މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ މަސް މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ރޭ ކުރިޔަށް ގެންދިޔަ ކެމްޕެއިން ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މަސް މާރުކޭޓަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަަނަކަށް ހެދުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި މަސް ގަންނަން ދާ ފަރާތްތަކާއި މަސް ވިއްކާ ފަރާތްތައް އަމަލު ކުރަން ޖެހޭ ހަރުދަނާ ސިޔާސަތެއް ކަނޑައެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

"މަސް މާރުކޭޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ، ސާފުތާހިރު ހިތްފަސޭހަ ހިއްގައިމު ތަނަކަށް ބަދަލުކުރުން އެއީ އަޅުގަނޑުގެ އަމާޒު" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަސް މާރުކޭޓުގެ އިތުރުން މަސް ދޯނިފަހަރުތަކުގައި އާއި ބޮއްކުރާތަކުގައި މަސް ވިއްކުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި މަސް ހިފައިގެން މަގު ހުރަސް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ލޯކަލް މާރުކޭޓު ގާއިމްކުރެވިފައިވާ ސަރަހައްދަށް މަސް މާރުކޭޓު ބަދަލު ކުަރައްވާނެ ކަމުގައި ވިދާޅުވިއެވެ.

"މަސް މާރުކޭޓު ބިނާކުރެއްވުމަށްޓަކައި ހިއްކިފައިވާ ބިން އަދިވެސް އެއޮތީ އެކަމަށް ބޭނުން ނުކުރެވި. އެތަނުގައި ލޯކަލް މާރުކޭޓު އެޅުނު ގޮތަށް އެތަން އެހެރީ. އެތަނަށް ހާއްސަކުރެވިފައިވާ ތަނުގައި އެކަން ކުރެވުނީމަ ވަރަށް ފަސޭހަތައް ވެގެން ދާނެ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަސްވެރިން ބުރަ މަސައްކަތުން ބާނާ މަސްކޮޅަށް ރަނގަޅު ނަފާއެއް ލިބެން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ ހަރުދަނާ އުސޫލެއް ހެދިގެންކަން ފާޙަގަކުރައްވާ ވިދާޅުވީ ސިޓީ ކައުންސިލަށް އެ ބާރުވެސް ލިބިގެން ވާކަމަށެވެ. މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް އެ ސިނާޔަތް ފުޅާކުރުމުގައި ސިޓީ ކައުންސިލްގެ ވެސް ބޮޑު ދައުރެއް ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެ ޒިންމާ ސިޓީ ކައުންސިލްއިން އަދާކުރައްވާ މަންޒަރު ނުފެންނަ ކަމުގައި ފާހަގަކުރެއްވިއެވެ.

މުއިއްޒު ވަނީ އެ ހުރިހާ ކަމަކަށް ހައްލު ގެނައުމަށް ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވާނެ ކަމަށް ވިދާޅުވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަހޫ

    މު އީޒުގެ އާރާ އި ބާރު އޮތް އިރު ނުކޮށް މިހާރު ކިހިނެ އްތޯ ވެގެން ތި އުޅު އްވަނީ. ބު އްދިފުޅު ގޯސްވީތޯ.

    13
    12
  2. މުޙައްމަދު...

    މުއިޒު ހޮވުނިއްޔާ މުޅިމާލެ 25 ފޮލޯއަށް ނަގާނެކަމަށްވެސް ވިދާޅުވެވިދާނެ،
    އެއީ، އެމްޑީޕީ ބަލިކުރުމަކީ އަދި މިވަގުތު މުއިއްޒަށް ކުރެވޭނެ ކަމެއް ކަމަކަށް ނުފެނޭ

    9
    16
  3. އަބްދޫ

    މުހިންމު ކަމަކީ މިހާރު ތަރުކަރީ މާރުކޭޓް ހުރިތާގަ 25 ބުރީގެ އިމާރާތެއްހަދާ އެންމެ ތިރި ފިހާރަ 1ވަނަ 2 ވަނަ ތަރުކާރީ މާރުކޭޓަށް 3 ވަނަ ކުދިގޮޅި ފިހާރަތަކަށް. ޢެގެހފަހު މިހާރު ތަރުކަރިއައި ވަޅޯމަސް ވިއްކަ ވަގުތީމާރުކޭތް ހުސްކޮށް އެތަނުގަ ރޯމަސް މާރުކޭޓް އިމާރާތްކުރުން. މިހާރު ރޯމަސް މާރުކޭޓް ހުރިތަންތަޅާލާ ސައިކަލް ޕާކިން އިމާރާތެއް ހެދުން.

