ސްޓެލްކޯއިން ހުޅުމާލޭގައި އަޅާ ފްލެޓްތައް ކުރިއަށް ދޭތޯ ބައްލަވަން އިއްޔެ ހުޅުމާލެ އަށް ވަޑައިގެންނެވި އިރު އެ ފްލެޓްތައް ކުރިއަށް ދާ ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި ފްލެޓްތައް ހުރިތޯ ސާފު ކުރަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން އެ ކުންފުންޏާ ހަވާލުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ދިޔަ މަޝްރޫއުގެ ކަންކަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ވަނީ ދިރާސާކޮށްފައެވެ. މިއީ ހިޔާ މަޝްރޫއުގެ ބައެކެވެ. މި ފިޔަވަހީގައި އޭރުގެ ސަރުކާރުން އެއްބަސްވުންތަކެއްގައި ސޮއިކުރީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާ އެކުގައެވެ.

މި ފްލެޓްތަކަކީ "ވުޖޫދުގައި" ނެތް ފްލެޓްތަކެއްގެ ގޮތުގައި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ކުރިން ސިފަ ކުރައްވައިފައެވެ. މިއާ އެކީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މައްސަލަ އިތުރަށް ބޮޑުވެ އޭގެ ވަކިވަކި ބައެއް މަޝްރޫއުތަކުގެ ތެރެއަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ވަދެ ދިރާސާކޮށް އެއިން އެއް މައްސަލަ ނިންމައި ތަޅުމުގައި މިއަދު ބަހުސް ފަށާފައިވެއެވެ.

މި މައްސަލަ ދިރާސާކޮށް އެސްއޯއީ ކޮމިޓީއިން އެކުލަވާލި ރިޕޯޓް އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ތަޅުމަށް މިއަދު ހުށަހެޅުއްވުމާ ނިންމެވުމާ އެކު، އެ މަަސައްކަތް ހިނގަަމުންދާ ކަން ނުވަތަ ނޫންކަން ކޮމިޓީ އަށް ފާހަގަވިތޯ ސުވާލު ކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބުގައި މެންބަރު އިލްޔާސް ވިދާޅުވީ އެ މަސައްކަތް ހިނގަމުންދާ ކަމަށް ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ. މަސައްކަތް ހިނގަމުން އަންނަ ކަމަށް ކޮމިޓީން ބެލީ އެ ދެ ތަނުން ދިން މައުލޫމާތަށް ބިނާކޮށް ކަަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުންނަށް މަސައްކަތް ހިނގާ މަންޒަރު ފެނުނުތޯ ރައީސް ނަޝީދު ދެން އެއްސެވިއެވެ. އެއަށް އިލްޔާސް ޖަވާބު ދެއްވީ ނުފެންނަ ކަމަށެވެ.

އެހެން މެންބަރަކަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން 72 ހައުސިން ޔުނިޓް ނުގަންނަ ނަމަ ސްޓެލްކޯއިން ފައިސާ ހޯދި ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެ 72 ޔުނިޓް، ސްޓެލްކޯގެ އަމިއްލަ ހައުސިން ޕްރޮގްރާމްގެ ތެރޭގައި ވިއްކީތޯ ވެސް އެމަނިކުފާނު ސުވާލުކުރެއްވިއެވެ. ނޫނީ މަސައްކަތް ނުހިނގަނީތޯ ވެސް ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު އިއްޔެ ހަވީރު، ބަލައިލަން ދިޔައިން ހުޅުމާލެ އަށް. އަޅުގަނޑު ފޮޓޯ ވެސް ނެގީމު. އެއްވެސް ކްރޭނެއް ހިނގާތަން ނުފެންނާތީ އަަޅުގަނޑު މިއަހަނީ،" ރައީސް ނަޝީދު ވިދާޅުވިއެެވެ.

އިދިކޮޅު ޕީއެންސީގެ މެންބަރު، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދަށް ދެއްވި ފުރުސަތުގައި ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާއަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ.

