ނިރުބަވެރި ޖަމާޢަތްތަކާއި ގުޅިގެން ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ ޖިިހާދަށް ކަމަށް ބުނެ އެޤައުމަށް ހަނގުރާމަކުރަން ދާން އުޅުނު ދިވެހިންތަކެއް ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް ހައްޔަރުކުރީ ކިތައް މީހުންކަން އަދި ސާފެއް ނުވެއެވެ.
ސީރިޔާއަށް ދާން އުޅެނިކޮށް ރޭ ހައްޔަރުކުރި މީހުން އަތުލައިގެންފައި ވަނީ ފުރަން އެއާޕޯޓަށް ގޮސް ތިއްބައެވެ. އޭގެތެރޭގައި މީގެ ކުރިންވެސް ހަނގުރާމައަށްދާން މަސައްކަތްކުރި މީހަކު ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިކަމާއި ބެހޭ މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް ރާއްޖެއިން ބޭރަށް، ހަނގުރާމަތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރި ދިވެހިން ހައްޔަރުކޮށްފައި ވެއެވެ. ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިއުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ.