ޖެންޑާ މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި އައިޝަތު މުހައްމަދު ދީދީ މަގާމުން ވަކިކޮށް، އެ ވުޒާރާ ހިންގުން އެމްޑީޕީގެ ބޭފުޅަކާއި ހަވާލު ކުރުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރުކަމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް އައިޝަތު އައްޔަން ކުރެއްވީ ފެބްރުއަރީ އެއް ވަނަ ދުވަހުއެވެ. ކުރިން އެ މަގާމުގައި ހުރި ޝިދާތާ އިސްތިއުފާ ދެއްވީ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ނުކުޅެދިފައިވާ ކަމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވެފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން ހަރުދަނާ ކުރުމަށްޓަކައި ހުށަހަޅި ޤަރާރުގެ ބަހުސްގައި ޝާހިދު ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ މަސައްކަތަކީ ވަރަށް ކުޅަދާނަ މީހަކަށް ނޫނިއްޔާ ނުކުރެވޭނެ ބޮޑު މަސައްކަތެއް ކަމަަށެވެ. އެހެންކަމުން އެ މިނިސްޓްރީ ހިންގުމަށް އެމްޑީޕީގެ ވަޒީރަކާއި ހަވާލު ކުރުމަށް އޭނާ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އެ މިނިސްޓްރީ މިހާރު ހަވަލު ކުރަން އެމްޑިޕީ މެންބަރަކާއި، އެމްޑީޕީގެ ވަޒީރަކާއި".ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެމްޑީޕީ ވަޒީރަކާއި އެ މިނިސްޓްރީ ހަވާލު ކުރެއްވުމުން މިހާރަށްވުރެ މާ ފުރިހަމައަށް މި ސޮސައިޓީއަށް އެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މިހާރުގެ ޖެންޑާ މިނިސްޓަރ އެމްޑީޕީއާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، ވަރަށް ބޮޑަށް އެ ޕާޓީއާ ތަފާތު ކުރުން މިނިސްޓަރ ގެންގުޅުއްވާ ކަަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

"އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ، ކުރިއަށް އޮތްތަނުގައިވެސް އެ ކަމަނާގެ މަސައްކަތްތައް އެގޮތަށް ގެންދަވާނެހެން، އެހެން ވަޒީރަކު މިތަނަށް ލިބިއްޖެނަމަ އަދި ފުރިހަމައަށް މިކަން ހިނގާނެއޭ".

ޝާހިދު ޖެންޑާ މިނިސްޓަރު ބަދަލު ކުރުމަށް ހިޔާލު ދެއްވިއިރު، މިހާރުގެ ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ކެބިނެޓަށް ގެނައި ބަދަލުގެ ދަށުން ޖެންޑަ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެގޮތުން މިނިސްޓަރ އައިޝަތު ޖެންޑާ މިނިސްޓަރެއްގެ ގޮތުގައި 2005-2008 އަށް ހުންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިރުއަލި

    މާބޮޑުކަމެއް ކުރާކަށް ނުޖެހޭ ނޫންތޯ، އަދި މާބޮޑުކަމެއް ތުހުމަތު ކުރާކަށްވެސް ނުޖޭނޫންތޯ، އެމްޑީޕީގެ މެމްބަރުން ހިތްހަނުޖެހެނީކަމަށްބުނެ ހަމަ ވަކި ކޮއްލަންވީނޫންތޯ، ސުޕަރމެޖޯރިޓީ އެބަ އޮތެއްނޫންތޯ

    36
    1
  2. ސސ

    އެމްޑީޕީ އުޅެނީ ބޯކިބާ އެއްކޮށް ކާން ތޯ ؟

    33
    1
  3. ރަނާ

    ޖެންޑަރ މިނިސްޓަރ ކަމެ އްނޫން ހުރިހާ މިނިސްޓްރީ އަކަށްވެސް އެމްޑީޕީ ބަ އިގަނޑުލާން ބޭނުންވަނީ . ވެރިކަން ލިބުނީ އްސުރެ ދަ އްކަމުން އަންނަ ވާހަކަ އެއ އް އއެ އީ

    26
  4. ކޮރަލް

    ބޭނުންވަނީ ރިޔާސީ އިންތިހާބު އައުމުގެ ކުރީން ހުރިހާ މިނިސްޓަރުން ބަދަލު ކުރާށެވެ.

    25
  5. ލޅ

    އެމްޑީޕީ އުޅެނީ ސައިޒު އޮޅިގެން ޗާޓުން ބޭރުވާން، މިހާރުވެސް މަޖިލިސް ވަނީ ބޮޑުތަނުން ޗާޓުން ބޭރުވެފައި !

  6. ޝާފީ

    މިއީ އިބޫ ގެ ކްލާސްޓީޗަރު. އިބޫ އަށް 59 ވާއިރު އިބޫ ގެ ކްލާސްޓީޗަރު ގެ ޢުމުރު ވިސްނާލާ !!!

  7. ބަޑިތަކުރު

    ކައުންސިލް އިންތިހާބު ނުނިމިގެން މިހާރުވެސް އެތިބެނީ ހުރިހާމިނިސްޓްރީތަކެއް އެމްޑިޕީން އަތުލާނެ

  8. އިއްބެ

    ﷲގަންދީ ހުވާކޮށްފަ ބުނަން އައިޝަތު މުޚަމަދްދީދީ ވަކިކޮށްފީއްޔާ ދުވަހެއްގެ ކޮޅުންވެސް މަގޭވޯޓް ހަރާމުންހަރާން. ކަލޭމެން ތިއުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ބަތްކަށްކާ ކުޅެންތަ.

    6
    1
  9. ޣ

    ކޯލިޝަން ބައިބައިވުމަކީ ވަރަށް ރަގަޅު ކަމެއް... ކޯލިޝަން ނެތިއްޔާ އެމްޑީޕީ ބަލިވާނެ. .... ޖުމްހޫރީ ޕާޓީގެ މެމްބަރުންނާ އެއްވެސް ޕާޓީ އަކަށް ނިސްބަތް ނުވާ މިނިސްޓަރުންނަށް މި ސަރުކާރުން އަނިޔާވެރިކޮށް ކަންތަށް ކުރާކަން ފާހަގަވޭ

  10. ޙހހހ

    ތީ މިހާރު ނުވެ އޮތް ކަމަކީ ، އޭރުންތާ ރޯޔަލް ރޭޕް ފްރީވާނީ