ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފިއެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން ހާޒިރުވެވަޑައިގެންނެވި ދުވަހު އޭނާ ވަނީ މަޖިލީހުގެ މެންބަރުންނަށް ތުހުމަތު ކުރައްވައި ވަރަށް ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ. މި ގޮތުން މަޖިލީހުގެ މެންބަރުން އޭނާއަށް ބިރު ދައްކާ ކަމަށް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ވަޒީރުންގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުގެ ތެރެއިން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. މިގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްއަށް މަޖިލީހުގެ ތެރެއިން ބިރު ދެއްކި ކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ.

އެހެންވެ، މަޖިލީހުގެ ސުލޫކު ކޮމިޓީއަށް މައްސަލަ ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މުހައްމަދު ނަޝީދު ނިންމެވިއެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާކަން ފެންނަ ނަމަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ސުލޫކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު، އެއްބަސްވެވަޑައިގެންފައިވަނީ މި ކަމުގައި ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން މަލީހް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

މިދިޔަ ހަފުތާގައި މަލީހްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިއިރު، ރޭ ބޭއްވި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޖަލްސާއެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދަކީ މަލީހްއާއި ދެބެއިންގެ ދެދަރި ބޭފުޅުންނެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ހަރަކާތްތައް ރޭވުމުގައި ދައުލަތުގެ ކާރު ފަދަ ވަސީލަތްތައް މަލީހު ބޭނުން ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާލި

    މަޖިލިސް ދަތުރުކުރަނީ ޗާޓުން ބޭރުން ކަޑު ފަޅު ހާ އޮއިވަރު ދިޔަވަރު ނޭގޭ ސަމުގާނެތި ދަތުރުކުރާ މާލިމީއަކު ހުރެގެން ހީވަނީ، މިހެން ދަމުން ދަމުންގޮސް ފަރަށް ނާރާނެބާ ؟

    16
  2. މާމީ

    މީ ދެން ކޮންކަހަލަ ތަނެއްތަ؟ މުޅިއޮޑީގަ ހަސަނު މާ ގިނަދުވަހެއް ނުވާނެ

    15
  3. ޖަނާޒާ

    ހަހަހްހަހްހަހްޙާޤޙާޤޙާޤޙާޙޤ...... ހަމަ ހެވެނީ!

  4. ބަރުގޮނު

    ކޮން ކޮމެޓީއަކަށް ހާޒިރު ކުރަން. ކޮމެޓީއަކީވެސް އެސޮރު. އެކިޔާ އަނެއް ޖ. ސަރީ އަކުވެސް އެސޮރު އިންނާނެ. ޢިއްޒަތްތެރިންގެ ގޯތީގައިވެސް އެސޮރު. މުލީގޯތީ މީހާ ދިރުބާކޮޅުގައި ހުރެ ގަލަށް ކިޔަސް އެކިޔާއެއްޗެއް ގަންނަަ މީހަކު ނޫޅޭ. މަލީހުު ހާޒިރު ކުރުމުގެ ބޭނުުމެއްނެތް. އެސޮރު ނިންމާލީމާ އެނިމުނީ.

  5. ސަތަރޭ

    މަނަމަ ނުދާނަން، ހިތައް އެރި އެއްޗެއް ހަދާފަ..

  6. ހަސަނުގެ ދެފައި

    މީތި ކަޑަ ! މުޅި މަޖިލިސް ގާނޫނު ތަޅާ މަތިގެ މައްސަލަތަލާ ފ ގެޔަކަށް ބަދަލުވީމާ ކަޑަ ދެއްތޯ؟ ގަންޖާ ހިތްޕުޅު ހަމަ ނުޖެހިއްޖިއްޔާ ބޭނުން ވާ މީހަކު ހިފާ ހައްޔަރު ކުރެވެންޏާ ، ހަގީގަތުގައިވެސް 3 ނެތީގެ ބޭނުމެއް ނެތް ، ކީއްކުރާ ދިމާކުރާތީއެއް ،