ކޮވިޑް-19 އަށް ފައްސިވެ ހާލު ބޮޑުވާ މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމަށް 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ޚިޔާނާތް ހިންގާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުން ދިފާއުވަމުން އޭނާ އިތުރު އެހެން ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

ތުހުމަތުތަކުން ދިފާއުވަމުން އިތުރު ފަރާތްތަކުގެ މައްޗަށް އިކްރާމް ތުހުމަތުތަކެއް ކުރީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި މިހާރު ސަސްޕެންޑްކޮށްފައިވާ އިކްރާމް ގޭސް ސިލިންޑަރު ގަތުމުގައި 16 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއްގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

އޮކްސިޖަން ސިލިންޑަރު ގަތުމަށް ހަވާލުކުރި ސިންގަޕޫރުގެ ޕްރޯބިޒް ކުންފުނީގެ ހިއްސާދާރަކު ޚަރަދުކޮށްގެން އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. ލިޔެކިޔުމުން އެ ހަރަދުތައް ފެންނަން ވެސް އެބައޮތެވެ.

ޕްރޯބިޒް ކުންފުނީގެ ހިއްސާދާރަކާ ގާތް ގުޅުމެއް އޮންނަ ކަމަށް އިކްރާމް މިއަދު ކޮމެޓީ ބައްދަލުވުމުގައި އެއްބަސްވެސް ވަޑައިގެންނެވިއެވެ. އޮކްސިޖަން ސިލިންޑަރު ގެންނަން ހަ ކުންފުންޏަކުން ކުރިމަތިލިއިރު 3،000 ސިލިންޑަރު ގެންނަން ޕްރޯބިޒްއާ ހަވާކުރީ އެހެން ކުންފުނިތަކަށް ވުރެން އަގުވެސް ބޮޑުކޮށެވެ.

އާ ސިލިންޑަރުތަކަކަށް އޯޑަރު ދިނުމުން ބާ ސިލިންޑަރުތަކެއް ލިބުމުން އެތަކެތި ބަލައިގަތީ ކީއްވެތޯ އާއި އެކަމާ ގުޅިގެން ތަހުގީގު ނުކުރީ ކީއްވެތޯ އާއި ޑިސްކައުންޓް ހޯދަން މަސައްކަތް ނުކުރީ ކީއްވެތޯ ކޮމެޓީން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއީ އޭނާ ބަލާ ކަންކަން ނޫން ކަމަށެވެ.

"އެއްވެސް އެކްޝަނެއް ނުނަގަން. ޖީއާރްއެން (ގުޑްސް ރިސީވިން ނޯޓް) ލިބުނީ އޭގެ ތިން ދުވަސް ފަހުން. އޭރު އޮތީ އެމައްސަލައިގެ އޮޑިޓް ފެށިފައި. ދެން އޭގެތެރެއަށް ވަންނަން ބޭނުން ނުވީ" އޭނާ ވިދާޅުވި އެވެ.

މިފަދަ ބޮޑު މައްސަލައެއް ހިނގާ ދިޔައިރު ކުންފުންޏާއި ހަވާލުވެ ހުރި އިސް ފަރާތަކަށް އެކަމުގެ ތަފްސީލް ނޭންގުމަކީވެސް މައްސަލައެއް ކަމަށް ކޮމިޓީ މެންބަރުން ފާހަގަކުރި އެވެ. އާ ސިލިންޑަރަށް އޯޑަރުކޮށް އެއަށްވާވަރަށް ފައިސާ ދެއްކުމަށްފަހު ބާ ސިލިންޑަރު ލިބުމުން ބާކީ ފައިސާ ހޯދަން މަސައްކަތް ކޮށްފައިނުވާކަން މެންބަރުން ފާހަގަ ކުރެއްވިއެވެ.

އިކްރާމް ވިދާޅުވި ގޮތުގައި އޮކްސިޖަން ސިލިންޑަރު ގަތުމަށް ސިންގަޕޫރުގެ ޕްރޯބިޒް ކުންފުންޏާ ހަވާލުކުރާކަށް އޭނާ އެއްވެސް މުވައްޒަފަކަށް އިރުޝާދު ދީފައެއް ނޯންނާނެ އެވެ. ޕްރޯބިޒުން ބާ ސިލިންޑަރުތަކެއް ފޮނުވުމުން ވެސް އަޅާނުލީ އޭނާގެ ދައުރެއް އޭގައި ނޯންނާނެތީ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަކަރި

    އއަހަރެން މަސަލަ ނެތީ، ބަކަރި މަސަލަ ނެތީ، ގޭސް ކޮން މަސަަލަ ތިބޭ؟ ޔޭމިން ބޮރޮ ވަގުތިބޭ، ޔެންޑިޕީ ބޮރޮ ސިދާ އަލިފު ތިބޭ. މޯޑިސް މީހާ ބޮރޮ ބޮގޯސް ތިބޭ. ޔެންޑިޕީ ވޮޓުލަން އަވަސް ދަންޖެހެނީ.

  2. މަގުރޫޕް

    ރެކިބެ އޮޑިއަށް ދޮންފުތު ވެސް އަރާނެ

  3. ލލ

    މި އެމްޑީޕީ ވެރިކަމަށް އައިސްފިއްޔާ ދައުލަށް ބޮއްސުންލާ ފާލުން ނެއްޓިފަ އޮންނަނީ !

  4. ހުސޭނުބޭ

    ތުޙުމަތުތަކުން ގިފާޢުވުމުގެ އެންމެ މަތީ ދަރަޖައަކީ މައިބަދަ ބިނދިފައިވާކަމަށް ބުނެ އިގިރޭސިވިލާތައް ގޮނޑިދުއްވަން ދިއުން.