މާލޭގެ ސޯސަން މަގުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓަށް ފަހު ސައިކަލު ދުއްވަން އިން މީހާ ފިލަން އުޅެނިކޮށް ހިފަހައްޓައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑީއޯއަކުން ފެންނަ ގޮތުގައި ސައިކަލު ދުއްވަން ހުރި މީހާ ސައިކަލުން ދުއްވާލަން އުޅެނިކޮށް ހިފަހައްޓާފައިވަނީ ޕިކަޕު ދުއްވަން ހުރި މީހާއެވެ.

އޭނާ ތަކުރާރުކޮށް ދުއްވަން މަސައްކަތް ކުރުމުންވެސް އެ މީހާ ވަނީ އޭނާ ދޫކޮށް ނުލާފައެވެ. އޭގެ ފަހުން ފުލުހުންގެ ބޭފުޅަކު އެ ސަރަހައްދަށް ގޮސް ވެގެން އުޅޭ ގޮތް ސާފު ކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް އަދި ހާދިސާގައި މީހަކަށް އަނިޔާވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފު ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިޔު

    އިންޑިޔާ ހިސާބު މީހަކާ ވައްތަރު.

    18
    1
    • ސޯބެ

      ކޮން ޤައުމެއްގެ މީހެއްބާ؟؟

      13
  2. ސަބީނާ

    ތީދިވެއްސެއް، އެކަމް ފޮޓޯ ފުސް ކޮއްލާފަ ބެހެއްޓުން ކަންނޭނގެ ރަނގަޅުގޮތަކީ

    5
    1
  3. ކޮރަލް

    ޕިކްޕް ޑްރައިވަރު ހިއްވަރު ގަދަ އެވެ.

    7
    2
  4. އިބިލީސް

    ތި ކުދި ޕިކަޕް ދުއްވާ މީވުން އަދި ހަނާވާނެ. ހިތަށް އެރިގޮތަކަށް ރޮއްޖެހެން ޕިކަޕް ދުއްވަނީ. އަދިވެސް ޖެހޭ މީހުން ގޯސްވެގެން މިއުޅެނީ

    1
    1
  5. ފިނޑިމީހާ

    ހިފަހައްޓާނީ ކަރުގައެއްނޫން ތީމާރާމާރީ ހިންގުން ތިޔަޑުރައިވަރު ފުރަތަމަ ހައްޔަރުކޮއްފަ މައްސަލަބަލަންޖެހޭނީ

    3
    1