މާލެ އާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖްގެ މައި ތަނބުތައް ގުޅާލުމުގެ ފަހު މަރުހަލާގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ މައި ތަނބުތަކުގެ ތެރެއިން 21 ވަނަ ތަނބާއި 22 ވަނަ ތަނބު ގުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މި މަހުގެ 12 ވަނަ ދުވަހު ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖްގެ މައި ތަނބުތައް ގުޅާލުމުގެ ފަހު މަރުހަލާގެ މަސައްކަތް ފެށުނުއިރު ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ ޝެޑިއުލް އާއި އެއްގޮތަށް ކަމަށް މިނިސްޓަރު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ބްރިޖްގެ މަސައްކަތް ނިންމަން ތާވަލް ކޮށްފައި ވަނީ މި އަހަރުގެ ފަހުކޮޅަށެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައި ވަނީ އަމާޒަކީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހާއި ހަމައަށް ބްރިޖްގެ މަސައްކަތް ނިންމާ ހުޅުވުން ކަމަށެވެ.

"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހިއެވެ. ބާކީ 72 މިލިއަން ޑޮލަރަކީ ލޯނެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނާއި ސައިކަލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ހަދާނެއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަ

    ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް އެއީ ބެޔަސް ނުބެޔަސް 10000ރ. ދަނޑުވެރިންނަށް 8000ރ. ކޮބާ؟؟؟؟

    • މަވެ

      ދޯ؟

  2. ޑަރޯގާ

    ބެޔަސް ނުބެޔަސް ވާހަކަ އިހަށް ބާއްވާފަ ބަލާދީބަލަ އެމެރިކާ ސަފީރު އިދިކޮޅުގެ އަނބިންނާ ބައްދަލްކުރީ އެކަހެރިކޮށް ތޯ؟ ޢެހަކަލަ ވާހަކައެއް ދެކެވޭ މިދަނޑިވަޅު ގައި މިކަން ސާފްކޮށް ދީބަލަ.

    • ާޅަކޮެރ

      ޜަނގަޅު

    • Çùŕè

      ގެޓވެލް ސޫން ބަޑީ

  3. ފަޓުރިއްސަލާ

    ގަދަ ރައީސެއް ހުވާ މިބުނީ

  4. ހަބޭސް

    ކަމަކީ ބޮޑު ، ބިޔަކަމެއް ބުރަމަސައްކަތެއް ޚަރަދު އެއަށްވުރެ މާބޮޑު ވަރަށްބާރަށް މަސައްކަތް ކުރިއަށްދާއިރު މަސައްކަތުގެ ކޮލިޓީ އާއި މެދު ސުވާލު ނުއުފެދޭނެ ބާއްވައޭ ހިތަށްއަރާ ރަގަޅިއްޔާ ވަރަށް ރަގަޅު ގޯސްކޮށް އެއްމެކަމެއް ވިއަސް މުޅި ޕްރަޖެކުޓު ޚަރާބު

  5. ނުރަބޯ

    މިހެންވެ ދިވެހިރައްޔިތުންގެ ތެރެއިން ވިސްނުންތެރިން ބޭނުންވަނީ ރައީސް ޔާމީން އަދިވެސް ވެރިކަމުގައި ހުންނަވަން.

  6. ނަމަ

    ބްރިޖް ނިމޭއިރު ވެރިކަން ނުގެއްލުނިއްޔާ ވެދާނެ