ކ. މާފުށީ ޖަލުގައި ތިބޭ އަންހެން ގައިދީންނާއި ބަންދު މީހުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި އޮންނަ މާފުށީ ޖަލުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުންގެ ޔުނިޓްގައި ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާފުށީ ޖަލުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރަނީ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ދުވަހަށް ޚާއްސަ ކޭކު ފެޅުމާއި ރިލޭ ރޭސް ފަދަ ކުޅިވަރުގެ ހަރަކާތްތަކެއްގެ ކުރިއަށް ގެންދިއުމުގެ އިތުރުން ދުވަހާ ގުޅޭ ޝިޔާރު ދޭހަވާ ކޭންވަސް ޕެއިންޓިންއެއް ތައްޔާރުކުރުމުގެ ހަރަކާތެއް ހިންގާފައިވާ ކަމަށެވެ.

މި ހަރަކާތްތައް ހިންގާފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އަންހެން ގައިދީންނާއި އަންހެން ބަންދުމީހުން ވަކިންނެވެ. އެގޮތުން ބަންދުމީހުން ބައިވެރިވެފައި ވަނީ ކޭކު ފެޅުމުގައެވެ.

މިގޮތުން 46 އަންހެން ގައިދީންނާއި ނުވަ އަންހެން ބަންދު މީހުން މި ހަރަކާތްތަކުގައި ބައިވެރިވިއެވެ. މި ހަރަކާތްތައް ރާވަޢީ ކުރިއަށް ގެންގޮސްފައި ވަނީ މާފުށީ ޖަލުގެ ޕްރޮގްރާމްސް ކޮމާންޑް އާއި ފީމޭލް ޔުނިޓް ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަބޭ

    އައްދެއްޔޭއް....

  2. ބެލެނިވެރިން

    ޖަލަކައްނު ދާން ވީ ، މަސައްކަތެއް ނުކޮއް އަރާމުގަ މީތޯ ގައިދީން ނަކީ

  3. ކޯރި

    ދެތިންހާސް ފިރިހެނުން ޖަލަށްލައިގެންއުޅޭއިރު ދޮޅަހަކަށް އަންހެނުން ރާއްޖެއިން ކުށްވެރިވެގެން މިއުޅެނީ. މިކަމުގަ ފިރިހެނުންނާއި އެއްވަރަކަށް އަންހެނުންނަށް ފުރުސަތުހޯދަދޭން އަނގައިންބުނާ ބަޔަކު ނެތް. މުޅިންވެސް 60 ހާހުން މަތީގެ މުސާރަލިބޭ ވަޒީފާތަކުގަ ހަމަހަމަނުވެގެން އުޅެނީ.