ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ދިމާލަށް އޭނާ ރީތިވުމުން އެއްވެސް މީހަކު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ނަހުލާ އަށް ފާޑު ވިދާޅުވެއްޖެއެވެ.

ޓެރަރިސްޓަކަށް މިނިސްޓަރު ނަހުލާ ފައިނޭންސް ކުރެއްވި ކަމަށް ތުހުމަތުކޮށް މިއަދު މީސްމީޑިއާގައި ވާހަކަތަކެއް ފެތުރުނެވެ. އެހެންނަމަވެސް އެކަން ދޮގުކުރައްވާ މިނިސްޓަރ ނަހުލާ ވަނީ އެއީ ފިތުނަ އުފައްދަން ބަޔަކު ކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތަައް މީސްމީޑިއާގައި ދައުރުވަމުން ދަނިކޮށް މިއަދު މުސްތަފާ ވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ނަހުލާ އާައި ދިމާ އަށް އެއްޗެކޭ ބުނަން ނުކެރެނީ އޭނާ ރީތިވުމުން ކަމަށް ފާހަގަކުރައްވާ ޓްވީޓެއް ކުރައްވާފއެވެ.

އެކަމާއި މެދު މުސްތަފާ "ވަގުތު" އަށް ވިދާޅުވީ އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ އޭނާ ޤަބޫލު ކުރާ ކަމެއް ކަަމަށެވެ. އެހެންނަމަވެސް ނަހުލާ އަށް އެ މަޤާމު ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވެފައި، ނަހުލާަ އަކީ އޭނާގެ އަނބިމީހާ ކަމަށް ވުމުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ނަހުލާ އަށް އެ ނޫން އެއްވެސް ސަބަބަކާއި ހުރެ މިނިސްޓަރުކަން ދޭން ޖެހޭ ކަމަށް ނުފެންނަ ކަމަށާއި، އޭނާ އެ މަޤާމަށް ކުފޫ ހަމަ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވަނީ ރައީސް ނަޝީދުގެ އިތުރުން މަޖިލީސް މެމްބަރުންވެސް ނަހުލާ އަށް ފާޑު ނުކިޔަނީ އޭނާ ރީތިވުމުން ކަަމަށް ފާހަގަކުރައްވާފައެވެ.

"ފުރަތަމަ ކަމަކީ ބުރުމާ ގާސިމް އަންހެނުންވީމަ ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބުން. އަނެއްބައި މީހުން މިބުނަނީ އޭނާ ރީތި ވީމަ. މަޖިލިސް މެމްބަރުންވެސް ރައީސް ނަޝީދުވެސް އެއްޗެއް ނުބުނަނީ ރީތިވީމަޔޯ. އެއީ ދެން މިޒަމާނަށް ނުފެތޭ ކަމެއް. މީނަ ސަރުކާރުގައި ބަހައްޓަނީ ވެސް އެއީ ވެސް ނާތަހުޒީބު އަމަލެއް. ކުލަ ރީތިވީމަ މަޤާމުގައި ބެހެއްޓުން އެއީ ވަރަށް މި ޒަމާނުގައި ނުގުޅޭ ކަމެއް. އެއީ އެއަށް ވުރެ ޤާބިލް މީހުން އެބަ ތިބި. ކޮން ހައިސިއްޔަތަކުންތޯ އޭނާ ބެހެއްޓީ. ޓެކްނިކަލް ދާއިރާ އަކުން ކިޔަވާފަވެސް ނެތް. ދެން ކޮންކަމަކާތޯ؟" އޭނާ ވިދާޅުވިއެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޓްރާންސްޕޯޓް މިނިސްޓަރީގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އޭގެ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އިއްސޭ

  މުސްތަފާތިވިދާޅުވީތެދުވާހަކައެއް

 2. ސައްދާމް ޙުސެއިން އަލް މަޖީދު

  މުސްތަފާ ، ކަލޭ ކޮން ދާއިރާ އަކުން ޑިގުރީ އޮވެގެން މަޖިލީހުގަ އުޅުނީ.
  ކަލެޔަށް ލަނޑާ މުސްތަފާ ކިޔަނީ ރީއްޗަކަށް ނޫންކަން ހަނދާން ކުރޭ

  2
  2
 3. ބޯ ހަލާކު

  މުސްތަފާ އައްވެސް ވ ރީތި ދޯ ނަހުލާ