22:18

މިއަދު މާލެ އިން 98 މީހުންނާއިއެކު ޖުމްލަ 115 މީހަކު ފައްސިވެއްޖެ.

22:14

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ މައުލޫމާތެއް އަދި ހާމައެއް ނުކުރޭ. ކުޑައިރުކޮޅެއްގެ ތެރޭގައި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ފެށޭނެ.

20:45

ރ. ކިނޮޅަހުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:20

ބާރަށުގައި މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެރަށުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފި.

16:26

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރުނު ފުވައްމުލައް ސިޓީ އާއްމު ހާލަތަށް ގެނެސްފި

13:05

 

11:25

އއ. މާޅޮހުގައި ވެކްސިން ޖެހި ފަހުން އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއް ނުފެނި އަދިވެސް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މިއަދު ވެސް 125 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެންރަށްތަކުން މިއަދު ނުވަ މީހުން ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު 13 މީހަކު މިއަދު ފައްސިވިއެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 179 އަށް އަރާފައެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 166 މީހުންނަށެވެ.

މިއަދު 125 މީހަކު ކޮވިޑަށް ފައްސިވީ 3691 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 20،919 އަށް އަރާފައެވެ. މިހާރު ބަލި ޖެހިފައި ތިބީ 2595 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    ނުރަ އްކަލުގަ އޮންނާނީ މިސްކިތް ތަ ބަންދު ކޮށް ހަދާކަމަވަންޏާ އް ނުވާނެ އަދަދުތަ އް ދަށެ އް ނިކަން މިސްކިތްތަށް ހުޅުވާލާ ސުންނަތާ އެ އްގޮތަށް ޖަމާ އަތުގަ ނަމާދުކޮށް ދަމުނަމާދުކޮށް ﷲ ދު އާ ދަންނަވާ އންޝާﷲ އިރާދަކުރެ އއވިޔާ އިސާހިތަކު މިބިލިމަޑުކިމުން ސަލާމަތް ވެދާނެ މު އުމިނުންގެ ހަތިޔާރަކީ ދު އާ

  2. ހ

    އެޗްޕީއޭގެ އިހުމާލް.... އެޗްޕީއޭ އިން ދަރުބާރުގޭގަ އެއްވެސް ގައިދުރު ކަމެއް ނުބަހައްޓާ... ދެން އެހެން ތަންތާގެ ހާލަތު އޮންނަނީ ކިހިނެތް؟