ކޮވިޑް-19 އިން ރައްކާތެރިވުމަށް އއ. މާޅޮހުގައި ކޮވިޝީލްޑް ވެކްސިން ޖެހި ފަހުން ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން ނިޔާވެފައި ވަނީ އއ. މާޅޮހަށް އުފަން އުމުރުން 45 އަހަރުގެ މީހެކެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި އެމީހާ ވެކްސިން ޖެހި ފަހުން ވަރަށް ގަދަ އަށް ބޮލާއި ގައިގައި ރިއްސާތީ އުޅުނެވެ.
As per protocol, a full investigation is being carried out to confirm the cause of death.
It is important to note that serious events including death can occur unrelated to the vaccine.
Our prayers are with the bereaved family. May Allah grant his soul Jannah. (2/2)
— Health Protection Agency (@HPA_MV) March 9, 2021
އަދި އޭނާގެ ހާލު ކުޑަކޮށް ރަނގަޅުވުމާ ގުޅިގެން ރޭ ފަތިހު މަހަށް ވެސް ނުކުތެވެ. މަހަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ހާލު ދެރަވުމާ ގުޅިގެން ކ. ހިންމަފުއްޓަށް ގެންގޮސް ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ މިއަދު ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ.
ނަމަވެސް އެމީހާ ނިޔާވެފައިވަނީ ސީދާ ވެކްސިން ޖެހުމުގެ ސަބަބުންކަަން އަދި ކަށަވަރެއް ނުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވީ އެމީހާގެ ހާލު ދެރަވެގެން ފަރުވާ ދިނުމަށް ހިންމަފުށި ހެލްތު ސެންޓަރަށް ގެނެސްފައި ވަނިކޮށް ނިޔާވެފައި ވަނީ ހެނދުނު 9:13 ގައި ކަމަށެވެ. މި މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
މާޅޮހަށް އުފަން އެ މީހާ ނިޔާވި އިރު އުމުރުން 18 އަހަރު ނުވާ ދެ ކުޑަކުދިން ދުނިޔޭގައި އެބަތިބިއެވެ.
ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގެ ސީރަމް އިންސްޓިޓުއިޓް އިން އުފެއްދި "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މިއީ، މި ވެކްސިން ޖެހި ފަހުން ރާއްޖޭގައި ނިޔާވި ތިން ވަނަ މީހާއެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ވެސް ކޮވިޑް ވެކްސިން ޖަހާ ފަހުން، ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެއެވެ. ރާއްޖެ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ އިރު، މި ބަލިން ރައްކާތެރިވުމަށް ހުރިހާ ގައުމެއްގައި ވެސް ޖަހަނީ ވެކްސިނެވެ. ދުނިޔޭގެ މަޝްހޫރު ވެކްސިންތަކުގެ ތެރޭގައި ކޮވިޝީލްޑް، ފައިޒާ، ސިނޯފާމް އަދި ރަޝިއާ އިން އުފެއްދި ވެކްސިން ހިމެނެއެވެ.
ރާއްޖޭގައި މިހާރު ހަމައެކަނި ބޭނުން ކުރަމުން އަންނަ ވެކްސިނަކީ ކޮވިޝީލްޑެވެ. އެކަމަކު، ޗައިނާގެ ސިނޯފާމް ވެކްސިން ވެސް ރާއްޖެ އަށް ވަނީ ގެނެސްފައެވެ. އެކަމަކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނުލިބޭތީ އަދި އެ ވެކްސިން ޖަހަން ނުފަށައެވެ.
ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 64 މީހަކު ވަނީ ނިޔާވެފައެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުންގެ ގަޔަށް ވަނީ ވެކްސިން ޖަހައިފައެވެ.
ދެ ކުދަކުދިންނެއް ނޫނޭ. 18 އަހަރު ނުވާ ބައިވަރު އެބަތިބި
އަހަރެމެން އަބަދު މިކިޔަނީ މިހެން.
ނުޖަހާށޭ ނުޖަހާށޭ.
It is important to note that serious events including death can occur unrelated to the vaccine.
