ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ކުރިން އަދާކުރެއްވި މުޙައްމަދު ނިމާލް، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަޤާމަކަށް އައްޔަންކޮށްފިއެވެ.

ނިމާލް އެ އެމްބަސީގެ މަޤާމަކަށް ހަމަޖައްސާފައިވީ ނަމަވެސް އެއީ ކޮން މަޤާމެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް ނިމާލް ވަނީ، ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސެއިން ޝަރީފު (މުންދު)ގެ ދަށުން އެ އެމްބަސީގެ މަޤާމަކަށް ހަމަޖައްސާފައިވާކަން ހާމަކުރައްވާފައެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން ނިމާލް ވަކިކޮށްފައިވަނީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު ނިމާލް ހުންނެވީ ޓުރިޒަމް މިނިސްޓްރީގެ ނައިބުގެ މަޤާމުގައެވެ.

ނިމާލް ވަނީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.