އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ކޮވިޑަށް ފައްސިވީ ރޭގެ ވަގުތެއްގައެވެ.

ކޮވިޑަށް ފައްސިވި ނަމަވެސް އާޒިމް އަދި ހުންނެވީ ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ. ހުން ގަދަވި ނަމަވެސް އާޒިމްގެ ހާލު އަދި ސީރިއަސްއެއް ނޫނެވެ.

އާޒިމް ކޮވިޑަށް ފައްސިވި ނަމަވެސް އޭނާ އާއި ގާތުން ބައްދަލުވެގެން މަޖިލީހުގެ އިތުރު މެންބަރަކު ކަރަންޓީންކޮށް ނުވަތަ ކޮވިޑަށް ޓެސްޓް ކުރި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އާޒިމަކީ މިހާތަނަށް ކޮވިޑަށް ފައްސިވި ފުރަތަމަ މެންބަރެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ ކޮވިޑަށް ފައްސިވި މީހުންނާއި ގާތުން ބައްދަލުވުމުން މީގެ ކުރިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކޮށްފައެވެ.

ރާއްޖެ އިން ކޮންމެ ދުވަހަކު ވެސް ކޮވިޑަށް ގިނަ ބަޔަކު އަންނަނީ ފައްސިވަމުންނެވެ. ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 20900 އަށްވުރެ ގިނައެވެ. މިހާރު ވެސް ބަލި ޖެހިގެން 2500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. ސަފަރު ކައްދަގެ ތިއްތިބެ

  މަޖިލިހުގެ ތަޅަމުގައި ގައިދުރުކަމެއް ނެތި އަދިވެސް ޕާރޓީ ބާއްވާ ! ގެޓް ވެލް ސޫން ބްރޯ!

  15
  2
 2. ބޯގޯސް

  އަދިވެސް ދާނީ ޕާރޓީ ކުދިން ގޮވައިގެން އު ފަންދުވަސް ފާހަގަކޮއް ކޭކު ފަޅަން ތިޔަ ހުރިހާަމަރުމޯލުތައް ޖެހޭނީ ކަރަންޓީން ކުރަން

  26
 3. .....

  މުޅިމަޖްލިސް ކަރަންޓީން ކުރާކަށް ނުޖެހޭތަ...

  21
  2
 4. ނާސިރު ބުނިބަސް އެހިންތަ؟

  އެހެންވީމަ މުޅި މަޖުލިސް ހުއްޓާލަން ޖެހޭނެ ދެން

  20
  1
 5. ކިޑޯ

  ބޭނުން އެއްޗެއް ބޭނުން ބަޔަކަށް މަޖިލިސްތެރޭ ހެދިދާނެ. ގަދަބަސް ބުނެ މީހުންގެ ހައްގުތައް އެއްވެސް ކުށަކާނުލާ ނަގާލަމުންދާއިރު ހައްގުގޮތް އެއްކިބާކޮށް، ފަސާދައަށް ހިތްވަރުދީއުޅުނު ތި މީހާގެ އެއްވެސް އާރެއް ބާރެއް ނެތްކަން މިއަދު ތިޔަ ހާމަވެގެންދިޔައީ. ﷲ ގެ މަގަށް ރުޖޫއަވެ، ލާދީނީ ބައިގަނޑުގެ ކިބައިން މި ގައުމުގެ މަތީފަޑި ސަލާމަތްކޮށްދުވަސް ފެނިގެން ދިޔުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް.

  31
 6. މާސީ...

  މަ ހީކުރީ މަޖިލިސް ކުދިންނަށް ކޮވިޑް ނުހެހޭކަމަށް!! އާޒިމަށް އަވަސް ޝިފާއަކަށް އެދެން

  20
  3
 7. މަކީލް

  ފުއްޕާފަ އުޅެވެއްޖެއެނުން،

  25
  2
 8. ފުވައްމުލަކު ޒުވާންޖީލު

  ދެންއަވަހަށް ކުއްލިމައްސަލައެއްގެގޮތުގަ ތިކަންވައްދާފަ ކޮވިޑުގެ އިތުބާރުނެތްކަމަށް ރީނދޫމެންބަރުންގެ އިއްތިފާގުންފާސްކޮށްލާ!!!

