ސަރުކާރުން ފެންނަނީ ސިކުނޑީގެ މައްޗަށް ޖަޒުބާތު އިސް ކުރާ ތަން ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެއެވެ.

ދިޔާނާ އެގޮތަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެެ ދަށުގައި އޮންނަ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައްވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަން ރައީސް ސޯލިހު އިއުލާނު ކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި ނިންމުމަށް ފާޑު ވިދާޅުވަމުން ދިޔާނާ ވަނީ އެއީ ސިކުންޑީގެ މައްޗަށް ޖަޒްބާތު އިސްކުރުމުން ވީކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އަދި އާއިލާގެ މީހުންނަށާއި ގާތްތިމާގެ މީހުންނަށް ސަރުކާރުގެ އިސް މަގާމުތައް ދިނުމަށް ޖާގަ ދެއްވީ ކޮން ބޭފުޅެއްތޯ އެކަމަނާ ވަނީ ރައީސް ސޯލިހާ ސުވާލުކުރައްވާފައެވެ.

"ސިކުނޑީގެ މައްޗަށް ޖަޒުބާތު އިސްކުރީމަ ވާނީ ތިޔަހެން. އާއިލީ ތަފާތު ކުރުމުގެ މަައްޗަށް ސަރުކާރުން ރާވައިގެން ޖާގަ ދެއްވީ ކޮން ބޭފުޅެއްތޯ"

ދިޔާނާ މިހެން ވިދާޅުވެފައިވާއިރު، ޓްރާންޕޯޓް މިިނިސްޓްރަކަށް ހުންނެވީ ކޯލިޝަން ސަރުކާރުގެ ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް ސޯލިހްވެސް ވަނީ ޓްރާސްޕޯޓް މިނިސްޓްރީއާއި އެ އޮތޯރަޓީގެ މަސައްކަތްތައް ލަސްވުމާއި އޭގެ އިތުރުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.