ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޕެއިންގައި ބައިވެރިވިކަމަަށް ބުނާ މައްސަލަ ބަލާނެ ކަމަށް އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެޕާޓީން މިގޮތަށް ބުނެފައި ވަނީ، ފުވައްމުލަކުގައި ޕީޕީއެމްގެ ކެންޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ ފޮޓޯއެއް އާއްމުވުމާއި ގުޅިގެންނެވެ.

އެ ފޮޓޯތައް އާއްމުވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ، މަލީހް އިދިކޮޅު ކޯލިޝަންގެ އިވެންޓެއްގައި ބައިވެރިވި ފޮޓޯއެއް އާއްމުވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން އެ ޕާޓީން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ. އަލީ ސޯލިހް ވިދާޅުވީ، އެ ޕާޓީން ކައުންސިލް އިންތިހާބުގައި ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓުންނާއި އެކުގައި ކަމަށާއި، އެހެން ނަމަވެސް އެ ޕާޓީ އޮތީ ސަރުކާރުގެ ކޯލިޝަނާއި އެކުގައި ކަމަށެވެ.

އަދި މަލީހް އިދިކޮޅު ހަރަކާތެއްގައި ބައިވެރިވެފައިވާކަމަށް އެނގުނީ މިީޑިއާއިން ކަމަށާއި، އެކަން އަދި ޕާޓީގެ ކައުންސިލަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އެފަދަ ކަމެއްގެ ވާހަަކަދެކެވެމުންދާތީ، އެއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެއީ އެ ޕާޓީން އެނގިގެން ހިނގާފައިވާ ކަމެއް ނޫންކަންވެސް އަލީ ސާލިހް ފާހަގަކުރެއްވިއެވެ.

މަލީހް އިދިކޮޅާއި ގުޅިވަޑައިގަނެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާއިރު، އޭނާއަކީ ރައީސް ޞާލިހް ވެރިކަމަށް ގެންނަން ވެސް އެންމެ ވަރުގަދައަށް މަސައްކަތް ކުރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަނި

    ފުރަތަމަބަލާށެވެވަޒީރު ކަމުންވަ ކި ކުރި ކިވެގެން ކަން އަލީސޮލިހަށް މިނިސްޓަރު ކަން ދޭންވެގެންތޯ ދެން ކަޑާލާނީ ކަލޭ ކަން ނޭގޭ

    7
    1
  2. ބަހުބަރު

    ބަލާނެއެއްޗެއްބަލާ. ޖޭ.ޕީ ބޮނދާ އޮވެގެން މަޖިލީސް މެދުވެރިކޮށްގެންހިންގި ކަމެއްކަން
    ފަޅާއަރައިފި. ޖޭ.ޕީ.ބޭނުންގޮތެއްވާންޖެހިފަ. މަލީހު
    އާދެކޮޅަށް ނަހަމަގޮތުގައި ކަށިޖެހީމަވެސް ތިބުނަނީ
    ޖޭ.ޕީ.ގަސަލާމްޖަހާށޭތޯ؟މަލީހުތިކަމެއްނުކުރާނެ. އެއަށްވުރެން ފުޅާވާނެ.

    10
    1
  3. ....

    އޭނަ ވަޒީރުކަމުން ވަކިކުރީ ކިހިނެއްތޯ ނުބަލާ ތިކަން ބަލަން ބުނީމަ އަޅުވެތިވެފަ ވާ މިންވަރު ހާމަވޭ ގާސިމާ

    11
  4. ޝޮކްތެރަޕީ

    ޖޭޕީ ސިޔާސީ ދާއިރާގަ އުޅެނީ ވިޔަފާރި ކުރަން ދަށުން ދަމާ ކުޅެން.

  5. އިއްސޭ

    މަލީހުއަކީޖޭޕީއަދިގާސިމުގެއަޅެއްނޫން

    8
    1
  6. ދޯ

    ވެރިކަން ގޯނިން ބޭރުކުރުން މަލީހު ގެ ޒިއްމާ އެއް... ނޫނީ އިތުބާރެއް ނެއް

  7. ހުސޭނުބެ232323232

    ޖުމްހޫރީ ޕާޓީއަކީ މީހުން މާގިނަ ޕާޓީއެއް ނޫން. މާމޮޅުވެގެން މަލީހުގެ މައްސަލަ ބަލާފަ ޕާޓީން ބޭރުކޮށްފިނަމަ މަދުވެގެން 1000 އަކަށް މީހުން ޕާޓީން ވަކިވާނެ.

    9
    1
  8. ނަސްރީނާ

    ބެލިއްޔާ ކޮންކަމެއްވާނީ!
    ޖޭ.ޕީ ވެސް އަޑީ އޮވެގެން މަލީހު ވަޒީރުކަމުން ބޭރުކޮށްފަ ލަދެއް ނުގަނޭތަ، ކޮބާ މިކޯލޭޝަން ސަރުކާރު ގެންނަން މަލީހު ކުރެއްވި މަސައްކަތް،
    މަލީހަކީވެސް މިނިވަން ދިވެހި ރައްޔިތެއް، ޤާނޫނުން ލިބިގެންވާ ހުރިހާ ޙައްޤެއް މަލީހަށްވެސް އޮންނާނެ،