އެއްވެސް ފަރާތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުގެ ބޭރުން ކެމްޕޭން ކުރުމުގެ ފުރުސަތު ދީފައި ނުވާނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

މައިމޫނާ މިހެން ކައުންސިލު އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސާތަކުގެ ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.

މައިމޫނާ ވިދާޅުވީ، ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނި ނަމަވެސް އެއްވެސް ފަރާތަކަށް އެޗްޕީއޭގެ އުސޫލުގެ ބޭރުން ކެމްޕޭން ކުރުމުގެ ފުރުސަތު ދީފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ކޮމިޓީގެ މެމްބަރުންނާއި އީސީގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، އިންތިހާބަށް ހާއްސަ ގޮތްތަކެއް ހަމަޖެހޭތޯ ބަައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެސް ހާއްސަ ގޮތްތަކެއް އިތުރަށް ބަލާނަން މިކަމުގައި ތި ހުށަހެޅުއްވި ގޮތްތަކަށް" މިއަދު ކުރިޔަށް ދިޔަ ކޮމިޓީ ނިންމާލަމުން މައިމޫނާ ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީއިން ނިންމީ އީސީއާ އެޗްޕީއޭ ގުޅިގެން ލުއިތަކާއެކު އިންތިހާބަށް އާއުސޫލެއް އެކުލަވާލުމަށެވެ. އަދި އެ އުސޫލެއް މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ކޮމިޓީއާ ހިއްސާކުރެއްވުމަށެވެ.

ގާނޫނު ބުނާ ގޮތުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހެއެވެ. އަދި އެންމެ މަދުވެގެން 28 ދުވަސް އެކަމަށް ދޭން ޖެހެއެވެ. މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން، އިންތިހާބު ބޭއްވުމަށް މިހާރު އިއުލާންކޮށްފައިވާ މުއްދަތާ ދެމެދު އޮންނާނީ 28 ދުވަހެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެނެވެ. ދެން މި އަހަރުގެ މާޗު މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުގެ ވަގުތީ ގާނޫނު އޮތުމުން އެ ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވެއެވެ. ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުން މިހާރު ނިންމާފައި އޮތީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަތީފާ

    ގައު މު ހިންގަނީ މިދައިތަ ގަނޑު

  2. ޭމައިމޫނާ

    މައިމޫނާ ކިޔަވައިފައި ހުރީ ކޮން ރޮނގަކުން ކޮން ފެންވަރަކަށްތޯ ކޮންމެސް ކުއްޖެއް ބުނެދީބަ

  3. މާމީ

    ޕަޕެޓު ދައިތަ ގަޑެއް..

  4. އަލީ

    ކޮވިޑު ބަހާ މޮޔަމޫނާ މީނަދޭ ޚާއަސަ ހުދައިން ކޮވިޑު ނާރާކަމައްވަނީ...