މަސްވެރިކަން ކުރަން އުޅުނު "ވާލި 8" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެއްގެ ހާލުބޮޑުވެގެން ސިއްހީ އަވަސް ފަރުވާޔަށް ގދ. ތިނަދޫ އަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއިއެކު ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ އަށް ލިބިފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށެވެ.

32 އަހަރުގެ މި ބަލިމީހާއަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގދ.ތިނަދޫ އާއި 15 މޭލު ދުރުގަ އޮތް މަސްބޮއި ސަރަހައްދުގަ މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ފިޓުޖެހުމާއި ގުޅިގެން ކަމަށާއި މި ހާދިސާ ދިމާވިއިރު މި ދޯނީގައި 22 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިކަމުގެ ރިޕޯރޓް ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގަޑް ސްކޮޑްރަން އިން ވަނީ އެމްއެންޑީއެފް ހާބަރ ކްރާފްޓް ލޯންޗް، "ވާލި 8" ދޯނި އޮތް ސަރަހަށްދަށް ގޮސް ބަލިމީހާ ލޯންޗަށް ނަގާފައެވެ. މި މީހާ ވަނީ މެންދުރު 13:15 ގައި ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު