އުމުރުން 18 އަހަރު ނުފުރޭ ދެކުއްޖަކު ބަލިވެ އިން ދެމައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެދެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މީގެތެރެއިން އެއްމައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރ 31 ވަނަ ދުވަހު އެވެ. އަދި މިހާތަނަށް މިމައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެއެވެ.

ދެވަނަ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖަނަވަރީ 19 ވަނަ ދުވަހުއެވެ. އެމައްސަލައިގައި ފެބްރުއަރީ 18 ވަނަ ދުވަހު ވަނީ މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދެހާދިސާ ހިނގާފައިވާ ރަށުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ހުށަހަޅާފައި ވަނީ ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން ކަމަށެވެ. ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނެނީ ދ.އަތޮޅާއި ފ.އަތޮޅާއި މ.އަތޮޅުގެ ރަށްތަކެވެ.

މިދެމައްސަލަ ތަޙްޤީޤު ކުރަމުންދާކަން މިރޭ ފުލުހުން ކަށަވަރު ކޮށްދިނުން ފިޔަވައި އިތުރު މައުލޫމާތެއް މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ގިނަ މައްސަލަތަކުގައި ހިމެނޭ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮރަލް

    ކުޑަކުދީން ބަލިވެ ނުއިންނާނެ އެވެ.

    28
    11
    • އަޙްމަދު

      ތިއެއް އެނގޭނީ ތި ބޭފުޅާގެ ސާދަ ފަނަރަ އަހަރުގެ އަންހެންކުއްޖަކު ބަލިވެ އިނދެއްޖިއްޔާ. (މާތް ﷲ އެފަދަ ދުވަހެއް ތި ބޭފުޅާއަށް ދުވަހަކުވެސް ނުދައްކަވާށި، އާމީން)

      16
      4
  2. އުގުރި

    ފުރަތަމަ ސުވާލު. ކޮބާތޯ އެކުދިންގެ މައިންބަފައިން؟ ކޮންކަހަލަ ތަރުބިއްޔަތެތޯ ދީނީ؟
    ލޮބުވެތި ރައްޔިތުންނޭ އަޅުގަނޑުމެންގެ ޅަދަރިންނަށް އިސްލާމު ދީން އުގަންނައި ދެއްވާ ދެންވެސް އެކުދިންގެ މުސްތަޤްބަލް ބިނާކުރުމަށް އަލިމަގެއް ދައްކަވާށިއެވެ.

    44
    3
  3. ޕޮގުބާ

    ޒިނޭކުރާނެ ވަރަށްގިނަކުދިން ލަނޑް ލިބޭނީ ވަރަށް މަދުން އިސްލާމްދީނުގަ ހަރާމް ކޮއްފަހުންނަ ކަންކަމަށް ސަރުކާރުން މަރުހަބާ ކިޔާއިރު އެކުދިންނަށްވެސް ބާރު ލިބޭ ހަރާމް ކަންކަންކުރަން

    40
    3
  4. މޯދި

    ރޭޕަކީ އެމީހެއްގެ ނުގަބޫލުގައި ގަދަކަމުން އެކަންތައް ކުރުން ލަފާކުރެވޭ ގޮތުގައި އަހަރުމެން ތެރޭންް ގިނަމީހުން ނަކީ ރުހުމުގައި އެކަން ތައްތައް ކުރާކުދިންް ނަމަވެސް ރޭޕުކޭސް އެއްގެ ގޮތުގައި މައްސަލަ މިހުށަަަައަޅަނީ ކުއްޖާބަލިވެ އިނުން ނުވަތަ ގިނަބަޔަކަ އެކަންތައްތައް ފަޅާއެރުމުން ނެއެވެ