ކީކޭތަ މި ކަޔަން އުޅެގެން ނުކިޔިފަ މިއޮތީ؟؟
މީގެ ކުރިންވެސް ވަރަށް ގިނަ ދިވެހިން ކުއްލި މަރުން މަރުވެފަ އެބަހުރި. އެއްގޮތަކައްވެއް އެއީ ވެކްސިނާ އަޅުވާ ކިޔަންވި ސަބަބެއްކަމުގައި ނުދެކެން
މީގެ ކުރިންވެސް ވަރަށް ގިނަ ދިވެހިން ކުއްލި މަރުން މަރުވެފަ އެބަހުރި. އެއްގޮތަކައްވެއް އެއީ ވެކްސިނާ އަޅުވާ ކިޔަންވި ސަބަބެއްކަމުގައި ނުދެކެން
ކިތައްމީހުން މަރުވީމަތޯ ތިކަމަށް ހުއްޓުމެއް އައްނާނީ؟
ތިވެކްސިން ޖަހައިގެން މަރުވިމީހުންގެ އަދަދު އިނގޭތަ އަދި އައިސީޔޫގަ ތިބި މީހުންގެ އަދަދު އިނގޭތަ...އަޖީއެމްއެޗްގެ ސްޓާފުން ހަނުތިބެނީ ވަޒީފާއިން ކަނޑާލަފާނެތީކަން އިނގޭތަ.؟؟!!
ވެކްސިން ޖެހިއަސް ނުޖެހިޔަސް މަރު އައިސް ހަމަކުރާނެ.
އެހެންވީމާ ވެކްސިން ޖެހުމުގެ ބޭނުމެއް ނެތްތާ.
ކޮވިޑް ޖެހުނަސް ނުޖެހުނަަސް މަރުވާނެ
އެހެންވީމާ ކީއް ކުރަން މި ގޮތް ނޭނގޭ ވެކްސިނެއް ޖަހަންވީ ޓެސްޓް މަރުހަލާ ނުނިމޭ އެއްޗެއް
ބައްލަވާ ތި ވެކްސިން ޖަހައިގެން ލިބޭ ފައިދާއަށްވުރެ ދުރު މުސްތަގުބަލުގައި އިންސާނީގެ ސިކުޑިއަށް ލިބޭ ގެއްލުން މާ ނުރައްކާތެރި. ބައެއް މީހުންގެ ސިކުޑީގެ ލޭ ގަޑުކޮއްލާ. ބައްލަވާ ތި ޖަހައިގެން ކިތަންމެ ބަޔަކު މަރުވެއްޖެ. ތީ ހަމަ މަލްޓީ މިލިޔަން ވިޔަފާރި އެއް.
ކަލޯ ވެކްސިންޖަހަން މަޖްބޫރެއްނުކުރޭ. ކަލޭ ބުރީގަ ދުއްރައަކުންވެސް ނުތަޅާ. ވެކްސިންޖަހަނީ އަލިއްލައަށް އެކަމަށް އެއްބަސްވެ ވެކްސިންޖަހާ މަރުކަޒަކަށް ދިޔައީމަ. އުފާކުރަންވީކަމަކީ މިއަދު މަޤައުމުގައި ވެކްސިންޖެހޭކަން. ޢިންޑިއާ ފަދަ ޤައުމުތަކުގައިވެސް އެއުޅެނީ ފިލްމުސްޓާރުންނަށްވެސް މި ފުރޔސަތު ނުލިބިގެން. ކަލޭ މިހާރު ވެކްސިން ޖަހައިފިންދޯ ސިއްރިއްޔާތުގައި ގޮސް
ފިލުމު ސްޓާރުން ނޫޅޭ އެނުޖެހިގެނެއް
އާނ މަރު އައިސް ހަމަކުރީޔޭ ކިޔާފަ ދަންޖެހެވޭނެތަ ނޫނީ 10 ބުރި މަތިން ފުންމާލެވޭނެތަ
ދުވަހަކުވެސް މިމީހުން އެއްބަހެއްނުވާނެ ވެކްސިންގެ ސަބަބުންކަން އެހެން އެދިމާވީ. އަދި ނުވީތާކަށް ވެކްސިން ޖަހައިގެން ގެއްލުމެއްވެއްޖެނަމަ ޒިންމާ ނަގާނެ ފަރާތެެއްވެސް ނޯވޭ.
