ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭގައި ހުންނެވީ ޑޮކްޓަރުންގެ ލިޔުމަށް ރިއާޔަތް ކޮށްގެން ކަމަށާއި، އެ ހައްގު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ސޯލިހް ވިދާޅުވީ އަދީބާއި ޒިޔަތު ގޭބަންދުގައި ހުންނެވީ ސިއްހީ ފަރުވާއަށް ގޭބަންދަށް ބަދަލު ކޮށްދިނުމަށް ޑޮކްޓަރުންގެ ލިޔުމަކުން އެދިވަޑައިގަތުމުން އެ އޮންނަ އުސޫލެއްގެ ތެރެއިން ކަމަށެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު، ރައީސް ޔާމީނަށް ވެސް އެ ހައްގު އޮންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެކަމަކު މިހާތަނަށް އައި އިރު ވެސް ޑޮކްޓަރުންގެ ލިޔުން ދީގެން ސިއްހީ މައްސަލަތައް ފާހަގަކުރައްވައި ގޭބަންދުގައި ބެހެއްޓުމަށް އެދިވަޑައިގެންފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް ޖަލު ހުކުމް އިއްވުނުތާ ދުވަސްތަކެއް ނުވެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ރައީސް ޔާމީން ފޮނުއްވުމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެކަމަކު ވެސް ރާއްޖެއިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދަވަން ރައީސް ޔާމީން ބޭނުންފުޅުނުވި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ވަރަށް ކުރިން ލިބުުނު ޑޮކްޓަރުންގެ ލިޔުމެއް. ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ދޭން. އަޅުގަނޑުމެން ދިނިން ފުރުސަތު. އެކަމަކު ރައީސް ޔާމީން ބޭނުންފުޅެއް ނުވި ފުރުސަތެއް. ދެން ވެސް އެދިއްޖެ ނަމަ އެ ފުރުސަތު ރައީސް ޔާމީނަށް ވެސް ހަމަ އޮންނާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. ކްރިމިނަލް ކޯޓުން ކުރި އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް އުފުލައި އެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ. ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވަނީ ކުރިން ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ޝަރީއަތުގައި ކަނޑައަޅާ ކޮށްފައިވާ ހުކުމެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ "ނުހައްގު" ހުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރެއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އިންތިޒާމުކޮށްގެން ގިނަ އިހްތިޖާޖްތަކާއި މުޒާހަރާތަކެއް ވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފަލި

    ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭގައި ހުންނެވީ ޑޮކްޓަރުން އެދިގެން ކަމަށާއި، އެ ހައްގު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށްވެސް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
    އައްގޭ ގޮހޮރޭ ނުކިޔާ އަގައިން ބަހެއް ބޭރުނުކޮއް ހުރެބަލަ
    މަމީ ފަޒުނާ ނަމަ ހެޔަށް ގޮތެއް ހަދާލީމުސް

    46
    1
  2. ފޭކް

    މަނިކުފާނު ވެރިކަމަށް ވަޑައިގަތްއިރު ފޭރުމާއި ވައްކަމާއި މީހުން މެރުމާއި ދުނިޔޭގައިލެއްވި ހުރިހާ ނުބައިކަމެއް ދިވެހިން ކުރޭ ދެތޯ
    އެއީ މަނިކުފާނުގެ އައުވާނުން ބުނެގެން ކުރާކަންތައް ނޫންތޯ
    މިހާރަކީ މިގައުމު ފިތުނައިން މިންޖުވެ ސާފުތާހިރުފެނުން ހިނައިގަނެ ހުދު ފޭރާމުގައި އުޅޭ ދިވެހިން ދެތޯ ޝުކުރަން ވަސަހުލާ

    39
  3. އިބިންކާލޯ

    ޑޮކްތަރުން އެދިގެންތޯ ކުއްވެރިންތައް ދޫކޮއްލައިގެން ރައްޔިތުންނައް މުސީބާތަކައް ވެގެން މިއުޅެނީ އަބަދުވެސ ބަހަނާ ދައްކާފަ ރެކުމުގެ ސިޔާސަތ

    55
    1
  4. އިއްސޭ

    އިތުރުފުޅުނަހައްދަވާ

    54
  5. ރަނައުރާ

    ކެޔޮކޭވަރު އެނގިދާނެތީ ބިތުފަންގި ނަގަން ނުކެރިފަ. ޑރ. އެކޭ އެހެން
    މީހުނޭ ނުކިޔަބަލަ . ޔާ މީނުގެ ވެރިކަ މުގަ ޖަ މީލުގެ އިތުބާރު ނެތް ކަ މާ ނައިބުގެ އު މުރު ދަށް ކުރަން އޭރުގެ ސަރުކާރާ އެއްކޮޅަށް ވޯޓް ދިނީ މަ އޭރުވެސް މަ މެންނަށް ލަފާކުރެވުނޭ ކެޔޮ ކާންދީގެން ކަން މިވެރިން ވޯޓް ދިނީ. އެހެން ނޫންނަ މަ އެއިރުގެ ސަރުކާރާ އެއްކޮޅަށް ކަލޯ މެން ވޯޓެއް ނުދޭނެ . ޑރ. ބުނެގެންދޯ އަދީބުއާ އެކު ސަރުކާރުން ޑީލް ހެދީވެސް . ހަ މަ ކަލޭ މެނަށް އަދީބު ދިން އެއްޗެއް އެނގިދާނެތީ . 3 މީހަކު ވެގެން ސަރުކާރު ދަވާލީ އެކަކު ޖަލުގަ ދެން ތިބި މީހުން ފައިވްސްޓާރ ފެންވަރުގެ ގޭގޭގަ . އިންސާފުވެރި ވެވޭނީ ތިހާ ވަރަކަށް. ދެން ބުނޭ މަށެއް ނޫނޭ ހުކު މް ކުރަނީކީ . ޝަރުޢީ ދާއިރާއަށް ވެސް ބޭނުން އެއްޗެއް ހަދަނީ .