    7
    1
  4. ވގ ޔނ

    7 ޢަހަރު ހުރީ ހައުސިން މިނިސްޓަރުކަމުގް އޭރުނުކުރެވުނު ކަމެއް މާލޭގެ މޭޔަރަކައް ކުރެވޭތަ ބޯހިޔާވެހިކަމޯ މާލޭން ގޯތިދޫކުރާނަމޯ 2000 ފުލެޓް މާލޭގަޔޯ 7 އަހަުން އެކަންނުކުރީ މާލޭގެ މޭޔަރު ކަން ލިބުނީމަތަ ކުރެވެނީ ތީ ވަށަފަރުމީހެއްދޯ ވަރައްވައްތަރު

    11
    11
  5. ނޯނޯ

    މުއީޒަށް ތިކަންވާނެ މިހާރު މިއޮށް މުޑުދަރު ހާލަތުން އެތަން ބަދަލް ކޮށްލެވޭނީ އިހުލަސްތެރި ގާބިލް ކިޔަވާގެހުރި މީހަކަށް މުއިޒަކީ ނަތީޖާ ނެރެދީފަވާ ފަހުރުވެރި ގާބިލް ބޭފުޅެއް މަހިތަށް އަރާ ދިވެހިން މިތިބީ މަންމަން ބީރު ވެފަބާއެ މޑޕ އަކި މިގައުމަށް ދުވަހަކުވެސް ހެވެއް އެދޭނެ ބައެއްނޫން މުޅިގައުމުގަ ހުޅުޖެހި އިދުކޮޅުގަ އޮތްއިރު ވެރިކަމުގަ ދީން ނެތިކޮށްލާ ވައްކަންކުރުން ނޫންކަމެއް ނުކުރޭ ދިވެހިންނޭ މީ ފަހު ފުރުސަތު އިންޑިޔާ ސިފައިން ބޭރު ކުރަން ބޭނު ވާ ދިވެހި ރައްޔިތެއްވިއްޔާ މޑޕ އަށް ނޯ ނޯ ނޯ

    12
    6
    • ރާގޮޑިރާޖަ

      ނޯނޯ ގޮވަންވީ ބޮޑެތިވައް ކަންތައް ކުރިއިރު. ތިބުނާ މުއީޒްގެ ހިޔަނިތޯ ކުރިންފެނުނީ.

      2
      4
  6. ނަން

    މުއިއްޒުގެ ވެރިކަމުގައި މާލެ ވާނީ ސިންގަޕޫރު ފެންވަރަށް ހަދާފަ. އެކަން ފެންނާނެ މަގުމަތިން ދަމާލާފައިވާ އެސްލޯން ހޮޅިތަކުންވެސް.......

    2
    2
  7. ސްނޭޕް

    އޭރު އަމިއްލަ ވެރިކަމުގަ ނުވި
    މިއަދު ކީކޭ ކިޔާކަށް

    2
    4
  8. 4 ކަށިމަތި މާލޭ ރައްޔިތެއް

    ވާހަކަ އެއް ދައްކާނެ ކަމެއް ނެތް މާތްކަލާންގެ ގަންދީފަ މި ބުނަނީ މި ފަހަރު މޭޔަރަކު ހޮވަން ވޯޓްލަންޏާ މަށާ މަގޭ ޢާއިލާ އެންމެންގެ ވޯޓް މުޢިއްޒަށް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއް .ވަރިހަމަ އެއްކަމެއް ނުކޮށްދިނަސް ` اللهم اعز المعز وانصره واهزم اعدائه ودمرهم ابدا انه مظلوم انك انت الارحم الراحمين

    6
    2
  9. އަލްޖިބްރާ

    ކޮންމެ މީހަކަށް ވެސް ފުރުސަތެއް ލިބުނީމާ އެމީހާއަށް ދުނިޔެ 'ރަން ' ވަނީއެވެ ! މުއިއްޒު އަށްވެސް ފުރުސަތު ލިބުނީމާ "ޔާމީނު" ނަގާ ކޮޑަށްލައިގެން ދުވަން ޖެހުނީމާ ވާނެގޮތް ތިހިރީ ވެފައެވެ.ދެން ކަލޭ މާލޭގެ މަތިން " ރަނުން " ފާލަން އަޅާދޭނަމޭ ބުނިކަމުގައިވިއަސް ދިވެހިރައްޔިތުން އެކަން ބަލައެއް ނުގަންނާނެ !

    3
    4
  10. ބަޑަންޑޫ

    އަޅެ މީނަ ކުރިމަތިލައިގެން މިއުޅެނީ ގައުމުގެ ރައީސްކަމާތަ، މީނަދައްކާ ވާހަކަތަކުން މިހާރު އެބަ އޮޅޭ

    2
    5
  11. ފުލުސްމީހާގެ އަނބިމީހާ

    މަގޭ ވޯޓް މުއިއްޒު އަށް.

  12. ޓ

    މާލޭގެ ކުނީގެ މައްސަލަ ހައްލު ކޮށްދިން...މަގުތައް ކުނިކެހުން ފެށުނު.......މަގުތަކުގާ ތާރު އެޅި