ވަރަށް ބޮޑު ތެދެއް. ގިނަ މީހުން ގަބޫލު ކުރާކަށް ބޭނުމެއްނޫން ވެކްސިން އަކީ ހަމަ އެކަނި ވިޔަފާރިއެއް ކަން
ދުނިޔޭގަވެސް ތިކޮވިޝީލްޑް ޖަހުމަށްފަހު ބައިވަރު މީހުން މިހާރު މަރުވެއްޖެ.
ޔޫރަޕް މީހުން އެހެންވީމަ ތިކޮވިޝީލްޑް ވެކްސިން ޖަހަން ދެކޮޅު ހަދަނީ.
ވެކްސިން ޖަހައިގެން އެމީހަައަށް ވީ އިތުރު ގޮތްގޮތް ނުވެސް ލިޔޭ ހަބަރުގަ.
އެހެންވިއްޔާ މަރަކީ ކޮވިޑާ ގުޅިގެންވެސް ވާކަމެއްނޫން. އެކަމަކު އެޗްޕީއޭ އިން ބުނަނީ ކޮވިޑްޖެހިގެން މީހަކު މަރުވެއްޖެ ކަމަށް. ކޮންމެއަކަށް ތިޔަ ވެކްސިނުން ބަލި ދިފާއު ނުކުރިއަސް އެޗްޕިއޭއިން ވެކްސިން ދިފާއު ކުރެވޭތޯ ބަލާތި. އެއްވެސް ބައްޔެއް ނުވިއަސް އެންމެންވެސް މަރުވާނެކަން އެންމެނަށްވެސް އެނގޭ. ކޮންމެހެންވެސް ވެކްސިން ޖަހަން ތިޔައަންގަނީ ވެކްސިން ޖެހުމުން މަރުނުވާނެތީތޯ؟
ބަޔެއްގެ ވިޔަފާރިއަކަށް ވެދޭ އެހީތެރިކަމެއް
އަހަންނަކީވެސް އުމުރުން 45 އަހަރުގެ މީހެއް ވެކްސިންޖެހިތާ 12 ވަރަކަށް ގަޑިއިރުފަހުން އިރުއިރުކޮޅާ މެއަށް ވަރަށް ވަރުގަދަ ތަދެއްވާންފެށި އިރުއިރުކޮޅުން ތަދުއަރަނީ ވަރަށް ތޫނު ވޭން ހުރިތަދެއް އަނެއްދުވަހު ނަސީބަކުން އެކަން ފާހަގައެއްނުކުރެވޭ ކިތަންމެ ފަހަރަކު ހީވި ހާޓު އެޓޭކެއް ޖެހެނީއޭ
" މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނުލިބޭތީ އަދި އެ ވެ ކްސިން ޖަހަން ނުފަށައެވެ " މީދެން ކޮން ފެންވަރެއް ހުރި ބަޔަ ކު ތިބި ތަނެއް ވެ ކްސިން
އަ ކަށް ހުއްދަދޭން .ދުނިޔޭގެ ސިއްހަތު ޖަމިްްޔާގެ ހުއްދައެއް ނޫންބާ ބޭނުން ވާނީ . ބޯހަލާ ކު
އޮސްޓަރުލިޔާ އިން ތި ވެކްސިން ޖެހުން މެދުކަނޑާލައިފި.ވެކްސިންޖެހި އެކަކު މަރުވެގެން.
ދިވެހިން ލިޔާ އިރުވެސް ލިޔަން ނޭނގޭތަ ؟؟
ބައިދަވޭ އޮސްޓްރިޔާ، އޮސްޓްރޭލިއާ އެއްނޫން..
