުމުން ނަސޭހަތްނުދެވުނީ ކީއްވެތޯ؟ މަޖިލީހުގެ ރައީސް ކެބިނެޓް މިނިސްޓަރުންނަށް އެއްވެސް އިޙްތިރާމެއްނެތި ހަޅޭއްފުޅު ލައްވައި ޖަދަލުކުރުން އެއީތޯ މަޖިލީހުގެ ކަރާމާތަކީ؟

    20
  6. ކެލާ އާރިފް

    ތީވަރަށްބޮޑައް ބޮލުރޮދި ކެނޑިފަހުރިމީހެއް، މީހުންގެ ސަމާލުކަންހޯދުމައް އޭނައެއުޅެނީ ކޮށްފަނުކުރާނެކަމެއްނެތިގެން، ލަވަޔާ މިޔުޒިކާ ދެކޮޅައް ވާހަކަ ދެއްކިއިރު މީނަގެ ކެމްޕެއިންގަވަނީ ލަވަޖަހާނަށާ ހަދާފަ،

    7
    13
  7. ޓިނު ޔުނިވާސިޓީ

    އަވަގުރާނަ ޕްރޮފެސަރ އަދުރޭގެ ދަރިވަރެއް..

    5
    17
  8. ކުރިމަގު

    ތިމައްސަލަ ހުށައެޅީ ތި އެކަމަށް އެންމެ ކުފޫ ހަމަ ވެގެން ވަަ މީހާ. ބޯ ހަލާކު، އެ ކަލޭގެ ދުންމާރި ހިފައިގެން މުޅި މަޖްލިސް ތެރޭގައި ތެޅި ބޭލިތަން މުޅި ރާއްޖޭގެ އެންމެނަށް ފެނިފަ ހުންނާނީ. އެވެސް މަޖްލީހުގެ ޙުރުމަތް އެ ބައިގަނޑަށް

    11
  9. ދަރަނި ދަންތުރަ

    އަވަގުރާނަ ނުގޮވަންޏާ ހެޔޮދޯ ، ކީރިތިގުރުއާނުގެ އަޑު އިވުނީމަ ނަސީދުގެ ދެކަންފަތުން ދިލަނެގިޔަސް ހެޔޮތޯ ނަސީދަކީ އިސްލާމެއްބާ ؟

    12