ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައި ހުރި މޭސްތިރިޔާ، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވާލުމުން އެނބުރި ރާއްޖެ ނައިސް ފިލި މައްސަލައިގައި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބާޣީ ލުތުފީ ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގައެވެ. އޭގެ ފަހުން ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގައެވެ. ނަމަވެސް 2019 ގައި ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ވަނީ ހޯދައިފައެވެ.

މި ކަން އާންމުންނާ ހަމައަށް އައީ މަސްތަކެއް ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ދިވެހި ސަރުކާރުން ލުތުފީ އެމްބަސީގައި ހުރި ކަމަށް އެއްބަސްވެ އެ ކަން ހާމަކުރުމުންނެވެ. ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މަސްތަކެއް ފަހުން ލުތުފީ އަނބުރާ ގެނެސް ފިލި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލިއެވެ.

މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ބާޣީ ލުތުފީ ވަނީ ފިލައިގެން ދިޔަ ކަމަށް އެއްބަސްވެފައެވެ. އަދި އަދަބު ލުއިކޮށްދިނުމަށް އޭނާ އެދުނެވެ. އަދި އޭނާގެ ބަލި ހާލަތު ދަށް ކަމަށް ބުނެ ލުތުފީ ވަނީ ގޭބަންދަށް ބަދަލު ކޮށްދިނުމަށް ވެސް އެދިފައެވެ.

މި މައްސަލާގައި ދެ ފަރާތުން ރިއާޔަތް ކުރި ކަންކަމަށް ބިނާކޮށް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ލުތުފީގެ މައްޗަށް ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ގާނޫނުގައި އޮންނަ ގޮތުން ލުތުފީގެ އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ. އެކަމަކު ދައުވާއަށް އިއުތިރާފްކޮށް އަދަބު ލުއިކޮށްދޭން އެދުމުން އެ އަދަބު ކުޑަކުރެވެން އޮންނަ މިންވަރަށް ހަތް މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމް އިއްވަން ގާޒީ ނިންމެވީއެވެ.

2019 ގައި މާލެ ގެނައި އިރު ބަޣާވާތުގެ ކުށުގައި ލުތުފީގެ މައްޗަށް ކުރި ހުކުމުގައި ބާކީ ހަތަރު އަހަރު އޮތެވެ. ބޭސްފަރުވާއަށް ފޮނުވާލިއިރު އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ނުވަތަ 25 އަހަރުގެ ޖަލު ހުކުމްގެ ތެރެއިން ތަންފީޒު ވެފައި އޮތީ 21 އަހަރެވެ. އެ ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ޖަލުގައި ބާއްވައިގެން ތަންފީޒު ކުރަމުން އަންނަ އިރު އިތުރަށް އިއްވި ހުކުމާ އެކު އަދި ތިން އަހަރެއްހާ ދުވަހު އޭނާ ޖަލުގައި އޮންނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ހުސޭނުބޭ

    ހުކުމް ބަލާލާފައިވެސް އެބަ އެނގޭ ޖުޑިޝަރީ މުޅިން މިނިވަންކޮށް ހުކުމްވެސް އައީ ކެނެރީގެއިންކަން!

    77
    3
  2. ޟަމީރު

    އެވެސް އަދުލު އިންޞާފްދޯ؟
    މިހާރު މިގައުމުގެ އަދުލް އިންޞާފްއޮތީ

    55
  3. ރަދީފް

    ބޮޑު ވަގު ބާއީ ލުތުފީ.

    65
    2
  4. ރ

    ފިލައިގެން އުޅުނު މުއްދަތު ދެގުނަ ކުރަން ވާނެ އަދި ފިލުވި މީހުންނަށް ހުކުމް އަންނަން ވާނެ އެއީ ބާގީ އަކު ފިލުވީމާ އިންޓަނޭޝަނަލް ޓެރަ ރިސްޓެއް

    76
    2
  5. ކިޔުންތެރިއެއް

    އިންސާފުގެ ފުރިހަމަކަން. ދެންވެސް ހުރިހާ ދިވެހިން އެކު އެކީގައި އެމްޑީޕީ އަށް މި އިންތިހާބު ހޯދަ ދޭތި. 😃😃😃