ތަނެއް އޮތިއްޔާ ކޮމެންޓް ކޮއްގަނޭ ވާނުވާ ނޭނގުނަސް
ޗައިނާއިންހަދިޔާކުރިވެކްސިންނުޖަހަމިހިފަހައްޓަނީކީއްވެވ؟
ކަލޭ ބުނީމަ ޖަހަންވެގެން މަޑުކުރަނީ
ވަރައް ނުރައްކާ ކަމެއް އެއްގައުމެއްގެ ވެކްސިން ހުރިހާ މީހުން ގަޔައް ޖެހުމަކީ ޗައިނާ ވެކްސިނައް ވީހާ އަވަހައް ހުއްދަދިނުމައް ގޮވާލަން އިންޑިޔާ ވެކްސިނައް ހަފްތާއެއްތެރޭ ހުއްދަދީފަ ޗައިނާއިން ހަދިޔާކުރި ވެކްސިނައް ހުއްދަނުދިނުމަކީ ވަރައް ބޮޑުއަޅުވެތި ކަމެއްގަ ވަތީ ވެގެންއުޅޭ ގޮތެއް
ޑޜ. އާތިފް ދަށްކަނީ ހަމަ ރަންގަޅު ވާހަކަ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ މެންޑޭޓާއި ހިލާފަށް ވަ ކި ވެ ކްސިނެއް ޖަހަން ގޮވަނީ.. ޑަބްލިޔު. އެޗް. އޯ ގެ ފައިނަލް އެޕްރޫވު ނުލިބޭ ވެ ކްސިނެއް ރާއްޖޭގައި ބޭނުން ކުރާ ފުރަތަމަ ފަހަރު.. ހަމައެ ކަނި ބޭނުމަ ކީ ދުނިޔޭގެ ބޮޑެތި ގައުމުތަކަށްވުރެ ކުރިން ވެ ކްސިން ޖެހި ކަމަށް ދުނިޔޭގެ މީޑިޔާގައި ލިޔުން. ސަރު ކާރުގެ ޤާބިލު ކަން ދައް ކަން.. އެޗު. ޕީ. ޢޭ ގެ ޓެގް ގުރޫޕުގައި ތިއްބެވި ޑޮ ކްޓަރުން މުއްސަދި ވެއްޖެ.. އަމިއްލަ ކްލިނި ކްތަ ކުން ޕީ. ސީ. ޢާރު. ޓެސްޓެއް 2000 ރުފިޔާ އަށް. ކޮވިޑު އެލަވަންސް ގޮތުގައި 200،000( ދެލައް ކަ ރުފިޔާ) ޖަމާވާ ޑޮ ކްޓަރުން އެބައުޅޭ.. އާންމު ސިއްހަތު ރާއް ކާތެރި ކުރުމުގެ ޒިންމާ ބޮލުގައި އެޅިފައި އޮތް އެޗް. ޕީ. އޭ މިނިވަން ކަމާއި އެ ކު މަސައް ކަތް ކުރެވވިދާނެ ކަމަށް ގަބޫލު ނު ކުރަން. ސަރު ކާރުގެ އިސްފަރާތްތަ ކުގެ ދަރިންނާއި, އަނބިންނާއި، ފިރިންނާއި، ކޮއް ކޮއިން ޓެގް ގުރޫޕުގައި ތިބެގެން ހު ކުރު ދުވަހު ހަވީރު ފިޔަވަޅު ހަރު ކަށި ކޮށް އިއުލާނު ނެރެ، ދަންވަރު ވަގުތު ސު ކޫލު ބަންދު ކަމަށް ސާރ ކިއުލަރ ނެރު މާއި، ވަ ކި ބަޔަ ކު ކުރާ ކަމަ ކާއި ގުޅިގެން ފިޔަވަޅުތައް ހަރު ކަށި ކުރަން ނިންމުމާއި، ސިޔާސީ މީހުންގެ ވާހަތައް ތަރުޖަމާ ނެރުމާއި، ސިޔާސީ މީހުންގެ ވާހަ ކަތަކަށް ރައްދު ދިނުމާއި މިފަދަ ކަން ކަން އެޗް. ޕީ. އޭގެ އިން ކުރަންފެށީމައި ހެލްތު ޕްރިފެޝަނަލްސް އަށް އޮންނަ އިތުބާރު ކުޑަވެގެންދަނީ.. ސަރު ކާރު ދިފާއު ކުރަން އާންމު ސިއްހަތު ހަތިޔާރަ ކަށް ނުހައްދަވާ. ދިވެހި ރައްޔިތުންނަ ކީ ވެ ކްސިން ޓެސްޓް ކުރަން ބޭނުން ކުރާ ބަޔަ ކަށް ނުހައްދަވާ. ވެ ކްސިން އާއި ގުޅިގެން ކައިރި އަދި ދުރު މުސްތަގުބަލުގައިވެސް އެއްވެސް ސިއްޙީ މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީން ކަން ސައުންސުގެ ހެއް ކާއި އެ ކު ބުނެދެވޭ ވަރަށް އެޗް. ޕީ. އޭ ރެޑީ ވާން ޖެހޭނެ..
