ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ވަޒީރެއް ކަމަށާއި، އެކަމަނާއަށް އިތުބާރު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އެ މިނިސްޓްރީ ތެރޭގައި ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން އެމަނިކުފާނުވެސް ވަނީ ޓްރާސްޕޯޓް އޮތޯރަޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ޓްރާސްޕޯޓް މިނިސްޓްރީއާއި އެ އޮތޯރަޓީގެ މަސައްކަތްތައް ލަސްވުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، މިނިސްޓަރ އައިޝާއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރެއް ކަމަށެވެ.

"ޓްރާންސްޕޯޓް މިނިސްޓަރަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ، އަޅުގަނޑުމެންގެ އިތުބާރު އޮތް މިނިސްޓަރެއް" ރައީސް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި އެންމެ ބޮޑު މައްސަލައަކަށް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އޮތޯރިޓީގެ މެންޑޭޓްގައި ހުރި ފުށުއެރުންތައް ކަމަށް ރައީސް ފާހަގަުކުރެއްވިއެވެ. އަދި އެކަން ނައްތާލުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެތަނުގެ ބާރުތައް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ބަދަލު ގެންނައިރު ޓްރާންސްޕޯޓު އޮތޯރިޓީގައި ތިބި މުވައްޒަފުންނަށް ދެރަ ނުވާނެ ގޮތަކަށް ބައްޓަން ކުރާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، މި ގެނެވޭ ބަދަލާއި އެކީގައި ތަނުގެ ހިންގުމަށް އަންނާނެ،". ރައީސް ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޤައުމު

    ނަހުލާ ހަމަ ވަރައްބެސޓް. ޖޭވަނީ އަސްލު
    ކޮރަޕްޓްގުރޫޕް މިތާއުޅޭ

    5
    5
  2. ފުއްލާ މާބެ

    ސޭޓު އަންހެނުންގެ ފިރިމީހާ ދެކެ ބިރުންތޯ؟

  3. އަޅެދެންކާކު؟؟

    މިދެން އަޅެކާކު؟ މީނަ ދެން އަގުބޮޑު ހެދުންލާފަ ބޭގް ހިފުނީމަ މީނައަށް ހަމަ ހީވަނީ ބާ މީ މީހެކޭ؟؟/!!! ދެން ބަލަ އެނެމެނަށވެސް އެގޭ ތީ ކާކުކަން. ސޭޓު އަނެހެނުންގެ ފިރިމީހަގެ ހަގުއަންބާ ޖެހިގެން ހުރި އަނބިކަން.

  4. މުހަންމަދު

    ........ކެކެކެކެކެ.