    66
    1
  6. ޕިންކީ

    ލުތުފީ މެރި އެންމެ ދިވެހި ރައްޔިތެއްވެސް ނުހުންނާނެއެވެ. ލުތުފީ މިނިވަންވުމުން ފޮރުވިފައިވާ ސިއްރުތަށް ހާމަކޮއްދޭނެކަމަށް އުންމީދު ކުރަމެވެ. ލުތުފީއަކީ ބާޢީއެއްކަމަށްވެސް ގަބޫލެއް ނުކުރަމެވެ. ލުތުފީއަކީ ތެދުވެރި އަދުލުވެރި ހިތްތިރި މީހެކެވެ. ލުތުފީއަކީ ގައުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް އަދުލުވެރިކަން ހޯދަވައި ދެއްވުމަށް، އަނިޔާވެރި މަޢުމޫނާއި ދެކޮޅަށް ނުކުތް ހިއްވަރުގަދަ ފަހުލަވާނެކެވެ. ލުތުފީއަށް ކުރިއަށް އޮތް ދުވަސްތުކުގައި ބާއްޖަވެރިކަން ދެއްވާށި. އާމީން..

    4
    30
    • މާލް

      ލުތުފީ އަކީ ކުށެއްނެތް، 19 ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެދިވެހިން ޝަހީދުކޮށް މިބިމަށް ލޭއޮހުރުމުގައި ބައިވެރިވި ހާއިނެއް، ގައްދާރެއް، ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް ތިކަމެއް ނުވާނެ

      12
      • ޕިންކީ

        އޮޅުވައެއް ނުލަން، ކިތަންމެ ފުންކޮއް ދިރާސާ ކުރިޔަސް މިބުނަނީ ލުތުފީ މެރި ދިވެއްސަކު ނުހުންނާނެޔޭ، ތިޔަހެން ބުނެވެން އޮތިއްޔާ މިހެންވެސް ބުނެވިދާނެ : މަޢުމޫނުގެ އަނިޔާވެރި ދިގު ޒަޢާމަތުގައި ޖަލުގެ ތޭރި ތަކުގައި ތިބި ކިތައް ދިވެހިދަރިންގެ ފުރާނަތޯ ދުއްވާލީ؟ ކިތައް ދިވެހިންތޯ ނުކުޅެދުންތެރި ކޮއްލީ؟ ކޮބައިތޯ އެ އާއިލާތަށް؟ މަޓިޔާރަލާ ކުންފުނިޔާއި އަދި ނޮވެމްބަރ 3 ހިނގަން މެދުވެރިވި ސީދާ ސަބަބު ހާމަވާނެ ކަމަށް އުއްމީދުކުރަން.

  7. ާދަލޭކް

    ކޮބާ 19 އާއިލާ ގެ ހައްގު.މީނަ އަދިވެސް ނިކުންނާނެ މީނަޔަށް މިވަރުގެ އަދުލުވެރި ހުކުމެއް ކުރިމީހަކަށް ހުރި އަޒާބެއް ދޯ ޙަމަ ޔަގީނުންްވެސް އަޅުގަނޑުގެ ޢާއިލާ އަށް ކުރުވި ހިތާމަ އަށް މައާފެއް ނުކުރެވޭނެ .އޭގެ އަޒާބު ލިބޭނެ.. މީނަ އަށް ޢަޒީ ޢެއްގެ ލަގަބު ދީފަ ހުސްވެފަ އޮަތް މަގާމު ދެއްވާ. ޢިންސާފު ޢަރާހަމަ ކުރާނެކަން ދަންނާތި.

    16
    1
  8. ދޮނޭ

    ކީކޭތަބުނާނީ ކިތައްމެބޮޑުކުށެއްކުރިއަސް މީހުންމެރިއަސް ފެންނަގޮތަކަށް ހުކުންކުރަނީ ތެދުވެރިންކޮބާ

    16
  9. ދަންޑެހިލް

    ޟަމީރުބުނުއްވީ އެވެސް އަދުލްއިންޞާފްކަމަށް އެހެންނަމަވެސް މިޤައުމުގެ އަދުލް އިންޞާފުއޮތީ ފެންފޯއްކޯނި ހެލޭހެން ހެލިލަހެލިލާކަމަށް

    9
    1
  10. ރަދީފް

    މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސްކެވިފަ.ބޮޑު ބާޢީ.