  25
  1
 9. ރައީސް ޔާމީން

  ހެޕީ ބާރތު ޑޭ ލޯބީ.

  9
  2
 10. ޙަސަނުބެ

  ޢަލްޙަމްދުލިއްﷲ

  11
  5
 11. ޅަބޭ

  މަޖިލިސްތެރޭ ފެލެވޭލެއް މާމަދީ.

  17
  2
 12. އަނެއް އަންނި

  މިގޮލާއަށް މީގެ ހުރި ވޭން ރަނގަޅަށް އިހުސާސްވުން އެދެން

  13
  3
 13. ހުސެން

  ސާބަހޭ އާޒި މޫ އަދިވެސް މައްސޫރުވޭތޯ..ކޮބާ ޖާބިރު...އިތުރު ފްރެންޑެއް ލިބިއްޖެދޯ ހާ މިދު އަނުދުލް ގަފޫރު..

  10
  1
 14. އިއްސޭ

  މމމމމ މީދެން އަޅެ ކާކުތަ މީނަލަދު ނުގަނޭތަ ބިރުނުގަނޭތަ..

 15. ޑަބިޔާ

  ތިމީހާ ކޮވިޑް ޖެހިއްޖިއްޔާ ތީ ޓެސްޓް ގެ މައްސަލައެއް ތިކަހަލަ މާތް މީހަކަށް ކޮވިޑް ނާންނާނެ

  14
  2
 16. ޢަހުރ

  މިއީވެސް މުޒާހަރާ އަށް ނުކުތް މީހެތްތަ.؟ ޑައިރެކްޓު ކޮންޓެކްޓުނަގެ ގިތުގައި ޕާޓީކުރި އެންމެން ވާނެތާ

  21
 17. ޢަލި

  މިސޮރު ވެސް މިހުންނަނީ ވެކްސިން ނުޖަހާތަ ކީއްވެތަ ބުރާންތި ވެކްސިން ނުޖެހީ.

  13
  1
 18. އިބޫ

  މުޣުނީ ކޮބާ؟؟؟

 19. Anonymous

  އަލްހަމްދުލިﷲ.

  7
  5
 20. ޕޮގުބާ

  ހިޔޮވެދާނެ ކޮވިޑް ބަލިޖެހޭ މީހުން ގިނަވު މަކީ ރަގަޅެއް

  12
  1
 21. ޙ

  މީނާގެ އުފަންދުވަހުގެ ޕާޓީ ރައްޔިތުންގެ މަޖިލީހުގަ ބޭއްވީ މިހަފުތާގަދޯ އެތައް ބަޔަކު އެއްކޮށްގެން

  17
 22. ކިސްމަތު

  ވަރަށް އުފާވެއްޖެ

  10
  4
 23. ސަންތި މަރީގެ ދޮންބެ

  ވަރަށް ބޮޑަށް އުފާވެއްޖެ

 24. އަޙްމަދު

  މަޖްލީހުގެ މީހުގެ މީހަކު ކޮވިޑް ޖެހިގެން ވަނީ ސިއްރުކޮށްފައި ކަމަށް ޙަބަރު ލިބުނު މިފަހަރު މިވީ ކިހިނެއްބާ! ކީއްވެބާ މިކަން ސިއްރު ނުކުރެވުނީ!!!

 25. އަސްލު

  އަދިވެސް ކުށެއްނެތް މީހުންގެ ބޮލުގަ ދޮގުބަދުނާމު އަޅުވާ... މީނައަށް ހީވަނީ މިނޫނީ މީހެއްނެތްހެން... އަމިއްލަ އަށް މީހާ ފެނި ބޮޑާވަންޏާ އަދި ދުލާ އަނގައާއި މައިތިރިނުވަންޏާ ވާނެ އަދި ތިއަށްވުރެ ބޮޑަތި ކަންކަންވެސް... ދެން ކޮބައި މީނަ އާއިއެކު މަޖިލީހުގަ ޕާޓީ ކުރިއެންމެން...

 26. ފަރުވާ ބަހައްޓާ

  އަލްހަމްދު ލިއްލާހި

 27. ޖަޒީރާމަނިކު

  ތިޔާވީ ހެޔޮކޮށް.

