އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައިވާ ބާޖަމާލުއްދީނުގައި މިރޭ އިލެކްޝަންސް ކޮމިޝަނުން ބައްދަލުވުމެއް ބާއްވަމުންދާ އެ ސަރަހައްދުގައި މުޒާހަރާ ކުރަން އެމްޑީޕީ އިން ގޮވާލި ނަމަވެސް އެއްވެސް ރައްޔިތަކު މުޒާހަރާ އަށް ނުނިކުތުމުން އެމްޑީޕީ އިން ލަދުވެތިކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އެމްޑީޕީ އިން މިއަދު ހަވީރު ކުރި ޓްވީޓެއްގައި ބުނީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ގޮވާލާ އިވެންޓެއްގެ ގޮތުގައި މިރޭ 21:30 ގައި ބާޖަމާލުއްދީން ސްކޫލް ކުރިމަތީގައި އިވެންޓެއް އޮންނާނެ ކަމަށާއި ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވާ ކަމަށެވެ. ޓްވީޓް ކޮށްފައި ވަނީ އެއީ ޖަޒީރާ ރާއްޖެ ކެމްޕޭން ހަރަކާތެއް ކަމަށް ދޭހަވާގޮތަށެވެ. ޖަޒީރާ ރާއްޖެ އަކީ ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދާ ސްލޯގަންއެވެ.
JazeeraRaajje Campaign.
Minivan Insaafuveri Inthihaabakah govaalaa event mirey (7/6) 9:30 gai Baa Jamaludheen School kurimathygai. Vadaigendhevvun edhen.— MDP Secretariat (@MDPSecretariat) June 7, 2018
އެމްޑީޕީ އިން އިހުތިޖާޖަށް ގޮވާލި ނަމަވެސް އެމްޑީޕީގެ އިސް ބޭފުޅުން ވެސް ހިމެނޭ ގޮތައް އެއްވެސް މީހަކު އެސަރަހައްދަށް އެއްވެފައެއް ނުވެއެވެ. ބައްދަލުވުން ފެށިގެން މިހާތަނަށް ވެސް އެސަރަހައްދު އޮތީ ވަރަށް އަމާންކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބާޖަމާލުއްދީން ގައި ބޭއްވި ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާނެ ކަން އިއުލާން ކޮށްފައެވެ. އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ވަނަ ދުވަހު ބާއްވާނެ ކަން ވެސް ވަނީ އިއުލާން ކޮށްފައެވެ.
އަލްޙަމްދުލިﷲ،
އެހެންރޭރެއަށްވުރެ މިރެ ބާޖަމާލުއްދީން ސްކޫލްކައިރީގަ މީހުންމަދުކަން ފާހަގަ ކުރެވޭ
މިރަމަޟާން މަހުގެ ދަރުސް ތަކުގެ ފައިދާ މީސްތަކުން ލިބިގެންފިކަން އެނގިއްޖެ. އެހެނީ ޝައިތާނުންގެ ގޮވާލުންތަކަށް އިޖާބަނުދިނީތީ!
ވަގުތު ކަލޭމެމް އަދިގޮވާ ވަގުތު އޮތީ
ދެން ލަލަލާ
ޖަޒީރާ ރައިސް އަސްލު ނަމުންނަމަ ޖަރީމާ ރައިސް އަށް ނުއެގުނަސް ސައްތައިންސައްތަ މުސްލިމުންނަށް އެގޭ މިއީ ބަރަކަތްތެރި ރަމަޟާންމަސްކަމާއި މިއީ އެމަހުގެ ފަހުދިހައިގެ ދުވަސްތައްކަން މުސްލިމުން ނަރަކައިން ދިންނެވުމަށް ގަދައަޅާ މަސައްކަތް ކުރަން އެއްމެ ރަގަޅު މޫސުމަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައްކަންވެސް އެހެންވީމަ ކިއުމަށް ، ކުރުސިނޫން އެހެންއެއްޗެއް ހަމައިންޏެއްޓުމަށް ބޯއެއްޗަކީ ހަކުރު ކަމުގައި ހަދަންބޭނުންވާ މީހަކަށް މިމޫސުމް ބޭނުމެއް ނުވަނެ ނޫންތޯ އެކަ ކޮންމެ މުސްލިމަކަށްވެސް މިމޫސުމް ލިބިގަތުމަށް ބޭނުވަތީ އެ އެއްވުމަށް ދާނެ މީހަކު ނުވީ އިންޝާﷲ ދެން ނުވެސް ވާނެ
އަހަރެން އެމްޑީޕީ މެންބަރުން ސިފަކުރަނީ ލޮލަށްފެންނަ ކަނުބައެއްގެ ގޮތަށް. އެއީ ދޮގުވެރިން ތަކެއް. އަހަރެމެއްނަށް އަންގަވާފައި ވަނީ އާހިރަތްދުވަހަށް އީމާންވުމަށް. މިކަން ވެސް އެމީހުން ބަދަލު ކޮށްފާނެ އާދީއްތަ ދުވަހަށް އީމާންވުމަށް. އެހާވެސް ނުބައިބައެއް ތެދުކާރިން ލާފައި ދޮގުހެދުމާއި ފިތުނަ އުފެއްދުން އެއީ އެމީހުންގެ ޑިމޮކްރަސީ.
މޑޕ އިންމިރޭ މުޒާހަރާ ބާއްވަން ރޭވީ މާދަމާ އދގަ ސެކިއުރިޓީ ކައުންސިލައް މެންބަރުން ހޮވަން ވޯޓު ނަގަންހަމަޖެހިފައިވާތީ ރާއްޖެއައް އެގޮންޑި ލިބިދާނެތީ މޑޕ އިން ރާއްޖެއާ ދެކޮޅައްކޫރާ އެންޓިކެންޕޭނައް ފޮޓޯކޮޅެއް ފޮނުވަން. މިގޮނޑި ކާމިޔާބުވެއްޖެޔާ އެޢީ ރާއްޖެއައްލިބޭ ފަހުރެއް، އަދި ކާމިޔާބު ނުވެއްޖެޔާ ގައުމައްދިމާވާނެ ހިތްދަތިކަމެއް. ޥެރިކަމުގެ ބޭނުމުގާ ގައުމުކޮންމެ ފަލީހަތެއް ކުރަންވެސް މޑޕ ފަސްނުޖެހޭނެ.
އެއްވެގެން ކުރެވޭނެ މާބޮޑުކަމެއް ނެތްކަން އެނގޭތީއާއި އިރުކޮޅަކުން ޖަޒްބާތުގައި ޖެހި ހެދޭ ގޯހަކުން ޖަލަށް ވަންނަން ޖެހިދާނެތީ ނުދިޔައީކަމަށްވަނީ. އެމްޑީޕީ އަކީ އެއްވެސް ކަމެއް ޞުލްޙަވެރިކަމާއިއެކު ކުރަންދަންނަ ބައެއްނޫން. ގަދަބަދަވި ކަމުން ކޮންމެކަމެއް ވެސް ކުރަން ދިމާކުރަނީ، އެހެންނަމަވެސް އެކަން އެގޮތަށް ކާމިޔާބެއް ނުވޭ.
މިރާއްޖެއަކު އެމްޑީޕީ ކިޔާ ޕާޓީއެއް މުސްތަޤްބަލުގައި ނޯއްނާނެ.