މި ސަރުކާރުގެ އަމާޒަކީ ވެރިރަށް މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އެޅުން ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާން ކުރި ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ގާތްގަނޑަކަށް 25،000 އެއްހާ މީހުން ކުރިމަތިލި އިރު، އެ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތަކުގެ އަދަދަކީ 6،720 އެވެ. އޭގެ ތެރެއިން 3،600 ފްލެޓު ލިބުނީ މާލެ ރައްޔިތުންނަށެވެ.
އެހެންވެ، މިއަދުގެ ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި 20،000 އަށް ވުރެ ގިނަ ރައްޔިތުން ތިބި ކަން ފާހަގަ ކުރައްވައި، އެމީހުންނަށް އެކަން ކޮށްދެވޭނެ ޕްލޭނަކީ ކޮބައިތޯ އަސްލަމްއާ ސުވާލު ކުރައްވައިފައެވެ. އަދި އެކަން ތަންފީޒު ކުރެވޭނެ ތާރީހެއް އޮޅުން ފިލުއްވައި ދެއްވުމަށް ވެސް އީވާ އެދިވަޑައިގެންނެވިއެވެ.
އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ 11 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން ސައިޓްގައި އަމަލީ މަސައްކަތް ފެށިފައި އޮތީ ދެ މަޝްރޫއެއްގައި ކަމަށް ވިދާޅުވިއެވެ. ޓެންޑަ ކުރުމުގެ މަރުހަލާގައި އެޗްޑީސީއިން ކުރިއަށްދާ ދެ މަޝްރޫއެއް އެބަ އޮތް ކަމަށް ވިދާޅުވިއެވެ. އަދި ދެ މަޝްރޫއެއް ފްރޭމްވޯކް އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކަމަށާއި ނެގޯސިއޭޝަން މަރުހަލާއެއްގައި ދެ މަޝްރޫއެއް އެބަ އޮތް ކަމަށް އޭނާ ވިދާލުވިއެވެ.
"މި މަޝްރޫއުތަކުގެ ޖުމުލަ އަދަދަކީ 15،222 ހައުސިން ޔުނިޓްގެ އަދަދު. މި އަހަރުގެ ތެރޭގައި 5000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] ވާނީ ވިދާޅުވެފަ. އެއީ އަޅުގަނޑުމެންގެ [މި ސަރުކާރުގެ] އަމާޒު." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކާއި ފްލެޓް ލިބުނު ފަރާތްތަކާއި ފްލެޓް ނުލިބޭ ފަރާތްތަކުގެ ތަފާސްހިސާބުތަކެއް ވެސް ހިއްސާ ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެ ރަށްވެހިންގެ ތެރެއިން ފްލެޓްތަކަށް ކުރިމަތީ 9614 މީހުންނެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 3984 މީހުންނަށެވެ. އަދި ފްލެޓް ނުލިބޭ 5630 މީހުންވާ ކަމަށް ވިދާޅުވިއެވެ. ބާކީ 11000 އެއްހާ މީހުނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އައިސް ދިރިއުޅޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަކީ އެއް އާމްދަނީއެއް ލިބިގެން އެއް މިންވަރެއްގެ ތަނެއް ބޭނުންވާ ރައްޔިތުން ނޫން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ސަރުކާރުތަކުން މަޝްރޫއުތައް ކުރިއަށް ގެންދިޔައީ މި ހުރިހާ އެންމެންނަށް ވެސް އެއް ގޮތަކަށް ހުރި ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން މަޝްރޫއުތައް ގެންދަނީ ތިން ފަންތީގެ މީހުންނަށް އަމާޒުކޮށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން މީހުން ކަނޑައަޅާފައިވަނީ "އިންސާފުން ބޭރުން" ކަމަށް ބުނެ މި ސަރުކާރުން ވަނީ އެ ލިސްޓު މުރާޖައާކޮށްފައެވެ. ލިސްޓު މުރާޖައާ ކުރިއިރު އާ ލިސްޓުގައި ކުރިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ވަރަށް ނިކަމެތި ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކުގެ ނަން ލިސްޓުން ވެސް އުނިވެގެން ގޮސްފައިވެއެވެ. މިކަމާ މި އާއިލާތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތިނޫން އަމާޒެއްނެތް މީހަކުނެތް ، އަހަރެންވެސް ތިއަމާޒުގައި މިހިރީ ، އެކަމަކު ކޮންދުވަހެއް ކަމެއްނޭނގެ
އަނެއްދޮގު ކުރީ ސަރުކާރު ތަކުން އެކި ފަންތިއަށް ހަދަމުން ދިޔައީ ޕެންޓް ހައުސް ވެސް އެބަހުރި އެއަށް ވުރެ ދަށް ފަންތިތައް ބައިވަރު އަސްލަމު ތިޔަ ވަރަށް ދޮގު ނަަހަދާ
އަމާޒު ހިފައިގެން ތިއްބަ ދައުރު ހަމަވެގެން ފައިބަންޖެހޭނީ. ކައުންސިލް އިންތިޚާބަށް ޖަހާ ބެރެއް ތީ.