އެޗްޕީއޭ ގެ އެބުނާ ޕްރޮޓޯކޯާލުގެ ދަށުން؛ ކުރިން ނިޔާވި ދެ ކޭސްގެ އިންވެސްޓިގޭޝަން ނިމިއްޖެބާ؟
2020 ގެ ބޮޑު މަކަރު
މީހަކު ކެންސަރު ފަދަ ބޮޑު ބަލީގައި އެތައް އަހަރަކު އުޅެފަ މަރުވުމަށްފަހު ވެސް ކޮވިޑަށް ފައްސިވެއްޖިއްޔާ އެ މަރު ރެކޯޑް ކުރަނީ ކޮވިޑް ކޭސް އެއް ގޮތުގަ!
އެކަމު ވެކްސިން ޖަހައިގެން އެ ގޮތަށް ވެއްޖެނަމަ ނުބަލާ އެއީ އޭގެ ސަބަބުން ކަމަށް..
ދެ އެއްޗަކީ ވެސް ހަމަ ވައިރަސް އެއް..
ކުއްލިމަރަކީ މީގެކުރިންވެސް ހިގާކަމެއް ނަމަވެސް ވެކްސިންޖެހިފަހުން ނިޔާވުމުންވާނީ
ވެކްސިންޖެހިފަހުން ނިޔާވިކަމަށް މިނޫންގޮތަކަށް ނުބުނެވޭނެ ވެކްސިންއަކީ
ބައްޔަކުން ދިފާއުވުމަށް ބޭނުންކުރާއެއްޗެއް ވީމާ، ވެކްސިންޖެހުމަށްފަހު ދިމާވާކަންކަމަކީ
ބަލައިގަނެވޭނެކަންކަމެއްނޫން އެއީ ތަފާތުއުދަގޫތައްވެ ފުރާނައަށްވެސްނުރައްކާވާގޮތްވާތީ ތި
ވެކްސިން ރަގަޅުއެއްޗަކަށްވުމާމެދު ޝައްކުވޭ މިހެންމިބުނީ ވަގުސެޓްފިކެޓްހައްދައިގެން
ފޭކްޑޮކްޓަރުންވެސް ރާއްޖެއެތެރެވެފައިވޭ މިކަމުގެސަބަބުން ފޫނުބެއްދޭވަރުގެގެއްލުން ގައުމާ
ގައުމުގެ ރަށްޔިތުންނަށްލިބިފައިވޭ މިހާރުއެތެރެވާ ވެކްސިންއަކީވެސް މިބާވަތުގެއެއްޗަަކަށް
ވެއްޖެނަމަ ވަރަށްދެރަ އަނެއްކާ ބޭރުގެބައެއްގައުމުތަކީ ( އިންޑިޔާ ) ވަަރަށްގާތްގުޅުން
ބާއްވާ ގައުމެއް ނަމަވެސް ފުރަތަމަ ބެލުންރަގަޅީ އަމިއްލަގައުމާ، ގައުމުގެރަށްޔިތުންގެ
ސަލާމަތަށް
ވެކްސިން އާއި ގުޅޭގޮތުން ފިތުނަ ނުއުފައްދާ. އެމީހާ މަރެއް ނުވޭ.އެކަމަކު މިއަދު ވަޅުލައިފި.