މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ ސިޔާސީ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވިދާޅުވެވިއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމަށް ކައުންސިލްގެ ގޮނޑިތަކެއް އަންހެނުންނަށް ޚާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެވުނީ އެމްޑީޕީގެ އިތުރުން މަޖިލީހުގައި ތިއްބެވި އެހެން ސިޔާސީ ޕާޓީތަކުގެ ވެސް ބައިވެރިވުމާ އެކީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ޕީޕީއެމްއާއި ޕީއެންސީއާއި ޖުމްހޫރީ ޕާޓީއެވެ. ދެން އެމަނިކުފާނު ވިދާޅުވީ އެމްޑީއެންއެވެ.

ރައީސް ނަޝީދަށް އެމްޑީއެން ވިދާޅުވެވުމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ އެމްޑީއެން ޖަމިއްޔާގެ ނަން ރައީސް ނަޝީދު ވިދާޅުވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޝިޔާމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިދަޅުވާން އުޅުއްވީ "އެމްޑީއޭ" ކަމަށެވެ. އެކަމަކު "އޭ" ގެ ބަދަލުގައި އޮޅިވަޑައިގެން "އެން" ވިދާޅުވެވި "އެމްޑީއެން" ކިޔުއްވުނީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެ އޭ އަކުރާއި އެންއަކުރާއި އަޅުގަނޑު އަތުން ކައްސާލައިގެން ދިޔަ ކަމަށް ޓަކައި އިންތިހާއަށް މައާފު ކޮށްދެއްވާ. އަދި ޔައުމިއްޔާއިންވެސް އެބައި ބަދަލުކޮށްދިނުމަށް އަމީންއާމް އަރިހުންވެސް އެދެން. އަދި ޔައުމިއްޔާ ފާސްވެގެން ދާއިރުވެސް އެ ކަމަށް ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު [ޝިޔާމް] ސަމާލުވެގެން ހުންނެވުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެން އުވާލި ނަމަވެސް އެ ޖަމިއްޔާގެ ހަރަކާތްތައް އަދިވެސް ކުރިއަށްދާ ކަމަށް ބެލެވެއެވެ. އެ ޖަމިއްޔާގެ އެ ރިޕޯޓް ނެރުުނު ބައެއް މީހުން މިހާރު ސިޔާސީ ހިމާޔަތް ހޯދައިގެން ބޭރު ގައުމުތަކުގައި ތިބި ކަމަށްވެއެވެ. އެމްޑީއެން ޖަމިއްޔާގެ އިސް މީހުނަށް ފިޔަވަޅު ނޭޅި ލަސްވަމުންދާތީވެ ވަރަށް ގިނަ މީހުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑަބިޔާ

    އެލެކްސް އަށް ނޭންގޭ ސިއާސީ ފާޓީއަކަށް ވަަނީ ކިހިނެއްކަމެއްވެސް. ސިއާސީ ފާޓީއަކީ ވަކި ވަރަކަށް މީހުން ތިބެންޖެހޭ ސިއާސީ ފާޓީއެއްގެ ގޮތުގަ ރަޖިސްޓްރީ ކޮއްފައިވާ ޕާޓީ އަކަށް ވާންޖެހޭނެކަން. މިސޮރު ކިޔާފާނެ ކޮންމެ އެއްޗެއްވެސް. މީނަޔޯ ފާޓީ ނިޒާމް ގާއިމްކުރީ ރާއްޖޭގަ އެކަމަކު ވާނުވާނޭންގޭ މީހަކު މިނޫނީ ނުދެކެން

    14
    1
    • ﷲ އަކްބަރް

      އެސޮރަށްވުރެ ބޮޑަށް ސެކިއުލާ ޑިމޮކްރަސީ އިނގޭ މީހަކު ނުހުންނާނެ.

  2. މަބޭ

    އަބަދު ހަމައިގަނުހުންނަ ބޭފުޅަކައް ކުރެވޭނީވެސް ހުސްގަޅި ކަންކަނަް

    12
  3. ދުންތަރި

    ކެނެރީ މަޖިލީހުގެ ރައީސް އެވިދާޅުވީ ހެޔޮކޮށް އޮޅިގެންނަމަވެސް ރަނގަޅުއެއްޗެއް އެ ބުނެވުނީ އެމްޑީއެންއަކީ ލާދީނީ އެމްޑީޕީގެ ގުނަވަނެއް އެހެންވީމާ އެވާނީއެމްޑީޕއަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތިޔަކަހަލަ ލާދީނީ ރޯނު އެދުރުން އެމީހުންގެ އަނގައި ފަލީހަތްވާނެ

    13
  4. އަނިޔާ ވެރި ފަތިސް

    ބު އްޅަބެ އަށް އޮޅިގެން ވެސް ރަގަޅު ވާހަކަ އެއ އް ބުނެވި އްޖެ.

    9
    1
  5. ވިހަ ދޫ

    ނަށީދު އާޔަތްތައް ނުބަެިކޮށް ކިޔަނީޔޭ ކިޔާފަ މަޖްލިސް ގަ ގުރުއާނުގެ އާޔަތްތައް ކިޔުން މަނާކުރެ.

    ޢިންސާފަށް ވާނީ އެހެންވީމަ ނަށީދަށް ޕާޓީތަކުގެ ނަންތައް ނުބައިކޮށް ކިޔޭތީ ނަށީދަށް އެއްވެސް ސިޔާސީ ޕާޓީއަކާ ބެހޭ ވާހަކައެއް ދެއްކުން މަނާކުރީމަ.

    ލާދީނީ ބުއްޅަބޭ އައުޓް

  6. Anonymous

    ރައްޔިތުން ނުކުމެ ނިވެރިކަން އަޒްލުކުރަން ވެއްޖެ

    14
  7. ދަރަނި ދަންތުރަ

    ނަސީދަކީ ހަމަ ފައްކާ ލާދީނީ ހިޔަޅެއް

    16
  8. ހިވާ

    ގަސްތުގަ ކަނޑައެޅިގެނަ

    3
    1