އިސް މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެެއްޖެއެވެ.

ރައީސް ސާލިހް މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާއްސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ވަނީ ސަރުކާރުން އިސްނަގައިގެން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު އަންހެނުންނަށް ހޯދައިދީފައިވާ އިތުރު ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

ރައީސް ވިދާޅުވީ، މި އިޞްލާޙުތަކާއެކު، ކަންކަން ނިންމުމުގެ އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއް ބަޔަކީ އަންހެނުންނަށް ޚާއްޞަކުރެވިފައިވާ މަޤާމުތަކެއް ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އަންހެނުންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމާއެކު، އިޤްތިޞާދީ ދާއިރާއިން އަންހެނުންނަށް ކުރިއަރައި ދިއުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސް އަލިއަޅުވާލެއްވިއެވެ. މިގޮތުން، މިންތީގެ ގޯނާތައް ފަދަ، ނުއެކަށޭނަ ޢަމަލުތަކުން އަންހެނުން ސަލާމަތްކޮށް، އެ ފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ، އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި، ސަރުކާރުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ާބޯބުރާްތިން

  އެބުނަނީ އުތެމަޔާ އމޑއނ ގަތިބޭނެ ގެ ވާހަކަ މިހަރުވެސް ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަދިފަ ރާއްޖެން ބޭރުގައެތިބެނީ އެމަސައްކަތުގަ އަހަރެމެން އެންމެ ދުވހަކު ސަލާގަޑެއް ގަޑިޔެއް ޖެލިޔަސް މުސާރަކޮޅު ކަނޑާ ކުދިކޮށްލަނީ މަގުމތިން އިދިކޮޅު އަންހެނަކު ފެނިއްޖިޔާ ތަޅާމަރާ ވަލުޖަނވަރަކަށް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްވެސް ނުކޮށްލަވަރު ކޮލާ ގަޔަށްއަތްލަންވީމަ ގިރިހެނ ފުލުހުން އައިސް އިމުރާނު ބުނާގޮތަށް ހަދަލަނީ ތިހިރީ އަންހެނުން ބަރުވެރި ކުރުވިފައޭ ވޯޓް ސޮރީ މޮނިޔުމަންޓް

 2. ގަރުދިޔަ.

  ރައީސް މީހާ ކުރަންވީ ކަމަކީ އަމިއްލަ މީހާގެ ދައުރު ފުޅާ ކޮއްފަ ޒިންމާ ދާރު ވާންވީ. ހުރިހާ ކަމެއް ރޫހާނީ ލީޑަރަށް ދޫކޮއްގެން ފިލާ ގޭގަ އޮތަކަސް ނުވާނެ. ނިކަން އަމިއްލަ ފައިމައްޗަށް ތެދުވެ މީހުންގެ ހިޔަނިން ނެއްޓިބަލަ.

 3. ޖަރީމާރާއްޖެ

  ހމ،އަންހެނުންނަށް ފުރައްސާރަ ކޮއްގެން ؟

 4. ދަރަނި ދަންތުރަ

  ކަލޯ ސޯލިބޭ ރުނޑިކާޅަށް ދޮންކޭލެއްނުކެވޭނެ ކަލެއަށް ފޮނި އަނގަތެޅިދާނެ ކޮބާ އަލަށް އުފަންވާ ކުއްޖާގެ ހަދިޔާ ފޮށި ....

 5. ޖަނާޒާ

  މިވަރުގެ ދުލުގެ އިތުބާރުނެތް ، ރައީސެއް ދެން އަންނާނެ ކަމަށް ޤާބޫލެއްނުކުރެވޭ! މި މަނިކުފާނުގެ ހާދަ ވަޢުދެއް އިތުރުފުޅަށް ބަދަލުވެއްޖެއޭ! ކޮބާހޭ ކާށިދޫ ފަޅުހިއްކައިގެން އަޅަން ވަޢުދުވިރތިސޯޓް، ކޮބައިހޭ މަސްކަދުފަތި! ޖަވާބު ދޯ!