 28. ބެއްޔާ

  ކޮބާ އެޗްޕީއޭ؟. މަޖިލީހުގައި ކޭކުފެޅުމުގައި ބައިވެރިވި ހުރިހާ މީހުން ކަރަންޓީނު ކުރަންޖެހޭ. ކޭކުފެޅިފަހުން14ދުވަސް އަދި ނުވޭ.

 29. އެޖެންޑާ2021

  ކޮބާކަލެއަށް އޮތްބާރަކީ މިވަގުﷲމަތިން ހަނދާން ކުރިއަސް ތިކަމުން ޝިފާލިބުމުން ކުރިއެކޭ އެއްގޮތްވުންގާތް. މިހާރު ތިބަލީގެ މުއްދަތަކާ ވާނެގޮތެއްވެސް އެކަކަށްވެސްނެއިގޭނެ. އަހަރެން އެއްވެސްމީހަކުބަލިވިއަސް، މަރުވިއަސް އުފަލެއް ނުވަން. ބައެއްމީހުންނަކީ ކުރިން ބަރާބަރަށްނަމާދު
  ނުކުރާމީހުން. ނަމަވެސް އެފަދަމީސްމީހުން އެމީހެއްގެ މައިންބަފައިން ، ނޫނީ އެހާބޮޑުއަޘަރެއް
  ކުރާކަހަލަ މީހަކު މަރވުމުން ޖަނާޒާގެކަންކަން
  ނިއްމާލާއޭގެފަހުން ބަރާބަރަށް ނަމާދު ކުރާމީހުން
  އެބައުޅޭ. އަނެއްބައަކު ފެއްޓިއަސް އެކަން ހުއްޓާ
  ލައެވެ. ވީމާ، އަޅުގަޑުނަންގަންނަންއޮތީ ޙަސަދަ އާއި ، ރުޅިވެރިކަންއެއްކިބާކޮށް އަޚްވަންތަކަމުގެ މާތް ފޭރާމުން ފޭރާންލާށެވެ.ތީވެސް އިމްތިޙާނެއް
  ކަމަށްވެދާނެއެވެ. ﷲއަހަރެމެން އުފެއްދެވީ މަނި
  ތިއްކަކުންކަން ހަދާންބަހައްޓާށެވެ. ހެޔޮމަގުގައި ފައތިލަ ޘާބިތުކޮށް ފަހަތް އެނބުރިނުބަލާށެވެ.

 30. އެމަންޖެ

  ކަރަންޓީން އައް ހުރިހާ މަޖިލިސް ބޭފުޅުން 7 ތަރީގެ ރިސޯޓަކައް ގެންދޭ.

 31. Anonymous

  އާދައިގެ ރޯގާއެކޯ. ރާއްޖެއެއްނުހުއްޓުވޭނެއޭ ދުނިޔެއެއް ނުހުއްޓުވޭނެއޭ. ކެމްޕޭން ނުހުއްޓުވޭނެއޭ. އިދިކޮޅަށް ޖައްސާފައި އޭ ކީމީހުންކޮބާ. ﷲ ބިރުވެތިވޭ ނިކަމެތި އިންސާނުންމީ އަހަރެމެންމީ. މިހިނދުވެސް އަހަރެމެންގެ ފުރާނަ ގެންދަވާ ފާނެ. ވަގުތު އޮއްވާތައުބާވެ އިސްލާޙްވޭ. މާގަދަ ބަސް ބުނެފައި ފުއްޕާފައި އެކަކަށް ވެސް ނޫޅެވޭނެ. ޤިޔާމަތް ދުވަހަކީ އަންނާނެ ދުވަހެއް ކަމާއި ހިސާބު ބެލެވި ޖަޒާލިބޭކަން އަންގަވާފައި އޮތީ .

 32. ހުޖޭމާ

  ކޮންޓެކްޓް ލިސްޓު! ކަރަންޓީނު!
  އޭނާޔަށް ވީމަ ނެތީތަ؟

 33. ރައިޙާނާ

  ދުޢާއަކީ މިކޮޅަށްވުރެ އެކޮޅު!