ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އަންހެން މެންބަރުން ޖައްސަވަމުން ގެންދަވާ "ދެފުށްކެހެރި ޓޭޕް" ދެން ނުހިނގާނެ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް އެކި ގޮތް ގޮތުން ލިބެމުންދާ އަނިޔާއަށް މި ސަރުކާރުން އަޅާ ނުލާ ކަމަށެވެ. އަދި ޖިންސީ ކުށް ކުރާ މީހުންނަށް ސަރުކާރުގެ ހިމާޔަތް ލިބިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ރޯޔަލް ކޭސްތައް ހިންދާލީ، ޖިންސީ ކުށް ކުރާ މީހުންނަށް ސަރުކާރުގެ ހިމާޔަތް ލިބޭ، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ އަންހެން މެންބަރުން ތިޔަ ޖައްސަވާ ދެ ފުށްކެހެރި ޓޭޕް ދެން ނުހިނގާނެ،" ޑރ. ޖަމީލް ލިޔުއްވާފައިވެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރެއް ދެއްވާފައިވަނިކޮށެވެ. މިއީ އަންހެނުންގެ ދުވަހާ ދިމާކޮށް ރައްޔިތުންގެ މަޖިލިހުގައި ފުރަތަމަ ފަހަރަށް ކުރި ކަމެކެވެ.

ޖަމީލް އިޝާރާތް ކުރެއްވި އެއް މައްސަލައަކީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލާގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިކަލުންނަށް ދައުވާ އުފުލާފައިވެއެވެ.

އޭގެ ފަހުގައި އޭނާ އިޝާރާތް ކުރެއްވި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކޮށްފައިވާ އަލީ ވަހީދު ފުރުވާލި މައްސަލައަށެވެ. އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވަނިކޮށް މިދިޔަ މަހުގެ ނުވަވަނަ ދުވަހު ފުރައިގެން ދިޔައީ އޭނާ ފުރުން މަނާކޮށްފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރުމާ ގުޅިގެނެވެ. ދައުލަތުގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރީ ވެސް އަލީ ވަހީދު ފުރި ފަހުނެވެ. އެހެންވެގެން އެ މައްސަލާގައި ދައުލަތަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ އަންހެން މެންބަރުންނަށް ޖަމީލްގެ ބަހުގެ ހަމަލާތަކެއް ދެއްވިއިރު، ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުންނަށް ތިއްބެވީ ވެސް އެމްޑީޕީގެ ހަތަރު މެންބަރުންނެވެ. އެއީ މެންބަރު ޖީހާންގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުރާދުބޭ

    އަންހެނުންނަކީ އެއްވެސް ޒަމާނެއްގައި ވަކިއަނިޔާތަކެއް ލިބެމުންދާ ބައެއްނޫން. މިދެކެވެނީ އެއްވާހަކައެއް ތަފާތު ރަހަލައްވައިގެން. އަންހެންވެރީން ފިިރިމީހާ ދޫކޮށްލައި ގޮސް އެހެންފިރިހެނުން ޖަމާވާ އެކިތަންތަނުގައި އެމީހުންނާ ގައިގޯޅިވެ ތިބެގެން ފޮޓޯނަގައި ސެލްފީނަގައި ބައްދައިގަނެ މިފަދަކަންތައް ކުރުމަކީ އިސްލާމީ މުޖްތަމަޢެއްގައި ހިގައިގެން ވާނެ ކަމެއްނޫން. މިފަދަކަންތައްކޮށްލައްވާ އަންހެންކަނބަލުން ގެއަށް ވަޑައިގެންވެސް އަވަދި ނެތި ދަރިފުޅުއަތުގައި ހިފައިލައިގެން ގޮަސް އޯގާތެރިކަމާއެކު ކާންދޭނެ ވަގުތެއްވެސް ނުވޭ! ގެއަށް ވަޑައިގެން މިއުޅުއްވަނީ ކޮންމެވެސް ފިރިހެނެއްގެ ފޯނުގައި ބިޒީވެގެން. އެއީ އޮފީހުން ގުޅިފޯނުކޯ ބޮސްގެ ފޯނެކޯ. ދަރިފުޅުގޮވައިގެން އަނެއްކާވެސް ބައްޕަގޮސް ކާންދޭންވީ. ދެން އަންހެންކަނބަލުންނަށް ގޭގައި ކައްކާއިގެން ކާކަށް ނުކުރޭ! ބޭރަށް ވަޑައިގެން ފަރިއްކުޅުއްވާނީ. އެތަނުން ނިމިވަޑައިގަންނަވާނި އެހަތަރުވަރަކަށް ސިނގިރޭޓް ހިއްޕެވުމަށްފަހު. މިރިވެތި ދިރިއުޅުން އަންހެންކަނބަލުންގެ އޮތީ މިކަންތަކަށް ފިރިމީހާޔަށް ކެތްކުރެވޭނެތޯ. އެއްޗެކޭބުނެފިއްޔާ މިކަނބަލުންގެ ޙައްޤަށް އަރައިގަތީ. އަންހެންވެރީންގެ ޒީނަތްތެރިކަމަކީ ކޮބައިކަން ނޫރުސޫރަތުގައި ﷲގެ ވަހީބަސްފުޅުން މިކަންތަކަކީ އެކަނބަލުންގެ ޙައްޤުކަމުގައި މާނަނުކުރެވޭ! ހެނދުނު ހޭލެވިގެން ދަތްއުގުޅާނެ ވަގުތެއްނުވޭ މޫނުގައި އެތަކެއްޗެއްހަކައިގެން ނައްޓާލާނެ އޮފީހަށް ލޯކަޅުއައިނުއަޅައިގެން. މިއީ އަންހެންވެރިން. މުޖުތަމަޢުގެ 70 އިން ސައްތަ އަންހެންކަނބަލުންނަކީ މިގޮތަށް އުޅުއްވާކަނބަލުން. އެކަމަކު މީހެއްގެ ޢިއްފަތްތެރި އަންހެންކުއްޖަކު ހޭބަލިކޮށްގެން އެކުއްޖާޔާ ބެހިގެން ޢިއްފަތްނެގީމާ މިއަންހެންކަބަލުންގެ އަޑެއްނީވޭ. މިކަމާވެސް ދުވާނީ އެބައްޕާ. ކޮންފަދައަކުން ތިބި އަންހެނުންތަކެއް.

  2. އަހްމަދު އަހްދާ

    އިސްލާމް ދީނުން ދީފައިވާ ގަދަރާއި އިއްޒަތް އަމިއްލައަށް ނިގުޅައިގަނެގެން ތިއްބެވީ ، އަޚްލާްޤް ވަރަށް ދަށް ތިޔަ އަންހެން މެންބަރުންގެ ، އެރޮގުން ވަކި ފިރިހެނުންނަކަށް ދުލެއް ނުކުރޭ

    17
    1