ކޮވިޑް-19 އަކީ ރައްޔިތުންނަށް ބަލިމަޑުކަމަކަށްވި ނަމަވެސް ސަރުކާރަށް ވެފައި ވަނީ އީދަކަށް ކަމަށް ރައްޔިތުންގެެ މަޖިލީހުގެެ ނައިފަރު ދާއިރާގެ މެެންބަރު އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިސޯޓުތަކުގެ މުވައްޒަފުން އާއިލާތަކާއި ބައްދަލުނުކުރެވި ރިސޯޓުތަކުގައި ތާށިވެފައި ތިބޭ މައްސަަލައާ ގުުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެެޅުއްވެެވި މައްސަލައަށް ބަހުުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ކޮވިޑް-19 ގެެ ބަލިމަޑުކަމަކީ ސަރުކާރަށް ކޮރަޕްޝަނާއި ވައްކަން ހިންގުމަށް ލިބުނު ފުރުސަތެެއް ކަމަށެވެެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވަމީީ އަންހެނުންގެ ދުވަަހަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ރައްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރަނީ އެންމެ 13 އިންސައްތަ އަންހެނުން ކަމަށާއި، އޭގެ ތެރޭގައި ހިމެެނެނީ ތިން އިންސައްތަ ދިވެެހިން ކަމަށް ވިިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެެފައެވެެ.
އަދި ރިސޯޓުތަކުގައި ވެެކްސިން ދިނުމުގެެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި އެކަން އެންމެ ފުރިހަމައަށް ނުކުރާކަން ފާހަގަކޮށް އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުުވުން ފާޅު ކުރައްވައިފައެވެ. އަދި ފަތުރުވެރިންނަށް ރަށް ރަށަށް ދެވޭ އިރު ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ފުުރުސަތު ނޯންނަކަން އޭނާ ފާހަގަކުރެެއްވިއެވެ.
އެހެންވެދޯ ބަލިޖައްސަން ވެގެން މަގުތަކައް އެއްވަނީ
ވެރިންނަށް ޖީބުތަށް ފުރާލަން ލިބުނު ރަގަޅު ފުރުސަތެއް.-😂
ކަލޭމެން ފަސްއަހަރު ކުރީ ވައްކަން .
މީދެން ކިހާ ދެރަވެ އްޖެ ކަމެ އް.
މިފަސްއަހަރު މިކުރަނީ އަތްކަންދޯ! ކުރީސަރުކާރުގައި ކުރިކަމެއް ކުރީ އަދީބު ކިޔާމީހަކު ، އެފައިސާ ހަރަދުކުރީ މިސަރުކާރު ގެންނަން. މިިފާއިތުވި ތިންއަހަރު ޤައުމުގެ ހުރިނަމަ ހުރި މިނިސްޓްރީތަކަކުން ފެންނަނީ ވައްކަމާއި ކޮރަޕްޝަން . އަދިވެސް އެހެން ބައެއްގެ ބޮލުގަދޯ ތިއަޅުވަނީ ބޮކި.
ސަރުކާރަށް ާ ޢީދަކަށް ކޮވިޑު ވެގެނެ އްނޫޅޭ އެކަމަކު ޝިޔާމުމެން ތިޔަ އުޅު އްވަނީ އެކަން ޢީދަކަށް ހަ އްދަވަ އިގެން..... ާ. މިކޮމަންޓު ޖަހާނެބާ