މިސަރުކާރުން ކުރިންބުނި މާލެސަރަހައްދުގަ ފުލެޓެއް ދެނެއް ނާޅާނެވޭވެސް އެހެންވީމަ ތިޔައީ ކައުންސިލް އިންތިހާބު ކައްވާލަން ޖައްސަވާ ކަޑަތަކެއް ދެއްތޯ
އަޅެ މީ ކޮންފަދަ އަނގަޔަކުން ވާހަކަދައްކާ ބައެއްތަ ކިތަށް ފަހަރު ތިގޮތަށް ފްލެޓް އަޅައިފި
އޭ ކީކޭ؟ ހައްތަހާވެސް އަމާޒު! ޞާލީހްގެވެސް ހުސް އަމާޒު!
ތި ހުރިހައި އަމާޒެއް ގޮސް ހުއްޓެނީ ބައިތުލްމާލަށް! ދައުރުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ! ކޮށްދެވުނު ކަމެއް ނެތް! ބައިތުލްމާލުގައި ލޯ ލީރިއެއްވެސް ނެތް
ރ ޔާމީން ސަރުކާރުގައި އަޅާނިންމާ ފައި ހުރި 7000 ހައުސިންގ ޔުނިޓް މިވެރިކަމަށް 5 އަހަރު ވެގެންދާއިރު، އޭގެ ހައްގު ވެރިންނަށް ހަވާލް ނުކުރެވުނު ބަޔަކަށް 15000 ހައުސިންގ ޔުނިޓް އެޅިދާނެކަމަށް ގަބޫލްކުރާނީ ކާކުބާ!
އަސްލަމު ތީ މާލޭބޭފުޅެއްތޯ .
ކީއްވެ އަސްލަމްގެ އަމިއްލަ ފުލެޓު ހުންނަންވީ.
މީނަ ނޫން އެއްވެސް ރާއްޖެތެރޭ މީހަކައް ފުލެޓު ހައްގެއް ނޫން.
އަސްލަމުމެން ކިތެއްމެ ވާހަކައެއްދެއްކިއަސް މިހާރު ޤަބޫލެއްނުޖުރެވެއި އަބަދު ދޮގާމަކަރު ހަދާތީ އިދިކޮޅުގައި މިހާރުއޮތްކަހަލަ ހަރުދަނާ ޕާޓީއެއްނެތްނަމަ ރައްޔިތުންގެ ދުވަސްދާނެކަންޔަޤީން މީހަމަތެދެއް
ސިޔާސަތަކީ ދެއިރު ދެދަޅައަށް ބަދަލުވާ އެއްޗެއްނަމަ ވަރަށް ދެރަވަރު. ކޮބާތޯ އަޅުގަނޑުމެން އަތޮޅުތަކުގެ ފައިސާގެ ތަނަވަސްކަން ނެތް ރައްޔިތުންގެ ގޯތިތަކުގައި އަޅުއްވައިދެއްވަން ބުނުއްވި ހައުސިންގ ޔުނިޓްތައް.....އަޅުގަނޑުމެން ލޯނެއްނޫން ބޭނުމީ..... ހައުސިންގ ޔުނިޓް އަޅުއްވާ ދެއްވާ ދިގުމުއްދަތަކަށް ފައިސާ ދައްކާ ގޮތަށް
ފުރަތަމަ އަތުގަ ހުރި ތަންތަން ދީ ނިންމަބަލަ އެއައް ފަހު ދެން ކަމެއް ކުރެވާތޯ ބެލުން ރަނގަޅުވާނެ ކަންނޭނގެ..