    35
    3
    • އަޙްމަދު

      ކުޑަކުއްޖަކާ ޖިމާއި ވެއްޖިއްޔާމު އެކަން އަބަދުވެސް ވާނީ ރޭޕައް. އެއީ ކުޑަކުދިންނަކަށް އެފަދަ ބޮޑު ކަންކަމައް ހުއްދަ ދިނުމުގެ ހަރު ބުއްދި ނުހުންނާތީ. ރޭޕަކީ ހަމައެކަނި ގަދަކަމުން ކުރީމާ ވާކަމެއްނޫން. މީހަކަށް ބިރުދައްކައިގެން ނުވަތަ ތިމަންނާގެ މަގާމާ ނުފޫޒު ބޭނުންކޮށްގެން އާނ ބަސް ހޯދިދާނެ. އެފަދައިން އާނބަސް ހޯދައިގެން ޖިމާއުވިޔަސް އެވެސްވާނީ ރޭޕުގެ ބާވަތަކަށް.

      7
      8
  5. ނަވާރަނަވާރަ

    ނަވާރަ ތަފާތުވާނެ. ބިރަކާ ނުލާ މަޖާކުރެވޭނެ. ތިއޮތީ މަޖާކޮށްފައި.

    6
    2
  6. ޅަބޭ

    އޭއޭ ކީކޭ؟؟ ޅަ 2 އަންހެން ކުދިންނޭ؟!! ތިޔާހެންވެއްޖެޔާ ފުލުހުން ވަރައް ފޯރިހުންނާނެ ތިމައްސަލަ ބަލަން.. އައްތޮތަތޯޔް......

    4
    3
  7. އަބްދޫ

    ނުބައި ކަމެއްގެ ވާހަކަ ނޫސްތަކުންނާ އެހެނިހެން ވަސީލަތްތަކުން ފާޅުކުރެވޭނަމަ އެކަން ވެގެންދާނީ އިސްތިހާރަކަށް. އެކަމުގެ ސަބަބުން މުޖްތަމައުގަ އެނުބައިކަން އިތުރުވެގެންދާނެ.މިސާލަކަށް މަސްތުވާތަކެތި އިތުރުވުމަށް ވިސްނަވާ ލައްވާ.ހޭލުންތެރިކަމުގެ ނަމުގާ ކިހަކަންކަން ކުރި ހައްތާވީ އިތުރު ދޯ.

    4
    5
  8. ޝިޔާމް

    ކުޑަކުދިން ބަނޑުބޮޑުވޭތަ؟

    1
    1
    • ޑަބިޔާ

      ޙާދަ ވިސްނޭމީހެކޭ ދޯ؟

      ޚަބަރު ދެނެގަނެބަލަ....

      ޚަބަރަކަށްވީ ކަމެއްވެ ދޯ

  9. ދަރަނި ދަންތުރަ

    މިހާރުގެ ހާލަތު ގުރޭޑު 7 ގައި ކިޔަވާއިރު ބިޓެއް ހުންނަންޖެހޭނެ 10 ވަނަ ގުރޭޑު ނިމުމުގެ ކުރިން ޒިނޭކުރަންޖެހޭނެ 10 ވަނަ ގުރޭޑު ނިމުމާއެކު ބިޓާއެކު ވަކިން ދިރިއުޅޭނެ ކައިވެނި ކުރާކަންނުޖެހޭނެ ކައިވެނި ކޮށްގެންއުޅޭ ދެމީހުން ފަދައިން ކައިވެނިނުކޮށް ވެސް އުޅެވޭނެ ، ގިނަމައިން ބަފައިން ވެސް މިކަމާ އަޅާނުލާނެ ، އެމަންޖެ ދިޔައީ ބިޓާއެކު ބޭރަށް ދެން ....

  10. އެމަންޖެ

    ތިޔަކީ މިސަރުކާރުގެ ނަގާބިލިއްޔަތުކަން.

  11. ޙަމުދާ

    ޙަނދާން އެބަހުރި 2015 ވަނަ އަހަރު ތިފަދަ މައްސަލައެއް އައްޑޫ އިން ފުލުހަށް ހުށއެޅީމަ އެމައސަލަ ނުބެލި ހަދާން. މި ދައަކަނީ 14 އަހަރުގެ އަންހެން ކުއްޖެއްގެ މަންމަ އެކުއްޖާ ލައްވާ ކުރުވި ކަމެއްގެ ވާހަކަ