އެހެން ވިދާޅުވުމާ އެކު ނަޝީދު ވަނީ ފަޒުލްގެ ވާހަކަ މެދުކަނޑާލައްވައި އެ މައުލޫމާތު ފަޒުލް އަށް ލިބިވަޑައިގެންނެވި ގޮތް އެނގެން ބޭނުންވާ ކަަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު "އުޅެ އުޅެ" އެ މައުލޫމާތު ނުލިބޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބުއްދި

    ކެރެރީގެ ސޮރު ހުރީ ހަމައިގަތޯ ފަޒުލު އައްސަވާލެއްވިނަމަ. އަދި މަތިފެނޭތޯވެސް އައްސަވާލެއްވިނަމަ. އޭރުން އޭގެ ޖަވާބު ލިބުނީސްކަން ހަމަޔަޤީން.

    40
    4
  2. ކޮރަލް

    ކޮށްފަ ހުރި ކަންތައް ބަލާލަ ބަލާށެވެ. އިންތިހާބައް ކަމެއް ނުކުރެވުނީމަ އެހެން މިހުންގެ ފަހަތުން ދާނެ ކަމެއް ނެތެވެ.

    39
    2
  3. އިބްރާހިމް

    ރ ނަޝީދަށް ހުޅުމާލެ ދެވަނަފިޔަވަހިން ސްޓެލްކޯގެ ފްލެޓް އިމާރާތް ނުފެނުމަކީ އަޖައިބެއްނޫނެވެ. އިސްލާމްދީން އެއީ ﷲޞވޢ ރުހިވޮޑިގެންވާ ހަމައެކަނި ދީންކަން ޤަބޫލް ނުކުރާމީހަކަށް ފްލެޓް އިމާރާތް ނުފެނިދާނެކަމަށް ޤަބުލްކުރަން.

    50
    2
  4. ހުސެން

    ލޯސާފު ކޮށްލާ އަދި ކިތައް އައިނު ބޭނުން ފްލެޓެއް އެބަހުރިތަ އުބޭހު ؟

    13
  5. ޑަބިޔާ

    އިންތިހާބު ކައިރި ވާވަރަކަށް ހާދަ ވާހަކައެއް. އެލެކްސް މެން ވައްކަން ނޫން އިތުރު ކަމެއް ނުކުރެ. ގައުމު ހަލާކުވެއްޖެ. ނުބައި ބަޔަކަށް ރަނގަޅު ކަމެއް ނުކުރެވޭނެ

    11
  6. ވަޒީރު

    މީނަ ކޮންހައިސިއްޔަތަކުންތަ ސަރުކާރުހިންގުމުގެ ކަންތައްތަކާމިބެހެނީ ބަލަކަލޭތީ ރައްޔިތުންމަޖްލިހުގެރައީސޭ ކަލޭގެމަސއްކަތަކައްވާނީ ޤާނޫނުހެދުމޭ ސަރުކާރުހިންގުމުގެ މަސައްކަތްކުރަންޖެހޭނީ ރައީސްކަމުގެ ހުވާކުރި ރައީސް އިބުރާހިމް މުހަންމަދުސޯލިހުއޭ ތީބޮޑުވަޒީރުތަ

  7. ދަރަނި ދަންތުރަ

    ކަލޭނޭ މި ނަސީދަށް 5 ފޫޓަށްވުރެ މަތި ނުފެއްނަނީތަ ؟ 25 ބުރީގެ ދަރުމަންތަ ހޮސްޕިޓަލް ވެސް މިސޮރަށް ނުފެނޭ ސޮޓެލްކޯގެ އެއޮށްބޮޑު ފުލެޓުވެސް ފުލެޓު ދޮންބެޔަށް ނުފެނޭ މިއީ އަނެއްކާ ދެލޯ ދުންމާރި އެއްތަ ؟

  8. ދަރަނި ދަންތުރަ

    ނަސީދޫ ތިޔައައިނު ނަގާފައި ޑައިވިން މާސްކެއް އަޅާބަލަ އޭރުން ކަލެޔަށް ފުލެޓު ނުފެނުނަސް ބަނގުރާ ފުޅިއެއް ފެނިދާނެ ބުރާންތި ބޮޑުވަޒީރޯ