އަޅުގަނޑުމެން ވާ ވައުދުތަށް މުޅިންވެސް ހުންނާނީ މިހެން . ރައްޔިތުން ގަބޫލު ކުރާތީ ވަރަށް ބޮޑަށް ޝުކުރިއްޔާ
ތީ ކޮންމެހެން ކުރަން ޖެހޭ ކަމެއް
އާމަޒަކީ މިކަން މިހެން ކުރުން
ތީ ، މީ ރަނގަޅު ކުރަން ޖެހޭ ކަމެއް
މިވެނި ކަމެއް މިވެނި ތާރީޚެއްގައި ފެށޭނެ
މިއައްވުރެ ފެންވަރު ރަނގަޅު ވާނެ
ހާދަ އަމާޒެއް މިސަރުކާރުން ކޮށްފިޔޭ އެކަމް ކޮންމެ އެއްޗެއް ދަނީ ޓާގެޓުން ކަޓާ ވެރިންގެ ޖީބަށް. އަމާޒު ހިފަނީ ޖީބަށް ރައްޔަތުން ނަށް ފެންނަނީ އަވާ މެންދުރެއް.
ތި ހުރިހާ ފުލެޓު ތަކެއްވެސް ދޭނީ ހަމަ މުއްސަތި މީހުންނަން ގެދޮރުގެ ތަނަވަސްކަން ތިބި މީހުނަށް . ދެން ސަރުކާރުގެ އިސް މާޤާުމު ތަކުގައި ފައިސާއިން ފިޔަ ޖަހާމީހުންނަށް، މަޖިލިސްގެ ހޫނު ގޮޑި ފުރާ ހަދާ މީހުންނަށް، ނިކަމެތީންނަށް، ލިބޭނީ ލައްވާލާ ކޮޅުން ހިމުން ފެލި ފުކެއްވަރު ތަންކޮޅެއް، ދެން ކިޔާނެ ބޮނޑު ސުރުހީގެ ތަފާތު ހިސާބުތައް ހަދާގެން، މިފަހަރުވެސް ފުލެޓްތައް ދީފައިވާނީ ދަތި ހާލުގައި އުޅޭރައްޔިތުންނަށޭ، ހުސްދުގު ހަދާގެން ގައުގެ ރައްޔިތުން ބީކަކޮށްފި!
ފަނަހާސްތަ! އެއްމެހާހެއް އެޅިނަމަވެސް މަ އޮންނާނީ ހުމާ
މިހާރު މިބައިގަނޑު މިކުރާކަމަކީ ކައުންސިލް އިންތިހާބު ކާމިޔާބުކުރެވޭތޯ ރޯ ބުހްތާނު، ހޮޅި ވަޢުދުތައްމިވަނީ ރައްޔިތުން ސަމާލުވެ ހޭލާ ވިސްނާތިބޭތި މިޤައުމު ދިފާޢު ކުރަންޏާ މިސަރުކާރަށް ވާގިވެރިވާ އެއްވެސް މީހަކަށް މިފަހަރު ވޯޓު ނުދޭތި
ކޮން އަމާޒެއް ކިޔާކަށް .
ޢަމާޒު އެއީ ޔާމީން ގެންގުޅޭ އަޔްމަތީ ބަސް.
ކަލޭމެންގެ އަމާޒެއް މިސްރާބެއް ނެއް.
އަހަރެންގެ ފްލެޓް ވަގަށް ނަގައިގެން ހުރީތީ އަބަދުވެސް މި ސަރުކާރު ބަލިކަށިވެ ވެއްޓޭތޯ ދުއަ ކުރާނަން..
ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި މީހުންގެ ލިސްޓު އިންސާފު ނުވާކަމަށްބުނެ މިސަރުކާރުން އެލިސްޓުއަލުން ހައްގުވާ މީހުން ކޮށާމަށާލިއިރު ވަރަށް ހާލުގަ އުޅޭމީހުން ބާކީވުމަކީ މިސަރުކާރުން އިންސާފު ގާއިމްކޮށް ހައްގުހޯދަދޭން އެނގޭކަން ސާބިތުކޮށްދޭ ހެއްކެއް
15 ހާސް ފްލެޓް އެއީ ކުރިއަށް އޮތް 100 އަހަރުންތަ؟
އަސްލަމުމެން އަބަދުވެސް ކުރާނީ އަމާޒު ޚިޔާލު ދިރާސާ ދެންހުންނާ ގޮންޖެހުން ދުވަހަކު ކަމެއް ނުފެށޭ ނުކުރެވޭ!!