    36
    2
  6. އެމަންޖެ

    ރައީސް ދޮގުނަހައްދަވާ ކެނެރީ އަތުގަ ހުރިހާ ބާރެއް އޮތީ.

    16
  7. ހުދުކާޅު

    ތިޔަވަރުގެ ބަލިކަމެއް އަދީބުގެ ކިބައިގާ ހުރިކަމށް ކިތައް ޑޮކްޓަރުން މަނިކުފާނަށް ލަފާދެއްވިތޯ. މުނާފިގު ކަމުން އެއްފަރާތަކަށް ޖެހިވަޑައިގެން ހުންނަވާ ޖަވާބެއް ދެއްވަބަލަ

    14
    1
  8. ސަޓޯ

    އަންނިގެ ޕަޕެޓު އިބުރޭ ކަލޭ އެހައްގު ނިގުޅައިގަނެގެން ހުރެ ކޯންޗެކޭތޯ ތިވީދިވަޑައިގަންނަވަނީ ؟؟؟

    13
  9. ނިޒާމު

    އއިއިބުރާހިމޫ ތިޔަކަން ކުރެވޭ ކަލަ މީހަކައް ތިޔަކަން ދޫކޮއްލާފަ ސަލާމަތްވުން ބުއްދިވެރީ..ނޫނީ ވަރައްނޮޑު ބޭޒާރެއްވާނީ އަދި މުސްކުޅިވާ ދުވަހު ޖަލަގައިވެސް ވަގެއްގެނަނުގަ ހޭދަކުރަން ޖެހިދާނެ..ކާރިއަކުނެ އް ތެދުވެރި އެއް ކުޑަމިނުން ސަމާލުވެސް އެހުންނަވަނީ މަ އުމޫނު އަބްދުލް ގަ އްޔޫމާ އި އެކު...

  10. ޢަލިބެ

    މީނަ އެއްޗެތި ލަނީ އޮރިޔާން ނިވާކުރަންބާ ނޫނީ އެހެންމީހަކު ކުރާތީ ކުރަނީބާ؟ ރައީސްއަށްވީމަ ހިތުހުރިވާހަކައެއް ދެއްކޭތީ ތިދައްކަނީ. އިސްލާމްދީނަށާ ރަސޫލުﷲޞައްލައްﷲޢަލައިހިވަސައްލަމްއަށް ފުރައްސާރަކޮށް ދިވެހިންގެ ބަޔަކު ބަޔާންނެރިގެން އެވާހަކަތަކަށް ދެކޮޅަށް ކުރެވުނުކަމެއް ބުނެނުދެވުނީ ކީއްވެތަ؟
    ޤައުމުގައި އިންޑިއާ ސިފައިން ގެނެސް ތި ރުކުރުވާލަނީ ކުރީގެސަރުކާރުން އެކަންވެސް ކުރީމައޭ ނުބުނީކީއްވެ؟

    8
    1
  11. ނަޖްވާ

    އަސްލު ޔާމީނު ޖަލުގަ އޮންނަން ޖެހޭނެ އެންމެ މަދުވެގެން ދިހަ އަހަރު! އެއީ ކީއްވެ؟ އެއީ ގައުމެއްގެ ވެރިޔަކަށް ހުރި މީހަކު މަނީ ލޯންޑްރިންގ ކަހަލަ ކުށެެއް ކުރީތީވެ، އެ މީހަކަށް ދޭން ޖެހޭނީ އެކަމަށް އޮންނަ އެންމެ ބޮޑު އަދަބު! އެކަމު އޭރު ޕީޖީ އަކަށް ހުރި ބިސާމު ޔާމީނަށް ހުކުމު ކުރަން ކޯޓުގަ ބުނީ ފަސް އަހަރޭ! އެކަމު އޮފީހެއްގެ އުޅޭ އަދައިގެ މުވައްޒިފެއް އޮފީހުގެ ކޮފީ ފުޅި ގެޔަށް ގެންގޮސްގެން ނޫނީ ރިހާކުރު ފުޅި އެއް ތަނަކުން ނަގައިގެން ހުކުމް އިއްވަނީ 6 އަހަރަށް! މީ ދެން އަޖައިބެއްނު!

    1
    4
  12. ހަސަންބެ

    ދެން ކޮބާ ރައްޔިތުންންށް އޮތް ހައްގު. މަހުޖަނުން ޑިބޮންހަ ދޯ

  13. މުހައްމަދު

    5 އަހަރަކު ނޫން ޖަލުގަ ބާއްވަންވީ. އެކަލޭގެ ޖަލުގަ ބާއްވަންވީ މަދުވެގެން އޭނަ އެތާ އޮންނަން ބޭނުންވާހާ ދުވަހަކަށް.