    10
  11. މޮހޮދާ

    ދޫކޮށްލަ އެއްކޮށް

    4
    2
  12. ފަރެސް

    ތިއީ ދިވެހިގައުމުގެ މިނިވަންކަމާ، ދިވެހިގިނަދަރިންތަކެއްގެ ފުރާނަގެއްލުމާ އަދި ދިވެހިގިނަބައެއް
    ރަހީނުކުރުމާ، ގައުމާ،ގައުމުގެ ރަށްޔިތުންނަށަށް ބޮޑުގެއްލުމެއްލިބުމުގައި ނުވަތަދިނުމުގައިއިސްކޮށް
    ޙަރަކާތްތެރިވި ދިވެހި ބާގީއެއް ވީމާ، ތިފަދަބޮޑުކުށެއްކޮށްފައިވާފަރާތަކަށްހައްގުވާއަދަބުލުއިވެގެން
    ނުވާނެ އަދި ފިލުމަށްފުރުސަތުދެވިގެންނުވާނެ ނަމަވެސް ހިތާމައަކީ އެދުވަހުލިބުނުގެއްލުމަށް ބަޔަކުކަރުނައަޅާ އެކަރުނަތަށް ނުހިކެނީސް ފެނުނީ ކުށްވެރިޔާ ބޭނުންވާގޮތަށްކަންތަށްވަމުންގޮސް
    އެންމެފަހުން ފިލުމަށްވެސް ފުރުސަތުލިބި އަދި ފިލިތަން ބެލެވެނީ މިއީގަސްދުގައިކުށްވެރިޔާއަށް ދިންފުރުސަތެއްކަން ވީމާ،މިކަމުގެޒިންމާނަގަންޖެހޭފަރާތްތަކަށްހައްގުއަދަބުވެސްލިބެންވާނެ

    11
  13. ކޮރަލް

    ހުކުމް ބަލާލާފައިވެސް އެބަ އެނގޭ ޖުޑިޝަރީ މުޅިން މިނިވަންކޮށް ހުކުމްވެސް އައީ ކެނެރީގެއިންކަން!

    • ރަދީފް

      ''25 އަހަރުގެ ޖަލު ހުކުމްގެ ތެރެއިން ތަންފީޒު ވެފައި އޮތީ 21 އަހަރެވެ. އެ ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ޖަލުގައި ބާއްވައިގެން ތަންފީޒު ކުރަމުން އަންނަ އިރު އިތުރަށް އިއްވި ހުކުމާ އެކު އަދި ތިން އަހަރެއްހާ ދުވަހު އޭނާ ޖަލުގައި އޮންނަން ޖެހެއެވެ.''

  14. ކޭސަރާސަރާ

    ވެރިޖަމުގެ ދަހިވެތިކަމުގައި ބަޔެއްގެ ފުރާނަ ދުއްވާލުންވެސް އެންމެ ރަނގަޅު ކަމަށް ދެކޭ މީހުންނަކީ އަބަދުވެސް އެމީހުންނާ ދޭތެރޭ ވިސްނަންޖެހޭ ބައެއް.

  15. ޒ

    ތިއީ ޢަދުލު އިންސާފަށް ކުރި މަލާމާތެއް. 😡😡😡

  16. މަރީ

    އެއީ ފިލި ހުކުމެންނު. ދެން ކޮބާ އޭނަގެ އަސްލު ޙުކުމަށް ފިލައިގެން އުޅުނު 9 އަހަރު. ޖުޑީޝަރީއަށް ދުނިޔޭގެ އެންމެ މަތީ އެވޯޑް ހައްޤު

  17. އަލީ

    މީގެ 33 އަހަރު ކުރިން ލުތުފީމެން ޖެއްސި މާސްޓަރ ޕްލޭން ކާމިޔާބު ކޮއްފިހެން ހީވާކަހަލަ.
    ދެން މިނިވަން ވުމައްފަހު މާރިޔާ ދީދީ ކައިރިން ރަނގަޅު ސިޔާސީ މަގާމެއް ދިނީމަ އަދި މުޅި މިޝަން ކާމިޔާބުވީ. އޭރުން އަދި ނޮވެންބަރު ތިނެއް 1988 ގައި ގެންނަން އުޅުނު ބަގާވާތުގެ ސަރުކާރު ބަރާބަރައް ރަން ކުރާނީ!!!!

  18. ދޮން އާމިރު

    އެކަން ނިންމަވަނީ ނިނޫހުންތޯ....

    2
    4
  19. ލޮލް

    ދެންވެސް އަތްޖަހާ

  20. ދުންތަރި

    މި ސަރުކާރުގެ ޢިއްޒަތްތެރިނނަކަށް ބާޣީންނަކަށް މާބޮޑު ޙުކުމެއްނުކުރެވޭނެ އެހެން ނޫނަސް މިހާރު ވަކިބަޔަކަށް ކުރާ ޙުކުމްތަކަކީ ސަރުކާރުން ކަނޑައަޅާ ގޮތަކަށް ފަނޑިޔަރުން ހަމަ އެކަނި ކިޔާލާންޖެހޭ ޙުކުމެއް މިވަރަށް ޖުޑިސަރީމިނިވަންވާނީ

  21. ދެރަ

    ލުތުފީ އެއްކަމަކު މައާފް ދޭންޖެހޭ ސަބަބަކީ ކުދިއަނިޔާދީ އިންސާނަކު މަރުވަންދެކަ ޖަލުގަ ބާއްވާގެން ނުވާނެ
    މީހުންމެރީމަ ދޭންޖެހޭ އަދަބު މަރަށް މަރު ތަންފީޒް ކުރަން ނުކެރެނީ ކޮން ގައުމެއްދެކެ ބިރުން ކާކުރުއްސަން
    އެމެރިކާފަދައިން މަރުގެ ހުކުމް ތަންފީޒް ކުރޭ ދާދި ފަހުންވެސް އަދި ނިކަމެތި އަންހެން ކަނބަލަކުގެ މަރުގެ ހުމްތަންފީޒް ކޮއް މަރާފި.

  22. ހަލާލްނޫން ފައިސާ

    އިންސާފުގެ 5 އަހަރު ނިމިއްޖެ ސްޕްރީމް ކޯޓުގެ ޓިނު ނަގާގެންވެސް އިންސާފްވެރި ހުކުމެއް ތަންފީޒް ކުރި.

    5
    1
  23. އަލިބެއްޔާ

    ތައުބާވެ އިޞްލާޙު ވެއްޖެ ނަމަ ކޮންމެ މީހަކަސް ވިޔަސް މާފުކުރުން ރަނގަޅު..

    4
    3
  24. ޔާމީންމިނިވަންކުރޭ

    މި އެމްޑީޕީ އަކީ ކަމުދާބައެއްނޫން! އެމަކަު ޕީޕީ ކުދިން މަޖީލީސް ހިސޯރުކޮށްގެންވެސް 7 އަހަރު ކުރިކަމަކީ ޤާނޫނު އަސާސީ އިސްލާޙުކޮށްގެންވެސް ސުޕްރީމްކޯޓު ބަދަލުކޮށް އަދީބު ނައިބު ރައީސަކަށް ގެނައުން! އެންމެ ފަހުން މިދެބައިމީހުން ބޮލަށް ފައިންއަރާފަ އަފުންގެ ލޮބުވެތި ރައީސް މިހާރު ހުރީޖަލުގަ! ބަލަ މިކަހަލަ ކަނޑުކޮސް އަދަބުތައް ތަންކޮޅެއް ހަރުކަށިކުރިނަމަ މިއަދަކު މިހެންނުވީސް! ކަމެއްޖެހުނީމާ ކޮންމެބަޔަކުވެސް އަމިއްލަ ފައިދާއަށް! ރައީސްޔާމީނު އަނބުރާގެނޭ!!!!!!!

    6
    2
  25. ބާގީ

    "ސަގަރު ލުތުފީ ދެބަޑި ހޯދީ ..."

    ކާމިޔާބު ނުވީމަ އައުވާނުން މިފަހަރުގެނައީ އިންޑިޔާ ސިފައިން.

    ބާގީ މޑޕ ސަރުކާރު !

  26. ވާގޮނުސްކޮ

    ޢޯހޯ.... އިންސާފް ބޮޑުވެފިޔަފަޅާ އުދުހެނީ... ހަތްމަސްވީމަ ސ ކ އިސްފަނޑިޔަރުކަންދިނީމަ އިންސާފު ކޯދުލާ އުޑުން ބިމައްފައިބާނެ... ހެހޭތް...

    5
    1
  27. ޙހ

    އޭނަގޭގަ އޮއްވަތަ ޖަލައްލީ . އޭނަ ނުމެރިޔަސް އޭނައައީ މީހުން ގޮވައިގެން ދިވެހިންމަރަން. މިހާރު އޭނަ ހުދުކާފޫރަށް ހަދާފަ އޭނަ ޖަލައްލީމީހުން ކުއްވެރިކުރޭ. ކުއްވެރިންނަށް އޮތީ އެކިތަންތަނުގެ ރައީސްކަން. ޜައްޔިތުންނަށް އަނިޔާ ކުރިވަރެއް މިރަނގަޅުވަނީ މިބައިގަޑަށް

  28. ދަލޭކާ ދޮޔެ

    އޭނަ ފިލުވި މީހުން އޭނަ ގެނެސްގެން މިއުޅެނީ .. ބޮޑު ބާގީ

  29. އެމަންޖެ

    7 މިނެޓައް ނޫނޭ 7 ސިކުންތައްލާ.