ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް މާސްކް އެޅުން ފަދަ އަމުރުތައް ހިންގައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވެއްޖެއެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް އާއިލާ ކައިރިއަށް ނުދެވޭތީ އެކަން ހައްލުކޮށް ދިނުމަށް ގޮވާލައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފް (ސެންބެ) ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ބައެއް ފަތުރުވެރިން މާސްކް ނޭޅުމާއި ކަރަންޓީން ވުމުގެ އުސޫލުތަކަށް އަމަލު ކުރަން ނުޖެހޭ ކަން އެ މައްސަލައިގައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ސެންބެގެ މައްސަލާގައި ހިމެނޭ އެ ވާހަކަތަކަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަތައް އޭނާ ކުށްވެރިކުރައްވައެވެ. އަދި ފަތުރުވެރިން މާސްކް އަޅަން އެންގުން ފަދަ ކަންކަމަކީ ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ޓޫރިސްޓުން މާސްކު އަޅަން އަންގައިގެން ނުވާނެ، ޓޫރިޒަމް ފުނޑުފުނޑުވާފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެރަވާނެ ފަދަ އެއްވެސް ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނުކުރާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާނީ ބަލިމަޑުކަމުގެ ހާލަތު ކޮންޓްރޯލް ކުރުމަށާއި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަގީގަތް

    ފަތުރުވެރިން ވިއްޔާ އޯކޭ ރައްޔިތުން ވިއްޔާ ވިޔަފާރިރަށް ފުޑުނަސް. ފަތުރުވެރިކަން ދަށްވެދާނެތީ

    17
  2. މޯޑް

    މަ ވޯޓާ ޝަރީފް އިސްތިއުފާ ދެއްވާ އަވަހަށް. ރައްޔިތުން ބޭނުމެއް ނުވޭ ދޮންމީހުންގެ ގައިން ދިވެހިންގެ ގަޔަށް ކޮރޯނާ އަރާކަށެއް.

    • Anonymous

      ދެރަކަމަކީ މިކަހަލަ ހިޔަޅުންނަށް ވޯޓުދީ ހޮވާފައި ތިބޭތީ...

  3. ފިކުރު

    މިފަދަ ބަލިމަޑު ކަމެއްގަ އިންސާނުންގެ މެދުގަ ހަމަހަމަ
    ކަން ބަހައްޓަން ޖެހޭނެ
    އެމީހުން ކެއްސާ ކިބިހި އަޅާތަންތަނުގަ އަހަރެމެން އަތް ލަންވީތޯ

  4. އަސްލޭ

    މީނަގެ ދަރިންނަށް ސަރުކާރުން ނުހައްގުން ވަޒީފާ ދިނަސް ރިޒޯޓް ތަކުވެސް މަސައްކަތް ކުރަނީ ދިވެހި މަންމައަކާ ބައްޕައެއްގެ ދަރިން. އެ މައިން ބަފައިން ބޭނުމެއްނުވާނެ އެމީހުންގެ ދަރިން ރިސްކަށްލާކަށް. ވޯޓްދޭއިރު ވިސްނާލަންޖެހޭ މިހާ އަމިއްލައެދުންބޮޑު މީހުނަށް!

  5. Anonymous

    އާއްޑޫ ވަގެއް