މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް ހެލެތް މިނިސްޓަރ ކެރެފާ އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ނަސީމް މިގޮތަށް ހާމަކުރައްވާފައި ވަނީ އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، ކޮވިޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުގައި ދެމުންގެންދާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެހެންކަމުން މިހާރު ދެވަނަ ޑޯޒް ޖަހަން ޖެހޭ ކަމަށެވެ.

"އެއީ ދެ ޑޯޒް ޖެހިގެން ނޫނިއްޔާ، އެކީ އެކައްޗަކަށް މިއިން ސަލާމަތް ވުމުގެ ރައްކާތެރިވުމުގެ ބައި ފުރިހަމައެއް ނުކުރެވޭނެ". ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މާލެ ސަރަހައްދުގައި މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މެދުކަނޑާލައި، ދެވަނަ ޑޯޒް އެ ދުވަހު ފަށާނެ ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ދެމުން ގެންދަނީ އިންޑިއާއިން ތައްޔާރުކޮށްފައިވާ އޮކްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންއެވެ. މި ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ލިބި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަބުލޮ.

    ބަލަ އޭ ކެރަފާ ނަސީމޫ ކަލޭމެން ތިކިޔާ ކޮވިޑެއް ރާއްޖޭގައި ނެތް ކޮވިޑުގެ ނަމުގައި ބޮޑެތި ޖަރީމާތައް ތިހިންގަނީ ވެރިކަން ދިފާއުކުރަން ކުއްލިހާލަތުގައި މިހާރު 1 އަހަރު މިވީ. ތި ވެކްސިން ޖަހައިގެން މިއުޅެނީ ނުތެދުވިގެން މުޅިގައިގަ ރިއްސާތީ. އަޅާވޭން މާބޮޑު ވެކްސިނަކޯ. ހަމަ އާދައިގެ ރޯގާއެއް އެއީ މިހާރު

    6
    3